(ށ. ކަނޑިތީމު) ކޮވިޑް-19 ފެތުރެމުންދިޔަ އިރު ކުރިއަރާފައިވާ ގައުމުތަކުގައި މީހުން މަގުމަތީގައި މަރުވަމުންދިޔައިރު، ރާއްޖެއިން އެ މަންޒަރު ފެނިގެން ގޮސްފައި ނުވަނީ ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާއި އެކީގައި ގޮންޖެހުންތަކާ ކުރިމަތިލުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023ގެ ކެމްޕޭނަށް މިއަދު ހެނދުނު މިރަށަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ ބަންދު ކުރުމާ ގުޅިގެން ރާއްޖެއަށް މަޖުބޫރުވީ ބޯޑަރުތައް ބަންދު ކުރަން ކަމަށެވެ. އަދި މުޅި ގައުމުގައި އެވަގުތު އިސްކަން ދިނީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއް ފެންވަރެއްގައި ސިއްހީ ހިދުމަތް ދެވޭތޯ އިސްކަން ދެއްވިއިރު، އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވުމުގެ އުފާ ފާހަގަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމެރިކާ ކީއްކުރަންތޯ، ޗައިނާ، ޖަޕާން މިހެން ގޮސް ކިއިދާނެ، މި ހުރިހާ ގައުމެއްގައިވެސް މަގުމަތީގައި މީހުން މަރުވަމުންދިޔަ މަންޒަރު ޓީވީތަކުން ތިބޭފުޅުންނަށް ފެންނާނެ. ނަމަވެސް ރާއްޖޭގައި އެ މަންޒަރު އިރާދަކުރެއްވިއްޔާ ނުފެނޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ކަނޑިތީމު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ އެ މަންޒަރު ރާއްޖެއިން ނުފެނުނީ ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާއި އެކީގައި ގޮންޖެހުންތަކާ ކުރިމަތިލުމުން ކަމަށެވެ.

އަދި އެކަމުގައި ސަރުކާރުގެ ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި އުނދަގުލުން އަރައިގަނެ މިއަދު އަނެއްކާވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ޖެހިލާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށް، އެއް ރަށަކުން ނުލިބޭ ހިދުމަތްތައް ހޯދުމުގައި ޔަގީންކަމާއި އެކީގައި ކޮންމެ ދުވަހަކުވެސް އެ ދަތުރުތައް ކުރެވޭ ކަމަށެވެ.

"ހިޔާލެއް އެކަމާއި ދޭތެރޭއި، މާބޮޑު ފިކުރެއް ކުރާކަށް ނެތި، ހެނދުނު ފުރައިގެން އައިސް، އެރަށަކަށް ގޮސް، އެނބުރި އަމިއްލަ ރަށަށް ދެވޭނެ ކަމުގެ ޔަގީންކަން މިއަދު ބޮޑުތިލަންދުންމަތީގެ ރައްޔިތުންނަށްވެސް އޮންނާނެ".

ރައީސް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެގެން ދިއުމުން، މި ދާއިރާގެ ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމީ ޔަގީން ކަމެއް ކަމަށެެވެ.

"ޓޫރިޒަމް ފުޅާވެގެން ދާނެ، ވިޔަފާރިތައް އިތުރަށް ކުރިއަރައިގެން ދާނެ، ވަޒީފާތައް އިތުރުވެގެން ދާނެ، އަމިއްލަ ރަށުގައި ހުރެ ގެސްޓް ހައުސްގެ ވިޔަފާރިކޮށް ފައިދާއާ އެކީގައި ކުރެވޭނެ މަގު އިރާދަކުރެއްވިއްޔާ ލަސްތަކެއް ނެތި ފަހިވެގެން ދާނެ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހިސާބުގައި އުފައްދާ ތަރުކާރީ އާއި މޭވާ އާއި މަސްވެރިކަމުގެ ތަކެތި ފަސޭހައިން މާލެ އާއި އެހެން ރަށްރަށަށް އަދި ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ފަސޭހަވެގެން ދާނެ ކަމަށާއި، އެއިރުން އަމިއްލަ ޖީބަށް ވަންނަ ފައިސާ އިތުުރުވެގެން ދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުދި ރަށްތަަކަށް ޒަމާނުއްސުރެ އެކަހެރިކޮށްފައި އޮތް އޮތުން، ދޫކޮށް، ކުރަން ފެށި މަސައްކަތުން ވޭތުވެރިޔަ ހަތަރު އަހަރު ތެޜޭގައި، ކޮވިޑަށް ކުރިމަތިވި ދަތިތަކުގެ ދެ އަހަރު ކެނޑުމަށްފަހު ދެ އަހަރު ތެރޭގައި 68 މިލިއަން ރުފިޔާ މި ދާއިރާގެ ފަސް ރަށަށް ހޭދަކޮށްފައިވާ ކަމަށެވެ.

