ވިލިމާލެއަށް ތިމާވެއްޓާ ރައްޓެހި އިލެކްޓްރޮނިކް ބަސްތަކެއް އަރުވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގަން ޕޮއިންޓްގައި ބައިންދައިގެން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ހަތަރު ވަނަ ދައުރުގެ 85 ވަނަ ރަސްމީ އާއްމު ޖަލްސާގައި ޝުޖާއު ވިދާޅުވީ ޝުޖާއު ވިދާޅުވީ ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ކުއްލިއަކަށް އެމްޓީސީސީގެ ބަސް ދަތުރުތައް ވިލިމާލޭގައި ފެށުމަށް ހަމަޖެއްސި އިރު، އެކަމަކީ ނަހުލާ ވެސް ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

އެކަމަނާ ބޭނުން ވަނީ ސިޓީ ކައުންސިލުން އެދޭ ގޮތަށް ބަގީގެ ހިދުމަތް ވިލިމާލޭގައި ފޯރުކޮށްދިނުމަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް ސަރުކާރަށް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއަށް ލާމަރުކަޒީ ގާނޫނެއް އަދި އޭގައި ލިޔެފައިވާ އެއްޗެއްވެސް ނޭގޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް މާލެ ސިޓީ އަށް ފޯރުކޮށް ދިނުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ ތައްޔާރުވެފައެވެ. އެގޮތުން އެމްޓީސީސީން ބޭނުން ކުރާނީ އިލެކްޓްރޮނިކް ހަ ބަހެވެ.

މިއަދުގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި ބަގީ ހިދުމަތް ދިނުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުމަރުހަލާގައި ކަމަށާއި މިމަހު ފަހުކޮޅު ބަގީތައް ލިބޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހަތަރު ސީޓާއި ހަ ސީޓުގެ ބަގީއެއްގެ އިތުރުން ބޮޑު ގްރޫޕެއް އަރަން ބޭނުންވެއްޖެ ނަމަ 12 ސީޓުގެ ބަގީއެއް ގެނެވޭނެ ކަމަށެވެ. އަދި ރާއްޖެ ގެންނަ ބަގީތަކުގެ ތެރޭގައި ބަލި މީހުން އުފުލުމަށް ހާއްސަ ބަގީއަކާއި މުދާ އުފުލޭ ގޮތަށް ހުންނަ ބަގީއެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރާއި ގުޅިގެން އޮންނަ ނިޒާމެއްގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ އާއެކު ވަރަށް ރަނގަޅަށް މިކަން ކުރަމުން ގެންދާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލުން ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރިއަށް ގެންދާ އިރު، ސަރުކާރުން ކުރަން މިއުޅެނީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ކަމެއް ކަމަށެވެ. މިގޮތަށް ކަންކަން ކުރާ ނަމަ، ލާމަރުކަޒީ ނިޒާމުގެ ބޭނުމެއް ނެތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ

މިމައްސަލައިގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާ އާ މަޝްވަރާ ކުރެއްވުނު ކަމަށާއި ހީވަނީ ސަރުކާރުން މަޖުބޫރުކޮށްގެން ކުރުވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި ސަރުކާރުން ކުއްލި ގޮތަކަށް ވިލާމާލޭގައި އެމްޓީސީސީގެ ބަސް ދަތުރުތައް ފެށުމަށް ނިންމުމުން އެކަމާ ސިޓީ ކައުންސިލްގެ މެންބަރުން ވަނީ ނުރުހުން ފާޅު ކުރައްވައިފައެވެ.

