(ށ. ކަނޑިތީމު) ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެށި ފެރީގެ ނިޒާމަކީ ޕްލޭނެއް ނެތި ކުރި މަސައްކަތެއް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ނިޒާމަށް ވަރަށް ބޮޑަށް މިއަދު ވިދާޅުވެއްޖެއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރިއެވެ. އަދި އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023ގެ ކެމްޕޭނަށް މިއަދު ހެނދުނު މިރަށަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ, އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުމަކީ ކުޑަރަށަކަށް ބޮޑު ރަށަކަށް ނުބަލާ ހުރިހާ ރަށަކަށްވެސް ހިދުމަތް ދިނުން ކަމަށެވެ.

އަދި ށ. އަތޮޅުގެ ރަށްތަކަކީ ޒަމާނުއްސުރެ އެކަހެރިކޮށް ދޫކޮށްލެވިފައި އޮތް އަތޮޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެެވެ. އަދި މިރަށްތަކަކީ މުޅިން އެކަހެރިކޮށް ދޫކޮށްލެވިފައިވާ ރަށްތަކެއް ނަމަވެސް، މި ސަރުކާރުގެ ސިޔާސަތުތައް އެންމެ އިސްކަމެއް ދެއްވީ ރައްޔިތަކު ދިރިއުޅޭ ތަނަކީ ވަކި ތަނެއް ކަމުގައި ނުބަލާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

"އެގޮތުން މި ދާއިރާގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. އަޅުގަނޑު ހިތުން ރައްޔިތަކު ދިރިއުޅުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާނެ އެއް ކަމަކީ މިރަށުގެ ހުންނަ މީހާ ސާފު ބޯފެން ބޭނުންވާނެ، މާލެ އަދި ބޮޑެތި ރަށްރަށު މީހުން ސާފް ބޯފެން ބޯކަމުގައި ވާނަމަ މިރަށުގެ ރައްޔިތުންގެވެސް އެ ފެން ބޭނުންވާނެ ނަރުދަމާ ނިޒާމް ބޭނުންވާނެ،" ރައީސް ވިދާޅުވިއެވެ.

މިއީ ރިޔާސީ އިންތިހާބުގައި ކުރި ދަތުރުގައި ރައްޔިތުންގެ ފަރާތުން އައި ކަންކަން ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ދައުރު ނިމިގެން ދާއިރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރެވިގެން ދާނެ". ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ވަކިވަކި ރަށްތަކަށް އެކުލެވިގެންވާ ގައުމަކަށް ވާތީ، އެއް ރަށް އަނެއް ރަށާއި ގުޅުވައިގެން ނޫނީ ހަގީގީ އިގްތިސާދީ މަންފާއެއް ރައްޔިތުންނަށް ނުފޯރާނެ ކަމަށެވެ. އަދި މިއީ އެމްޑީޕީން އަބަދުވެސް ދައްކަމުން އައި ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމަކީ އެމްޑީޕީގެ ފިކުރެއް، ސިޔާސަތެއް، އެކަން ހަގީގަތަށް ހަދަމުން މި ދަނީ މިއަދު މި ސަރުކާރުން"، ރައީސް ވިދާޅުވިއެވެ.

ނަޝީދުގެ ނަން ހާމަ ނުކުރައްވާ ރައީސް ވިދާޅުވީ، އެ މަސައްްކަތް "އަޅުގަނޑުމެންނަށް" ކުރީގައި ފެށުނު ނަމަވެސް، ރަނގަޅު ޕްލޭނަކާ ވިސްނުމެއް ނެތި އެކަން ކުރުމުން ވެގެން ދިޔަ ގޮތް އޮތީ ފެންނަން ކަމަށެވެ.

"ކުރީގައި އަޅުގަނޑުމެންނަށް ފެށުނު މި މަސައްކަތް، އެހެން ނަމަވެސް އެކަން ވެގެން ދިޔަ ގޮތް ތި ހުރިހާ ބޭފުޅުންނަށް އެނގިލައްވާނެ، ރަނގަޅު ޕްލޭނެއް ނެތި، ރަނގަޅު ވިސްނުމެއް ނެތި އެކަން ކުރުމުން ވެގެން ދިޔަ ގޮތް މިއަދު މި އޮތީ ފެންނަން"،

އަދި މިހާރު އެކަންކަން ހައްލު ކުރަން ޖެހިގެން އުޅޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ނަމަވެސް މި ސަރުކާރުން ފެށީ އާރްޓީއެލްގެ ހިދުމަތް ބޮޑު ތިލަދުންމަތި ހުރިހާ ރަށަކަށް އެެ ދަނީ ކުރަމުން، އަޅުގަނޑު ހިތުން ކޮންމެ ބޭފުޅަކަށް އެކަމުގެ އިހުސާސު މިހާރު ކުރެވޭނެ". ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލަވް

    ރައީސެވެ. އަބަދު ޕްލޭނޭ ވިދާޅުވަނީ އެއީ ކީއްވެގެން ތޯ އެވެ. ނިންމާލުމުގެ ޕްލޭންއެއް ކުރަން ނުވިސްނަވަންތޯއެވެ.

