ސިނަމާލެ ބްރިޖް އާއި ގުޅިފައިވާ ބޭރު މަގު ކަމަށްވާ، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާރު އަޅަން ނިންމާފައިވާ ސަރަހައްދުގައި އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ރިންގު ރޯޑް ޕްރޮޖެކްޓަށް އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މުއިއްޒުގެ ޓްވީޓުގައި ޝުކުރު އަދާކުރައްވާފައިވެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީވަގުތު އިމޭޖްސް:ޖިމީ މުހަންމަދު

މާލޭ ރިންގް ރޯޑް މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލްް އިން ފެށިގެން އިންޑަސްޓުރިއަލް ވިލެޖާހަމައަށް ޒަމާނީ ފެންވަރަށް ތާރު އެޅުމަށް ހައުސިން މިނިސްޓުރީއިން ވަނީ ނިންމާފައެވެ.

އެ މަސައްކަތުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އޮކްސިޖަން ކެފޭ ހުންނަ ސަރަހައްދާ ހަމައަށް މިހާރު ވަނީ މަގު ފުޅާކޮށް ތާރު އަޅަން ބިންގަނޑު އެއްވަރުކޮށްފައެވެ. ނަމަވެސް މިވަގުތު ތާރު އަޅާފައިވަނީ ޓާމިނަލް ކައިރިން ފެށިގެން ގާދޫ ބިލްޑިންނާ ހަމައަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީވަގުތު އިމޭޖްސް:ޖިމީ މުހަންމަދު

ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ. އަދި އެ މަގު ފުޅާ ކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ނިމުމުން ވެހިކަލްތަށް ދުއްވުމަށް ވަރަށް ބޮޓުތަން ފަސޭހަވެގެން ދާނެއެވެ. މާލޭ ރިންގް ރޯޑް މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރަށް މަގު ހެދިގެން އަންނައިރު އެ މަޝރޫއުގެ ދަށުން 450 އެއްހާ ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންމިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެޕް

    މީ މިކިޔާ އަހަރުމެން ބޭނުންވާ ކޮންކްރީޓް ތަރައްޤީ. ދެން މާދަމާ ކިނބޫ އޭ ތިކިޔާ ހިނދުކޮޅު ކެންޑިޑޭޓް ބުނާނެ ތިމްންނަ ވެރިކމުގަ މާލޭ ބޭރު މަގުގަ ތާރު އަޅާނަމޭ. ރައީސް ޔާމީން 2018 އިންޝާﷲ

    • ޢަހަންމާ

      ރައީސް ޔާމީން 2018 އިންޝާﷲ