މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ކަންތައް ހިނގަމުންދާ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ހައްޔަރުކޮށްގެން ނޫނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުއްޓައިނުލައްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވެފައި ވަނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވަމުންދާ ރައީސް ނަޝީދުގެ މަންދޫބުން ހައްޔަރުކުރަމުންދާތީ އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ގދ. ރަތަފަންދޫގައި ހަރަކާތްތެރިވަމުން ދިޔަ ނަޝީދުގެ ތިން މަންދޫބެއް ހައްޔަރުކޮށްފައިވާ ކަމަށް އީވާ ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މިވަރުން ދާނަމަ ނަޝީދު ހައްޔަރުކޮށްފައި ނޫނީ ރައީސް ސޯލިހް ހުއްޓައިލައްވާނެހެން ހީނުވާ ކަމަށެވެ.

ރާއްޖޭގެ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ލުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. ނަމަވެސް އެކި އެކި މައްސަލަތައް ދިމާވެ ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިފައި ވަނީ ލަހުންނެވެ.

އަދި ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުންވެސް ހިނގާފައި ވެއެވެ.

ޖަމާލުއްދީން ސްކޫލްގައި ނަޝީދުގެ އޮބްޒާވަރުން ހަރަކާތްތެރި ވަނީ - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އެގޮތުން ހިރިޔާ ސްކޫލްގައި ވޯޓާސް ލިސްޓް އޮޅުވާލި ކަމުގެ ތުހުމަތާއެކު ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. އަދި ތާޖުއްދީން ސްކޫލްގައި ވެސް ހަމަނުޖެހުން ވަނީ ހިނގާފަ އެވެ. އަދި އެކި ރަށްރަށުގައި ވެސް ދަނީ ގިނަ ހަމަނުޖެހުންތައް ހިނގަމުން ނެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މިއީ އެމްޑީޕީގެ ސިޔާސީ ތާރީހުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީ އަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބޫ ޖަހުލު

    އިބޫ އަކީ ހާއިނެއް. ޑިކްޓޭޓަރެއް. އެމްޑީޕީ މީހުނާ ތިގޮތައް ނުކުޅެވޭނެ

    5
    2
  2. ހުސެން

    މާލަސްވެއްޖެ

  3. އަބްދޫ

    ނަސީދަކީ ކްރިމިނަލް އަކަށް ވާނަމަ ދޫވެފަ ހުރެވިގެންނުވާނެ. ސްޕްރީމްކޯޓުން އަލުންބަލަދޫކުރި މައްސަލަތައްބަލާ ނަސީދަށް އަވަސް ފިޔަވަޅުއަލަން ގޮވާލަން. ނަސީދާއުި އީވާ އެމްޑީޕީ ން ވަކިކުރޭ. ޕާޓީގެ މުސްތަގުބަލަށްޓަކާ.

    6
    1
  4. މުހައްމަދު

    ހައްޔަރުކުރާނެ ހައްޔަރުކުރާގޮތައް އުޅުނީމަ

    7
    1
  5. ބަރުގޮނު

    އެއްފަރާތުން އަނެއްފަރާތަށް އިލްޒާމުތައް އަޅުވަނީވެސް ކުށްވެރިކުރަނީކުރަނީވެސް އެމް.ޑީ.ޕީ މީހުން ހަމަ އެމް.ޑީ.ޕީ މީހުންނަށް. މިހާރު މިފެންނަނީ އެމް.ޑީ.ޕީ ގެ އަސްލު ސޫރަ. އެމީހުން ތަރުބިޔަތުކުރި މީހުން މިހާރު އެމީހުންގެ ގަޔަށްބޮލަށް އަރާގަތީ.

  6. މުލޭ

    ހައްޔަރުޖުރަންޖެހުނީމަ އަންނި ވެސް އީވާ ވެސް ހައްޔަރު ކުރާނެ.