"މިއީ މިއިން ޒަމާނެއްގައި އެއްވެސް ސަރުކާރަކުން 10 އަހަރު ފަސް އަހަރު ކީއްކުރަންތޯ 15 އަހަރު އެއްކޮށްލައިގެން ނުކުރެވޭ ވަރުގެ ބޮޑު އިންވެސްޓްމެންޓެއް. ބޭނުމަކީ ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދާދިނުން”.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސަމޭދު

    ކަލޭގެ ވެރިކަމުގަ މަގުމަތިން ވެއްޓިގެން ގެންދާ މީހުންގެ މައުލޫމާތެއް ނުދޭ ދެން ފެންނަނީ ކަށުނަމާަދުގެ ޕޭޖުން އެކަމަކު އެބުނަނީ މަގުމަތިން މީހުން މަރެއްނުވެޔޯ ނޫނޭ މީނައެބަހުރި ދުނިޔޭން ބޭރުން ޖީސީ ހަދާފަ.

    15
    1
  2. ނަމަ

    ނުފެންނާނެތާ އެއްމެން ގޭބައްދު ކޮއްފަ ދެން އެކުރި ކަމަކުން މަރުވެ ދިޔައީ ކިތައް މީހުންބާ

    18
    1
  3. އިއްބެ.

    ސިކުޑީގައި ތެއްކަމެއް ނެތްކަން ދައްކާ ވާހަކައިން އެގެއެވެ.އަމިއްލައަށް މަމޮޅޭ ބުއްދި ހުރި މީހަކު ނުބުނާނެއެވެ.

    21
    2
  4. އިއްބެ

    ހުސްދޮގު ކޮވިޑް އެއީ ހިޔާލީ ބައްޔެއް. ވެކްސިން ޓެސްޓްކުރުމަށް ހިންގި ޕޮރޮޕެގެންޑާއެއް. އަދި އެހެން ގައުމުތަކުގަވެސް މީހުން މަރުވީ އެހެނިހެން ކުރިޓިކަލް ބަލިމީހުންނަށް ދޭންވާ ޙާއްސަ ސަމާލުކަން ނުދީ އެކަހެރި ކުރުމުގެ ސަބަބުން.

    9
    2
  5. ސުލޯ

    މިޖަޒީރާ ޤައުމެއް ކުޑަ އާބާދީއެއް އެހެންކަމުން ސުނާމީގަވެސް ގިނަމީހުން މަރުނުވީ ކަލޭގެ މޮޅު ކަމުނެނޫން އަލިފާނުގެ ހާދިސާގަ މާލެ ގެއެއްރޯވި ކިހިނެވީ މުޅި އިމާރާތުގެ ގިނަމީހުން މަރުވި މިސަރުކާރުގަ ޕުލޭން ތިބުނާ ޕުލޭން ކޮބާތަ

    13
    1
  6. އ

    މަގުމައްޗަށް މީހުން މަރުވި ހަނދާން މިކަލޭގެ ނެތީ ދޯ؟ އެއީ ވީކަމެއް. ނުވާ ކަމަކަށް ނުހެދޭނެ

    10
    2
  7. އަލީ

    ރޭވުންތެރިކަން ހުރިނަމަ ފުރަތަމަ މިޤައުމު އެދިޔަ ހިސާބަށް ނުވެސްދިޔައީސް މިއަށްވުރެ ފަސޭހަ ވާނެ ގައުމެއް ނުވެސް އޮންނާނެ އެއަރޕޯޓުން ރިސޯޓަށް ދެވޭނެ އެރަށެއްގެ ބަޔަކު އެރަށެއްގައި ތިބެގެން ސިފައިންގެ ބެލުމުގެދަށުން ކުރެވޭނެ ކިތަށްމެކަމެއްހުރި، ފުރަތަމަވެސް ޗައިނާ ފުލައިޓަށް ހުއްޓުވަންވި ވަގުފަހަނައަޅާ ގޮސް 3ހަފުތާފަނުން ހުއްޓުވުމާ އަސްލަމު ދަރި ކޮވިޑްފެތުރިފަހުން ގެންގޮސް ބަޖެޓް ހުސްވަންދެން އެކުވެރި ރިސޯޓް އޯނަރުން މުއްސަދިކުރުވާފަ ކިހާރޭވުންތެރި...........

