(ށ. މިލަންދޫ) ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް ކޮށްފައި ހުރި ކަންތައްތަކުން މިއަދު މި ސަރުކާރަށް އަރައިނުގަނެވޭ މި ސަރުކާރަކީ ހިތަށް އެރީމަ އެކަމެއް ހަވާލުކޮށް ނިންމާ ސަރުކާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު މެންދުރު މިލަންދޫއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަށުންވެސް އެމަނިކުފާނަށް ހޫނު މަރުހާބައެއް ވަނީ ދަންނަވާފައެވެ. އަދި ސަޕޯޓާރުން ވަރަށް ފޯރީގައި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ވިދާޅުވީ، 2012 އާއި 2018ގެ ތެރޭގައި ރައްޔިތުން ތިބީ މަގުމަތިވެފައި ކަމަށެވެ.

"ކޮންމެ ދުވަހަކު، ހެނދުނެއް މެންދުރެއް، ހަވީރެއް ނެތް، ހޫނާ އަތްވާއި ވާރޭއާ އެކީގައި މަގުމައްޗަށް ނުކުމެ އަޅުގަނޑުމެން ތިބީ އަޑު އުފުލަން". ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މުޒާހަރާކޮށް އަޑު އުފުލަން ވެސް ޖެހެއެވެ.

ރައީސް ސޯލިހް މިލަންދޫ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ ރައީސް ކެމްޕޭން ޓީމް

"އެކަމަކު ތާ އަބަދު އެކަން ކުރަން ޖެހުނީމަ އެއީ، ރަނގަޅު ގޮތެއް ނޫން، އަޅުގަނޑުމެންނަށް ރަނގަޅު ގޮތް ފެނުނީމަ، ކުރިއަށް ދެވެން އޮތް ގޮތް ފެނުނީމަ ދެން ދާން ޖެހޭނީ އެ މަގުން، އެނބުރި ފަހަތަށް ގޮސް މަގުމަތިވުން އެއީ ރަނގަޅު ގޮތެއް ނޫން، އެއީ އެމްޑީޕީއަށްވެސް ރަނގަޅު ގޮތެއް ނޫން، ގައުމަށްވެސް ރަނގަޅު ގޮތެއް ނޫން". ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި މި ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން މަސައްކަތް ނުފެށި ހުރީ އެކެެއް ނޫނީ ދެ މަޝްރޫއު ކަމަށް ވިދާޅުވެފައެވެ.

"ވައުދުވީ ފަސް އަހަރު ތެރޭގައި މިކަން ކުރަން، އަދި ފަސް އަހަރު ނުވޭ، އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމިގެންދާއިރުގައި އެ ވައުދުތައް ފުއްދައިދީ އޭގެ ފައިދާ ތިބޭފުޅުންނަށް ލިބޭނެކަމީ ތިބޭފުޅުން އެއްގޮތަކަށްވެސް ޝައްކު ކުރާނެ ކަމެއް ނޫން". ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިލަންދޫ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ ރައީސް ކެމްޕޭން ޓީމް

ރައީސް ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރަމުން ދަނީ ގާނޫނުގައި ލިޔެ ތަރުތީބު ކުރެވިފައިވާ ގޮތަށް ކަމަށެވެ.

"ހަމަ ހިތައް އެރީމަ ވަކި މީހަކަށް ކަންތައް ހަވާލު ކުރަނީއެއް ނޫން، ހަމަ ހިތަށް އެރީމަ އެ ދުވަހު ކަންތައް ނިންމަނީއެއް ނޫން". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް ކޮށްފައި ހުރި ކަންތައްތަކުން މިއަދު މި ސަރުކާރަށް އަރައިނުގަނެވޭ ކަމަށެވެ.

އެގޮތުން ރައީސް ފާހަގަކުރެއްވީ ނަލަންދޫ މައްސަލައެވެ. އެއީ ދަނޑުވެރިކަމަށް މީގެ 20 އަށްވުރެ ގިނަ އަހަރު ކުރިން ދޫކުރި ރަށެކެވެ. އެރަށުން އެ އަތޮޅަށް ފައިދާއެއް ނުވެއެވެ.