    21
    1
  2. ދަރަނި ދަންތުރަ

    ދޮންބިލެތް އަހުމަދު މަހުޖަނަކަށް ބަދަލުވި އެއްނު ، ފެރީނިޒާމް ފުރާ ފުރިހަމަވީ ،އިބޫ އިސްތިއުފާ

    15
  3. ކެނެރީ

    ކޮބައިތޯ ހަދިޔާ ފޮށީގެ ޕުލޭނު ހޭދެބައި ވެފައިތޯ

    18
  4. ނަން

    ނަޝީދު ބޮލުގައި އަޅުވާފައި ކަލޭމެނަށް ބޯދައިމައި ނުގަނެވޭނެ، އެކަމުގެ ބައިވެރިން ތިވެސް

    17
  5. ސޯލޭ

    ނަސީދުގެ ވެރިކަމުގަ ތިވާހަކަ ނުދައްކާފަ މިހާރު ތިވާހަކަ ދައްކަން ކަލޭ މާ ތާހިރެއްނޫން ސޯލިހާ އޭރުވެސް ތީ އެކައްޗެއް މިހާރުވެސްތީ އެކައްޗެއް މާ އަނގަ ގަދަވެގެން ތިއުޅެނީ އޮރިޔާންވާއިރު އޮރިޔާން ތިވަނީ ދޭތި އެކީގަ ރައްޔިތުންގެ ކުރިމަތީގަ

    12
    1
    • ޔާމީން

      ވައްކަން ކުރިމީހާ ރަނގަޅު ދޯ އަދިވެސް

  6. ޔާމީން

    މަތީ ސަނަދެއް އޮތުމަށްވުރެ ގައުމަށް ހެޔޮ ރަނގަޅު ހިދުމަތްތަކެއް ކޮށްދޭން ތިބި ދަރިންތަކެއް އުފެއްދުން ވަރަށް މުހިއްމު، އޮތް ހާލަތާއިގެން ފަސާދަނުކޮށް ގައުމު ކުރިއަރުވަން މަސައްކަތް ކުރާބަޔަކަށް ވާންވެއްޖެ، ނުނީ ބިދޭސީ ވިޔަފާރިވެރިން ދަށުވެ ދިވެހިން ނިކަމެތި ވެދާނެ، ސިޔާސީ ކޯޅުން ހުއްޓުމަކަށް ގެންނަންވެއްޖެ. ރައީސް އިބޫ ތިކުރާ މަސައްކަތަށް ތައުރީފް ހައްގު.

    1
    12
  7. އ

    ފެރީ ނެތުމައްވުރެ ރަނގަޅު. ކަލޭ ފެއްޓި ފައިދާ ހުރިކަމެއް ބުނެބަލަ.!

    14
  8. ތަނާ

    އަބަދުވެސް އަމާޒު ލާހޫރޭ އެއް އެއީ. ހެނދުނު ތެދުވާ އިރު ހުންނަގޮތަކުން ކޮށްފާނެ ކޮންމެ ފަދަ ކަމެއްވެސް.

  9. ކައްޕަޅި

    ދެނަގޫ ގޮއްޖެހި ތެޅި މަރުވަނީ މި އިބޫވެސް އަގައިން އަންނިވެސް އަގައިން ރިއެކްޓް ވެގެން ހަރާން ވާކަމެއް މަޖިލީސް ހުޅުވެނީ މިދެމީހުން އަތުގުޅައިގެން ރަތް ކާޕެޓުމަތިން ނުދާނޯ އެދުވަހު ދަނީ އިންޑިޔާގެ ސަފީރު ރޯ

    11
    1
  10. ޕޮގުބާ

    ހިއްތަކުގެ ރައީސް މުހައްމަދު ނަސީދު ރިޔާސީ ރޭހަށް ވަޑައިގަންނަވައިފި އިތުރު މީހަކަށް ފުރުސަތެއްނެތް

    11
    1
  11. ގހޔތވހޔ

    އެހެންވެތަ ހއ،ހދ،ށ މި ތަރުތީބުން އައި ރޓލ ކުއްްލިއަކަށް ޅ އަށް ޖަމްޕު ޖެހީ؟؟؟ކޮބާ ނ ރ އަތޮޅުގެ ރައްޔިތުންގެ ހައްގު؟ ވޯޓަށް އެކަނި ފެންނަނީ؟

    7
    1
  12. ނަމަަ

    ރައީސް ތީ ނަސީދު ޕާޓީން ވެރިކަމައް އައި ރައީސް އެއްނޫންތަ އެހެންވީމަ ޕްލޭނެއް، ވިސްނުމެއް ނެތް ދައުރެއް ނިމިގެން މިދަނީ

  13. ހަސަން

    ކަލޭ ނަސީދުއާ އިންނަންވީނު ދެރަކަމެކޭ ކިނބޫ މީ