    9
    1
  8. ޙަަަހަ

    ހަމައެކަނި ކޮވިޑްގެ ވައްކަން ކޮށްގެން ކިތަން ޑރ.އިން މުއްސަނދިވިތޯ ، އަނެއްކާ ތިހުރިހާ ވާހަކައެއްދައްކާއިރު އެއްކަލަ ވައްކަންކުރި މީހާގެ ވެރިކަމުގައި ބިނާކުރި ހޮހަޅައިންނޭ ގިނަމީހުން ސަލާމަތްވީ

    15
    1
  9. އަލީ

    މަރުވިމީހުންވެސް ބެލީމަދޯ އެނގޭނީ ތިމާ މާމޮޅުކަމެއްކޮއްފަ ހުރިއްޔޭބުނީމަ ނިމުނީކީނޫން،،،، މަވެސް މިއަށްވުރެ ރަނގަޅަށް ޤައުމުހިންގާނަން...

    8
    2
  10. ނާފިޒު

    ރާއްޖޭގައި ވެސް މަގުމައްޗަށް މަރުވެގެން ވެއްޓުނު. އެކަމަކު އާބާދީ ކުޑަވުމާ، ޖަޒީރާ ޤައުމަކަށް ވުމާއެކު ބަލި ޖެހުނު މީހުންވެސް މަދު ކަމުން ޗައިނާގައި ވީވަރެއް ނުވި.

    18
    1
  11. އަލީ

    ރާއްޖޭގައި ވެސް މަގުމައްޗަށް މަރުވެގެން ވެއްޓުނު. އެކަމަކު އާބާދީ ކުޑަވުމާ، ޖަޒީރާ ޤައުމަކަށް ވުމާއެކު ބަލި ޖެހުނު މީހުންވެސް މަދު ކަމުން ޗައިނާގައި ވީވަރެއް ނުވި.

    14
    1
  12. އަލީ

    ވެންޓިލޭޓަރު ތަކުގެ މައްސަލަވެސް ވަރަށް ރޭވުންތެރިކަމާ އެކު އޮއްބާލި. ޝުކުރިއްޔާ.

    23
    1
  13. މަރީ

    އަދަދު ބަލަން ޖެހޭނީ އާބާދީގެ ނިސްބަތުން.

    15
    1
  14. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ވެކްސިން އިން ވެސް އިބޫ ވައްކަން ކުރި. ނޫސްވެރިޔަކު ވެކްސިންގެ އަގު ބުނާށޭ ބުނީމާ އިބޫ ބުނީ، "ވެކްސިން ގަނެފައި ވަނީ އަގު ނޫސްވެރިންނަށް ސިއްރު ކުރާ ގޮތަށް". އިބޫ އަށް ވޯޓްލުން ރަނގަޅެއް ނޫން.

    17
    2
  15. އިބޫ

    އެކަން ނުފެނުނީ ވަރަށް ހިތްވަރުގަދަ ސިއްޙީ ދާއިރާގެ އެތަށް ބައެއްގެ މަސައްކަތުން… އެކަމު އޭގެ އަގެއް ތި އިބޫ ވަޒަން ނުކުރި … އޭގެ އެންމެ މީހަކަށްވެސް އެލަވަންސް ގަނޑުވެސް ނުދިން…

    10
    1
  16. ކޮވިޑް

    ރޭވުންތެރި ކަމަކީ ރައްޔަތުން ގޭގަ ބަންދު ކޮށްފަ އެ ރައްޔަތުންގެ ފައިސާތަށް ކަޅާކޮށްލީ. ބޮޑުވެގެންވާ ވައްކަންތަށް ރައްޔަތުންގެ މާލިއްޔަތުން ކުރީ. އަޅެފަހެ ކަލޭ ކޮވިޑޭ ކިޔަން ލަދެއް ހަޔާތެއް ނެތޭ ދޯ؟

    13
    2
  17. އަލީ

    ކަލޭ މިހާރު މާބޮޑަށް ގޯސްވެފަ ތިހުރީ!!!!

    7
    1
  18. Anonymous

    މިގައުމުގައި އެކަނިނޫންތޯ ބިލިޔަން ރުފިޔާ ޚަރަދުކޮށްފަ ކޮވިޑު ޕޭޝެންޓުންނަށް ގަތްހާ ވެންޓިލޭޓަރ ތަކެއް އެއްމެ އެއްޗެއްވެސް ނުގެއްލި ހަމަޔަށް ސަލާމަތުން ލިބުނީ، މި ހިކުމަތްތެރި ގާބިލު ރ.އިބުރާހީމުގެ ރޭވުން މޮޅުކަމުން އުތެ#

  19. އައިންތު ހަސަން

    އާބާދީގެ ނިސްބަތުން މުޅިދުނިޔެއިން އެންމެގިނަމީހުން ކޮވިޑުގައި މަރުވި އެއްގައުމުމީ. ކޮންހާ ވާހަކައެއް މިދައްްކަނީ!