މީގެ ކުރިން ރައީސް ސޯލިހާއެކު މިއަތޮޅު ރައްޔިތުން ބޭއްވި ބައްދަލުވުމެއްގައި މިރަށުން އަތޮޅަށް ފައިދާ ނުވާ ވާހަކަ ހިއްސާކޮށްފައިވެއެވެ.

"100 މިލިއަނުން، 200 މިލިއަން ރުފިޔާއިން، 30 މިލިއަން، 40 މިލިއަން ޑޮލަރުން ބަދަލު ދޭން އެބަ ޖެހޭ، މިއީ ހެދިފައި ހުރި އެގްރީމެންޓްގެ ބޭރުން ހަމަ ހެނދުނު ހޭލާފައި ކޮށްލަން ފެނުނީމަ ކުރީމަ ވެފައި ހުންނަ ކަންތައް، އެހެންވީމަ ނަލަންދޫގެ މައްސަލަވެސް އޮތީ އެ ހިސާބުގައި އަގު ކުރެވިފައި އޮތީ، ދެ ފަރާތުގެ ދޭތެރޭގައި ވާހަކަ ދެކެވެމުން އެބަ ދެވޭ، މިރަށަށް އިންވެސްޓް ކުރާނެ މީހުންވެސް އޮތީ ތައްޔާރަށް". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، މި ރަށް އޮންނާނީ ޓޫރިޒަމަށް ތައްޔާރުވެފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލީ

    ހަމަޖެހިބަލަ މިހާރު މާ ބޮޑަށް ބޯސަކަރާތް ވަނީ ތި!!! ކޯޗެއް ކެވިގެން ތިއުޅެނީ

    28
    1
  2. ކިނބޫ

    ތިއީ އެއްކަމެއްވެސް ނިންމީ ސަރުކާރެއްނޫން

    27
    3
  3. ނަސީދު

    ކަލޭތީކުރާވައުދުފުއްދާމީހެއްނޫން

    23
    3
  4. ޙާލަތު

    ޢިންތިހާބެއް އައިސް ބޯމަތިވީމަތޯ ތިޔަކަން އެނގިލެއްވީ

    27
    3
  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ހިތަށް އެރީމާ އެ ކަމެއް ނިންމާ ވާހަކަ އެއް ނޫން މިދައްކަނީ. ސްލޯ ވާހަކަ. ގަމާރު ވާހަކަ. ނުކިޔަވާ ހުރި ވާހަކަ. ކުރަން ބުނާ ކަންތައް އަހަރު ދެ އަހަރު ވާއިރު ނުނިމޭ ވާހަކަ. އިންޑިއާ އަށް ޕްރޮޖެކްޓް ތައް ދީ ނުހިންގޭ ވާހަކަ. ގެޓް އެއް ވެސް ނުވާނެ ނުކިޔަވާ ހުރީމަ. އިބޫ ގެ އޯލެވެލް ސެޓްފިކެޓް ދައްކަން ގޮވާލަން. ފާހެއް ނުވޭވިއްޔަ. ނުކެރޭނެ އިބޫ އަށް ދައްކާކަށް!

    23
    2
  6. ހުސޭނުބޭ

    މިއީ ހަމައެކަނި ފޮނިއަނގަތަޅާ ސަރުކާރު. ހިތަށް އެރީމާ ދެން ވިސްނަންވީ މަޝްރޫޢު އެއޮތީ ނިމިފައިކަމަށް.

    23
    3
  7. ޑައެލޯގް

    އިބޫގެ ވާހަކަރަގަޅެވެ. ހިތަށްއެރީމަ އިބޫއަކަށް އެކަމެއްނުކުރެވޭނެއެވެ. ސަބަބަކީ ހިތަށްއެރީމަ ފުރަތަމަ ދާންޖެހެނީ އިންޑިޔާއަށެވެ. ދެންއެކަން އިންޑިޔާއިން ފާސްވެގެން އައީމަވާނީ!! އެހެންތާވާނީ އިގިރޭސިން މީހަކު ސުވާލެއްކުރިއަސް ޖަވާބެއްދޭކަށްނޭގެއެވެ. މީހަކުލިޔެދީފަ ދިނީމަކިޔާލާމީހެކެވެ. ތަންދޮރުއެގޭ މީހުނަށްދޯ ހިތަށްއެރީމަޖަވާބުވަގުތުން ދެވޭނީ އިބޫޖެހޭނީ މީހުންކައިރިއަށްގޮސް ކުރާށެވެ.

