އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވަން މަޝްހޫރު ވިޔަފާވެރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ނިންމަވާފައިވާ ކަން އެނގިއްޖެއެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ފެނިގެން ދާނީ ނަޝީދާއި އެމަނިކުފާނުގެ އެންމެ ގާތް ރަހްމަތްތެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "ކުރިމަތިލުމެކެވެ".

އިންތިހާބު ކައިރިވާ ވަރަކަށް ކެމްޕެއިންގެ ފޯރި ކުރިއަށް ވުރެ ބޮޑަށް ގަދަވެފައިވާ އިރު، ދެ ބޭފުޅުން ވެސް ގެންދަވަނީ ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. އެގޮތުން ދެ ބޭފުޅުން ވެސް ރަށް ރަށަށް ވަޑައިގެން އެމްޑީޕީގެ އާންމު މެމްބަރުންނާ ބައްދަލު ކުރައްވާ ފޯރި އާއި ޖޯޝުގައި ޖަލްސާތައް އަންނަނީ ބާއްވަވަމުންނެވެ.

ނަޝީދާއި އުއްޗު އިއްޔެ ހަވީރު ސައި ފޮދު ހިއްޕަވަނީ.

މި ކެމްޕެއިންގައި ނަޝީދު މިދިޔަ ދެ ދުވަހު ވަނީ ކ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ. އޭގެ ފަހުގައި ނަޝީދު ވަނީ އުއްޗު އާ ބައްދަލުކުރައްވަން ޅ. ކުރެއްދޫ ރިސޯޓަށް ވަޑައިގެންފައެވެ. އުއްޗުގެ "ގަނޑުވަރު" ގައި އޮތް ހާއްސަ ސައިފޮދެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ.\

ނަޝީދާއި އުއްޗު ބަގީއެއްގައި އިއްޔެ ވަޑައިގަންނަވަނީ.

ރާއްޖޭގެ އެންމެ މުއްސަނދި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ނުފޫޒު ގަދަ އެއްބޭފުޅާ އުއްޗު އާއި ނަޝީދުގެ ބައްދަލުވުމުގައި ފެނުނީ ދެ ބޭފުޅުން ގުޅުމުގެ ވަރުގަދަ ކަމެވެ. ނަޝީދާއި އުއްޗުއާ ދެބޭފުޅުން އެކުގައި ނަންގަވާފައި ހުރި ފޮޓޯތައް ހުރި އަލްބަމެއް ނަޝީދު ވަނީ ބައްލަވާލައްވައިފައެވެ.

މީގެއިތުރުން އުއްޗުއާ ބެހޭ ގޮތުން މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކު ލިޔުއްވި ފޮތެއް ވެސް ނަޝީދަށް އެރުވިއެވެ. ނަޝީދު ކުރެއްދޫ ރިސޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށު ރިސޯޓު މުވައްޒަފުން ހޫނު މަރުހަބާއެއް ވެސް ދަންނަވާފައިވެއެވެ.

ނަޝީދު ވަޑައިގަތުމުން އެ ރަށުގެ ފާލަންމަތީ މަރުހަބާ ދެންނެވީ ވެސް އުއްޗުއެވެ. އުއްޗުގެ ގަނޑުވަރަށް ނަޝީދު ގެންދިޔައީ ވެސް ބަގީއެއްގައެވެ.

ނަޝީދާއި އުއްޗު ކުރެއްދޫގައި.

