ރާއްޖޭގައި ރިސޯޓެއްގައި ޝިރުކުގެ އަމަލެއް ހިންގި ކަމަށް ބުނާ މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު، ރާއްޖޭގެ ރިސޯޓެއްގައި ބޭއްވި ހަފްލާއެއްގައި އެމީހަކު ހާސިލުކުރަން އެދޭ ކަންކަން ނިންމައިދޭނެ ކަމަށް ބާތިލު ގޮތުގައި އިއްތިގާދުކޮށްގެން އެދިއުޅޭ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރާ "ވިޝް ޓްރީ"އަކާއި "ވިޝް ވެލް"އެއްގެ ކައިރީ ހިންގި ހަރަކާތާ ގުޅިގެންނެވެ.

އަދި ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން އެ ޙަފްލާއަށް ހާޒިރުވެ ފޮތިކޮޅުތަކެއްގައި ދުއާތައް ލިޔެ، އެ ގަހުގައި އެތަކެތި އެލުވުން ފަދަ ކަންކަމުގައި ބައިވެރިވެފައިވާ ފޮޓޯތައް ވަނީ މީސްމީޑިއިން ފެނިފައެވެ. އިލްމުވެރިން ބުނެފައިވާ ގޮތުގައި އެއީ ޝިރުކުގެ އަމަލެކެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ހަތަރު އިލްމުވެރިއަކު ސޮއިކުރައްވައި އިސްލާމިކް މިނިސްޓްރީއަސް ފޮނުވި ސިޓީއެއްގައި ބުނީ އެ އަމަލަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްތަކުން އެއްވެސް ޝައްކެތް ނެތް މިންވަރަށް އެނގެން އޮތް ކަމެއް ކަމަށެވެ.

އަދި އެފަދަ އަމަލުތަކަކީ އެހެނިހެން ބާތިލު އަގީދާތަކުގެ ތެރެއިން ހިމެނޭ ބާތިލު، އަދި ޝިރުކުގެ ތެރެއަށް ވަންނާނެ ބާވަތުގެ ކަންކަން ކަމަށާއި އެކަން ކުރާ މީހާ އެ ކުރީ ޝިރުކުގެ ތެރެއަށް ވެއްޓިގެން ދާފަދަ ނުރައްކާތެރި އަމަލެއްކަން ހަދީސުން ވެސް ސާފުވާ ކަމަށް ބުނެފައިވެއެވެ.

"މިފަދަ ކަންކަމަކީ ދީނީ އިލްމުވެރިންގެ ހައިސިއްޔަތުން އެކަންކަމަށް އިންކާރުކޮށް މުޅި މުޖުތަމައު އެފަދަ ކަންކަމުން ސަލާމަތް ކުރުން އިލްމުވެރިންގެ މައްޗަށް ވާޖިބު ކަންކަން ކަމުގައިވާތީއާއި، ވަކިން ހާއްސަކޮށް މިކަމަކީ އިސްލާމިކް މިނިސްޓްރީގެ މަސްއޫލިއްޔަތާއި ޒިންމާގެ ދަށުން ހުއްޓުވަން ޖެހޭ ކަމެއް ކަމުގައި ވާތީއާއި މިކަމަކީ އިސްލާމް ދީނާއި ރާއްޖޭގެ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާ ވެސް ހިލާފު ނުރައްކާތެރި މުންކަރާތެއް ކަމުގައި ވާތީ، މިކަން ތިޔަ މިނިސްޓްރީގެ ސަމާލު ކަމަށް ގެނައީމެވެ." އިލްމުވެރިން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައި

    މިފަދަ ކޮންމެ ޝިރުކެއްގައި ސަރުކާރުގެ އިސްމީހުން ބައިވެރިވާނެ

    13
  2. ވާނުވާ

    މިފަދަ އުޑެއް ބުޑެއް ނުދަންން އިސްޓޭޓް މިނިސްޓަރުންވެސް ޖެންޑާއި އުޅޭދޯ

    14
  3. Anonymous

    މިކަހަލަ މުރުތައްދުން މިއުޅެނީ ލާދީނީ އެމްޑީޕީގަ

    12
  4. އުގުރި

    އިޔާޒަކަސް.. ޒައީދަކަސް... އިލިޔާސަކަސް... އެމީހުން ޅޯބިވާ ސަރުކާރެއްގައި އޯކޭވާނެ..

  5. މަރީ

    އިސްލާމިކު މިނިސްޓްރީ އަށް އެނގިލައްވާތޯ މާލޭގެ ސަލްޓަންޕާކުގަ ހުންނަ ލިކަގަހުގެ މޫތަކުގައި އެމީހަކު ބޭނުންވާކަމެއްހާސިލް ވާނެކަމަށްބުނެ ގޮށްޖަހާ ހަދާކަން ފަތުވެރިން ގޮވައިގެންދާ މީހުން ޝިރުކުގެ އަމަލު އެތާގަހިންގާކަން؟

  6. މޭޔަރ ގެ ބައްޕަ

    ސިޓޯ ކައުންސިލް އިން ޗައިނީސް އައު އަހަރު ފާހަނގަ ކުރުން ނުވޭތޯ ޝިރުކަކަށް.

    ވަކި ބަޔަކު ކުރީމަ ތޯ ޝިރުކުވަނީ ؟؟