އަދި ސިޓީ ކައުންސިލްގެ ހިޔާލު ހޯދުމެއްނެތި މަޝްވަރާކުރުމެއްނެތި ސަރުކާރުން އެގޮތަށް ނިންމުމުން އެއީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ކައުންސިލަރުން ވަނީ ފާހަގަ ކުރައްވައިފައެވެ. ލާމަރުކަޒީ ނިޒާމެއްގެ ދަށުން ކައުންސިލްތައް ބާރުވެރި ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ވިދާޅުވި ނަމަވެސް ސަރުކާރުން ކަންތައްތައް ކުރަމުން ގެންދަނީ އެއާ މުޅިން އިދިކޮޅަށް ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ސޯލިބޭ ޖެއްސުން ކުރާނެ ، ކެއްތެރިވޭ ، ސޯލިބޭގެ ވަގުތު ހަމަވާނީ

    24
    5
  2. ސްލޯ

    ސިޓީ ކައުންސިލްގެ “އަންނަނީ އަންނަނީ” ބޯޑު ޖަހައިގެން ވިލިމާލޭ ރައްޔިތުންނަށް ބަލަން ތިބެވޭކަށް ނެތް. އޭގަ އެންމެ މޮޅު ގޮތަކީ ކަންކުރެވޭ ބަޔަކަށް ފުރުސަތު ދިނުން. އެމްޓީސީސީ އަކީ އެޚިދުމަތް މިހާރުވެސް މާލޭގަ ފުޅާކޮށް ދެމުން ގެންދާ ދަތުރުފަތުރުގެ ދިގު ތާރީޚެއް އޮތް ބަޔެއް. އެހެން ނޫނަސް އެކަމަކާ ލާމަރުކަޒީއަކާ ކޮންގުޅުމެއް އޮތީ؟ ކިޔޭ ނުކިޔޭ އެބަ އިނގޭބާ؟ ސިޓީކައުންސިލަކީ ވިޔަފާރިކުރަން ރައްޔިތުން ހޮވި ބަޔެއްނޫން. މިހާރުވެސް ސިޓީ ކައުންސިލަށް ރަށުތެރޭގަ ދުއްވާމީހުނަށް އުނދަގޫވާ ގޮތަށް ހުންނަ ގަސްތަށްވެސް ކޮށާ ނުބެލެހެއްޓިގެން އުޅޭއިރު ކިހިނެއް ސަސްޓއިނަބަލްކޮށް ބަގީގެ ޚިދުމަތް ދޭނީ؟

    11
    12
  3. ކަޅު ހުއްތު

    ވިލި މާލެއަކީ ޕެޓްރޯލް އަދި ޑިސަލް ވެހިކަލް ދުއްވުން މަނާ ތަނެއް، އެކަމުގެ ސަބަބުން މަގުމަތި ވަރައްއަމާންވެފަ ދިރިއުޅެން ފަސޭހަ. ސަރުކާރުން ވިލިގިނލީގަ ދުއްވަން އުޅެނީ ކޮންވައްތަރެއްގެ ބަހެއް ކަމެއް އަދި ސާފެއްނުވެ. ޕެޓްރޯލް/ޑީސަލް ވެއްޖެޔާ އާންމުރައްޔިތުންނައްވެސް ޕެޓްރޯލް ޑީސަލް އުޅަދުދުއްވުމުގެ ހުއްދަދޭންވާނެ. ޢެހިސާބުން ރަށުގެ ދުވަސްދިޔައީ

  4. ހުސޭނުބޭ

    އެކަމަކުވާ. ނަހުލާ ބޮލުގައި ނުގެހޭނެ ބަޑިޖައްސާކަށް. އެއައްވުރެ ނަހުލާ މާ ސްމާޓްވާނެ. އަމިއްލައަށް ބަޑީގައި ގޮސް ޖެހޭނެ

    2
    1
  5. ސީޏުމާ

    ވިލިމާލޭގައި މަގުމަތީ އެހެލާފަ އެހެރީ ބައިވަރު ބަގީތައް ދެން އަނެއްކާ ކޮން ބަގީއެއް ގެންނާކަށްތަ މުއިއްޒޫ

  6. އަލީ

    މާލޭ މަގުމަތިން ޕެލެޓް ތައް ނުނެގުނު ބަޔަކަށް ކޮން ބަގީގެ ޙިދުމަތެއް ދެވޭނީ؟