އުއްޗުއަކީ ރާއްޖޭގައި ތިބި ސިޔާސީ ލީޑަރުންނާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި މަހުގެ އަށް ވަނަ ދުވަހު ޅ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ކުރެއްވިއެވެ. އެކަމަކު، އެ ދަތުރުފުޅުގެ ތެރެއިން ވަގުތުކޮޅެއް ހޯއްދަވައިގެން އުއްޗު އާ ބައްދަލު ކުރައްވަން ރައީސް ކުރެއްދޫ އަށް ވަޑައިގެންފައެއް ނުވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ކައިރިވަމުން އަންނައިރު، ނަޝީދު ގެންދަވަނީ ވަރަށް ގިނަ ބޭފުޅުންނާ ބައްދަލު ކުރައްވައި ގުޅުން ބަދަހި ކުރައްވަމުންނެވެ. އެމަނިކުފާނު ގެންދަވަނީ ގޭގެއަށް ވެސް ވަޑައިގެން ވޯޓު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ނަޝީދު ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވެއްޖެ ނަމަ ރައީސް ސޯލިހާއި އިދިކޮޅު ޕީޕީއެމާ އެކު ވެސް ނުހުންނަވާނެ ކަމަށެވެ. މީސް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯގައި ނަޝީދު ވިދާޅުވާ ގޮތުގައި ޕްރައިމަރީން ބަލިވެއްޖެ ނަމަ، އެމަނިކުފާނު ހުންނަވާނީ ގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    ރައްޔިތުންނައް ކޮޅުކެހިދޭން އުއްޗުގަނޑު ނިކުތީދޯ؟ އަނެއްކާވެސް. މިމީހުންގެނައި ވެރިން ކުރީ ހުސްވައްކަން. ޖީއެސްޓީ އާ ޓީޖީއެސްޓީ އައް ހެދީ ހުސްމަކަރު. މިމީހުންގެ މައްސަލަ ނުބަލާ ގޮތައް އެ އެއްބަސް ކުރުވީ.

    21
    4
  2. ޖަޒުބާތް

    ހިއެއް ނުވޭ އުއްޗު ނަސީދާ އެއްބައިވާނެހެނެއް!

    15
    4
  3. އއ

    އުންޗު އަކީ ރަނގަޅު ދިވެއްސެއް.!!! އޭނަ ހުންނާނީ ދެއެއްޗެއް އަޅާ ކިޔާއިރު ގޯސް އެއްޗާ އިދިކޮޅައް. މިދެމީހުންކުރެ ބޮޑައް ގޯސްމީހަކީ ސޯލިހު. 0 ޓޯލްރެންސް.

    7
    6
  4. 2023

    ބަޢާވާތަށް ފަންޑްކުރި މީހުނާއެކު މިހާރު. މަނިކުފާނު އެކަމަށް ފަންޑްކުރާނެ މީހަކު ހޯދަނީތޯ.

  5. ގަނީބެ

    ޓީބިލް އުއްޗުއަތުން ނުނަގާ އިންޑިޔާ ކުދިން އަތުން ނަގާތީ އޭގެން ލިބެންޖެހޭ ރިބާގެ ބައި މަހުޖަނަށް ނުލިބޭތީވެ ވާގޮތް. އުއްޗުއަކަށް ނޭގޭ އެއީ އިބޫ ގެންނެވި ފޮރިން އިންވެސްޓްމަންޓެއް ކަމެއް އުއްޗު ހަދާނެއް ނެތް ނަޝީދުގެ ވެރިކަމުގައި އުއްޗުގެ ރިސޯޓެއްގައި ހިގި އެކްސިޑެންޓަކާއި ގުޅިގެން މުޅިދުނިޔޭގައި އުއްޗުއާ އޭނަގެ އިގެރޭސި ޕާޓްނަރާއި ރިސޯޓްގެ ވިޔަފާރި ބަދުނާމުކޮށް ޅޮސްބޭބެ ގަތްގަނޑުގެ މަތިންވެސް

  6. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އުއްޗު ހުންނަވާނީ ޔާމީނުއާ އެއްކޮށް ސާފުވެއްޖެތަ؟

    • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

      އަޅުގަނޑުގެ ނަމުގައި އެހެން މީހަކު އެބަ ކޮމެންޓް ފޮނުވާ. ވީމާ މިކަން ނޫހުން ބައްލަވާ ދެއްވުން އެދެން. މިއީ އަޅުގަނޑު ލިޔުނު ކޮމެންޓް އެއް ނޫން.

  7. ޑަރޯ

    އުއްޗު ތާއީދު ކުރިއަސް ނޮހޮވޭނެ.

  8. ހައްހައް

    އުއްޗު! ދޯ؟
    ލަވައެއް ކިޔުއްވަންވެސް ބިދޭސީއެއް... ނުލާހިކު ރަނގަޅު ދިވެހިން ތިއްބާ.
    ބަޔޯގުރަފީވެސް ބިދޭސީއެއް... ނުލާހިކު ރަނގަޅު ދިވެހީން ތިއްބާ.
    ދެން ރިސޯޓު ހިންގަންވެސް އަހަރުމެންގެ ރަށްތައް ދޫކޮށްލާފަ ބިދޭސީ ތާކަށް ހިޖުރަކޮށްބަލަ!