    20
    2
  8. ޕޮގުބާ

    5 އަހަރުން ޕޮރޮޖެކްޓެއް ނުނިމެ ކޮނއަނގައެއް އަރުވާކަށްތަ 5އަހަރުން ނަރުދަމާއެއްނުނިމެ 5 އަހަރުން ފެނުގެނިޒާމެއް ނުނިމެ 5 އަހަރުން ފަޅެއް ކޮނެ ނުނިމެ 5އަހަރުން ރަށެއްގެ މަގު ހަދާ ނުނިމެ 5 އަހަރުން އެއާރޕޯޓެއް ނުނިމެ 5އަހަރުން ރަށްޔިތުން ނޮޅާ ހުސްކޮއްފި ތަކެތީގެ އަގު 200ގުނަ މަށްޗަށް ކޮތަޅެއް 4ރުފިޔާއަށް ދުނިޔޭގެ ލަދު ކޮބާ

    22
    2
  9. ހެ

    ދޮގު ހެދުމުގެ ޕުރައިމެރީން އެއްވަނަ ހޯއްދަވައިފި.

    21
    1
  10. އއ

    މިކަލޭގެއާ މިކަލޭގެ އައުވާނުން މިގައުމުގަ ތިބެންޏާ ހައްގުވާތަނަކީ ބުރަމަސައްކަތާ އެކު ޖަލު. ލަދު އެއީ މީނަގެ ނަފުސުގަ ކުޑަކޮއްވެސް ހުރިއެއްޗެއްނޫން.

    17
    1
  11. ފިޔަވަޅު

    ދިވެހި ރައްޔިތު މީހާއަށް ލިބިފަވާ ފްލެޓް އަތުލާ ސަރުކާރުދޯ

    13
    1
  12. މޮހޮރޭ

    ތަނަކުން ޑިގްރީ ގަޑެއް އޯލެވެލް ގަޑެއް އޮވެގެން ނުން ރައިސްކަން ކުރަނިކި. އެނުންނަމަ އޮންނާނެ ޝަރުތު ތަކުގައި އެވާހަކަ ލިޔެފައި. އިބުއަކި ތިއިން އެއްވެސް ކަމެއް އޮތަސް ނެތަސ ރާއްޖެދުސް އެންމެ ގާބިލް ރައިސް. ކޮވިދް ކޮންތްރޮލް ކުރި ރައީސް. ރައްޔިތުން ބަދަސް ނުޖައްސާ ހަމަ މަގަސް އެޅުވި ރައިސް. މިކަން ކުރަން އޮލެވެލް ހަދާކަސް ނުޖެހޭ. ސިކުޑި ހަމަޔަސް ހުރުމުން ކަންކަން ކުރެވޭނެ.

    2
    9
  13. ނުފެނެއޭ

    އިއްތިހާދު ނުވެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ދެވަނަ ބުރުގައި މިހާރު ރައްޔިތުންނަށް ދަސްވެއްޖެ ޖޭޕީ ވެސް އަދި އެމްޑީއޭ ވެސް އަދި އެމްއާރުއެމް ވެސް ވަރަށް ރަނގަޅަށް މިއިން އެއްވެސް ޕާރޓީ އަކީ އެއީ ރައްޔިތުންގެ ލާބައާއި މަންފާ އަށް އެއްވެސް ކަމެއް ކުރާ ކަމެއް ނޫނޭ ބޮޑު ސޭޓް ބުނީ އޭނޭ ނުދެކެމޭ އިންޑިއާ ސިފައިން ބަޑި ހިފައިގެން މާލެ ތެރޭގައި އުޅޭ ތަން އޭނާ އަށް ނުފެންނަނީތޭ ލާމު އަތޮޅު ކައްދޫގައި އިންޑިއާ ސިފައިން ތިބޭ ތަން އުތުރު ތިލަފަޅުގައި ތިބި ތަން ނުފެނެއޭ..

  14. ލަސް ލަހުން

    ކޮމަންޑޫ ދާއިރާގެ އިންތިހާބު ދުވަސް ވަރު ހަނދާން ނެތުނީ؟