މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީ ކާމިޔާބުކޮށްފައިކަން، އެމަނިކުފާނުގެ ކެމްޕެއިން ޓީމް އިން އިއުލާނު ކޮށްފިއެވެ.

މިއަދު ހެނދުނު 9:00 ޖެހިއިރު ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް ގެންގޮސްފައިވާއިރު، ވޯޓު ފޮށިތައް ބަންދު ކުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 5:00 ގައެވެ. މިހާރު ބައެއް ފޮށިތައް ވަނީ ބަންދުކޮށްފައެވެ.

ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްްގައި ބުނީ މިއަދު ބޭއްވި ދިވެހި އެމްޑީޕީގެ މި އަހަރުގެ ރިޔާސީ
އިންތިހާބުގެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި ކަމަށް އެގްޒިޓް ޕޯލް ތަކުން ދައްކާ ކަަމަށެވެ.

"އެޒިޓް ޕޯލް ތަކުން ދައްކާގޮތުގައި ކެންޑިޑޭޓް ނަމްބަރު 1 ރައީސް މުޙައްމަދު ނަޝީދަށް %64.7 ތަނަވަސް އަޣުލަބިއްޔަތެއް ލިބިވަޑައިގަންނަވާނެއެވެ.". ބަޔާނުގައި ވެއެވެ.