    8
    1
  20. އަބްދޫ

    ކޮވިޑް ގަ ގިނަ މީހުން މަރުވީ އާބާދީ ބޮޑު ގައުމުތަކުގަ އަދި ކޮވިޑް ފެތުރެން ފެށީ އެގައުމުތަކަށް ފިނި މޫސުމުގަ ކަމަށް ވުމަކީވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅުނު ބޮޑު ހުރަހަކަށް ވީކަމެއް.ރާއްޖެއަކީ ފިނި މޫސުމް އަންނަ ގައުމަކަށް ނުވެފާ ދުވާލުގަޑިތަކުގަ ހޫނުގަދަ ގައުމނަކަށް ވުމަކީ ކޮވިޑް ފެތުރުން ކޮންޓްރޯލް ވާންދިމާވި އެންމެ ބޮޑު އެއް ސަބަބު،ސިއްހީ ދާއިރާގަ އެކަމާހަވާލުވެ ތިއްބެވި އިސްބޭފުޅުން ތަޖްރިބާކާރުންގެ ބަސް ގަބޫލުކުރައްވާ އެބޭފުޅުންނާއެކު މަސައްކަތް ކުރެއްވުމުގެ ސަބަބުން .ވާނުވާ ނޭގޭ ރައީސް ގެ މޮޅުކަމަކުންވީކަމަކަށް އޮތީ ނޭވާހޮޅިން ކުރެވުނު ވައްކަން އެކަނި .ހޮސްޕިތަލްގަ އެޑްމިޓް ކުރާ މީހުން މަރުވުމުގެ ސަބަބަކަށްވީ އެމީހުންގެ އަމިއްލަ ހާލުގަ ކަރުތެރޭގަ އުފެދޭ ދަވަ ސާފު ނުކުރެވި ދަވަތައް ފުއްޕާމެޔަށް އެޅި ނިއުމޯނިޔާ އަށް ބަދަލުވެގެން ދިއުން ކޮވިޑް ނުޖެހޭ މީހުންވެސް ދަވް ސާފު ނުކުރެވިގެން ނިއުމޯނިޔާ އަށް ބަދަލުވެގެން ނިޔާވެފާ އެބަހުރި.ސައިނަސްގެ މައްސަލަތައް ހުންނަ މީހުން ވެންޓިލޭޓަރަށް ނުވަތަ ހާލު ބޮޑުވެއައިސިޔޫއަށް ބަދަލު ކުރެވުމުން އެމީހާ ކާންދޭ ކޮންމެ ވަގުތަކު ކަރުތެރެ ސާފު ކޮށް ދަވަ ނުނަގައިފިނަމަ ނިއުމޯނިޔާއަށް ބަދަލު ވެ ނިޔާ ވެގެން ދާނެ.ސިއްހީރޭވުންތެރިކަމުގަ މިކަމަށް ސަމާލުކަން ދެވުނު ނަމަ ރާއްޖޭގަ ކޮވިޑްގެ ސަބަބުން އެއްވެސް ފުރާނައެއް ގެއްލިގެން ނުދިޔައީސްކަންކަށަވަރު. އަދި ރާއްޖޭގެ އާންމުމުޖްތަމައަކީ އެއާކޯން ގަ ފިނިކޮށްގެން ތިބޭ ބަޔަކަށް ނުވާއިރު ބަލިވެގެން ހޮސްޕިޓަލްގަ އެނދުމަތި ކުރުން އެއާކޯންގެ ފިންޏަށް ކެތް ނުކުރެވިގެން ބަލިމީހުން އުޅެނީ ވެސް މަދެއްކޮށް ނޫން. މާފިނިގަދަ ވެއްޖެ ނަމަ ކޮށިއަރަ މަރުވުމަކީވެސް ދިމާވެދާނެ ގޮތެއް ، ވީމާ މިހިރަކަންކަމަށް ސިއްހީހިދުމަތްތެރިން ވިސް ނެގުމަކީ މުހިންމު ކަމެއް.

  21. ނުފެންނާނެ

    ފެސިލިޓީގަ އިހުމާލުން މަރުވިހާ މީހުން އެތަނުގަ މަރުވީމަ މަގުމަތިންނެއް ނުފެންނާނެތާ. ކޮވިޑްގެ ފުރަތަމަ މީހާވެސް މަރުވީ ހަދާފަ އޮތް މޮޅު އެސްއޯޕީއަކުން. ކުޑަ ދަރިއަކު މަރުވީ އެމްބިއުލަންސް ނުފޮނުވައި އިހުމާލުން. އެއިން އެއްވެސް ކަމެއްގެ ޒިންމާ ނަގާނެ މީހެއް ނެތް.