ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރު އެއްކޮށް ބަދަލުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް އިއްޔެ ވަޑައިގަތުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ދުވަސްވީ ރަހުމަތްތެރިޔާ ޖައިޝަންކަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމުން ވަރަށް އުފާވާ ކަމަށެވެ.

ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވާދެއްވުމަށެވެ. އެކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއާއެކު ރާއްޖޭގެ އުތުރު އެއްކޮށް ބަދަލުވެގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރާއްޖޭގެ އުތުރުގެ ރައްޔިތުންނާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ރައްޔިތުންނާއި ދެމެދު އޮތް ދުރު ގުޅުން ނައްތާލެވޭ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ.

ޖައިޝަންކަރު ވިދާޅުވީ، މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިންވެސްޓް ކުރާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް ކަމަށާއި މިޕްރޮޖެކްޓުގެ ސަބަބުން ހަނިމާދޫން ބައިނަލްއަގުވާމީ އައު އޮޕަރޭޝަންތައް ހުޅުވިގެންދާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއެއް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ނިންމާފައިވާއިރު، އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމް ކުރާނެ ކަން ފާހަގަކޮށްލެވެއެވެ.

ހަނިމާދޫ އެއާޕޯޓުން އުތުރުގެ މީހުންނާ ދުނިޔެ ގުޅޭނެ: ޖައިޝަންކަރު

މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އެއްވެސް ގާއިމް ކުރާނެއެވެ.

ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއާބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެއެވެ.

މިއާއެކު މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާއާއި އިތުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެއެވެ. އަދި މިއީ އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    މީނާ އެހެން ބުނެފިތަ. އެކަން ދާނީ ދިމާ އިދިކޮޅަށް. މިއީ އަލިފްލައިލާ ވާހަކާގައި އުޅޭ އިދިކޮޅު ދެއޯ އާ އެއްވަރު މީހެއް.

    10
  2. ފްލެޓް ދޮންބެ

    ހިންދް އެމާ ކަނޑުތެރޭ... ފޮލާ ކެއްކެން ޖެހޭނެ! ފޮލާ ކެއްކޭނެ! އަދި ފޮލާ ކެއްކޭނެ، އިންތިޒާމުވެސް ހަމަ ޖެހޭނެ! އަޅްގަނޑްމެންގެ މިސަރުކާ--ރަކީ އާދެ!!! ފޮލާ އެއީ-- ކައްކާ އެއްޗެއްކަން، ދަނެގެން، ފޮލާ ކެއްކުމުގައި ބައިވެރިވެ، އޭގެ ޒާތުގައި، ވަރަށް، ރަގަޅަށް އެ ފޮލާ، ކައްކަމުން ކުރިޔަށް ގެންދާ ސަރުކާރެއް! މި ސަރުކާ--ރުގައި، މައިގަނޑު، ކަމަކަށް، އޮންނާނީ ފޮލާ ކެއްކުން! އަދި އޭގެ އިތުރުން ފޮލާ ކެއްކުމަށް، ވަކިން ހާ---އްސަކޮށް "އަންނަނީ އަންނަނީ އަންނަނީ" ނަމުގައި ވަރަށް ފުރިހަމައަށް ފޮލާ ކެއްކުން ކުރިޔަށް ދާނެ! ^ފިކުރެއްގެ ދިރުން---ފޮލައެއްގެ ކެކުން^

    12
  3. ތެދެއް

    މިހާރަކު ނުގުޅޭތަ؟ އިތުރަށް ތިޔަތަނަށް ޖަމާވާނީ މިލިޓަރީ އިންޑިއާ. ދެން ތިތަނަށް ކައިރިވެސް ނުވެވޭނެ. އެއުޅެނީ އައްޑުއަށް ވީހެން ވާން. ދިވެޙީން ސަމާލުވެތިބޭތި. އައްޑޫ ކީއްވެގެންބާ ދުނިޔެއާ ނުގުޅިވިގެން އެއުޅެނީ، އެއަރޕޯޓްވެސް ރަންވޭވެސް އެބައޮތް. ރިސޯޓުތައްވެސް ހުޅުވި. މީ ފުލް ސީޒަން އެހެރީ ބަންދުކޮށްފަ. ބޯޓެއް ނުޖެއްސެނީތަ؟ ނޫނީ ވައްކަންކުރާލެއް ގިނަކަމުން އިންވެސްޓަރުން ފިލީތަ؟

    11
  4. މަބުނީ

    އުތުރު ބަދަލް ކުރުންތޯ އިންޑިޔާއަށް އަޅުދާސްވުމުގެ ބައިވެރިއަކަށް ނަޝީދުވެސް ވާތީތޯ

  5. ދަރަނި ދަންތުރަ

    މިކަލޭގެ ޖީ އެމް އާރަށް އެއަރޕޯޓް ވިއްކާލީމަވެސް އުތުރު ގޮސް ދެކުނާ ގުޅި ދެކުނު ގޮސް އުތުރާ ގުޅި މީނަގެ ޖީބަށް 30 މިލިޔަން ޑޮލަރު ވަނީ ، ޒުލްފާ މިހާރުވެސް އެދައްކަނީ އެވާހަކަ

  6. އަލީ

    ނަސީދުއެބެނީ ވަރަށްބޮޑު ތެދެއް. އޭނަބަދަލުވާނީ ކޮންގޮތަކަށް ކަމަކަށްނުބުނެ އެބަދަލުވާގޮތުން އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އާއްމުކޮށް ރާއްޖޭގެހުރިހާ ރައްޔިތުންނަށް ވާނީދެރަ.

    7
    1
  7. ހަސަން ކުރުސި

    އުތުރު އިންޑިޔާގެ އަޅުވެތި ކަމުގެދަށަށް ދާނެ

    8
    1
  8. ނަމަ

    ނަޝީދު އެބުނަނީ އަނެންކާ އުތުރު ދެކުނަން ބަދަލު ވާ ވާހަކަބާ

  9. ސަފީ

    މިފެންނަނީ އެމްޑީޕީގެ ހީލަތްތެރިކަން. ދެ ރައީސުންވެސް މިތިބެނީ އިންޑިޔާގެ ވިސްނުމަށް ކުއްތަންވެގެން ގައުމު އިންޑިޔާއާއި އަޑިއަޑިން ހަވާލުކިއްގެން އިންޑިޔާއަކީ އެމީހުންގެޕަޕެޓް މާސްޓަރުންނަށް ހަދައިގެން. އެމްޑީޕީގެ ހީލަތާއި މަކާރާއި ނުރައްކާތެރިކަމުން ދައުލަތާއި ސަރުކާރުން މިނިވަން ނުކޮއް ގައުމު ދެމިނޯންނާނެ މިނިވަންކަންމަތީ.