މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

ހެނދުނު 9:00 ޖެހިއިރު ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް ގެންގޮސްފައިވާއިރު، ބައެއް ވޯޓު ފޮށިތައް ބަންދު ކޮށްފައި ވަނީ ހަވީރު 5:00 ގައެވެ. މިހާރު ބައެއް ފޮށިތައް ވަނީ ބަންދުކޮށްފައެވެ

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމް އިން ބުނީ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް އިބޫ 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބުކުރައްވައިފި ކަމަށެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން މިގޮތަށް ބުނެފައިވާއިރު، ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްްގައި ބުނީ މިއަދު ބޭއްވި ދިވެހި އެމްޑީޕީގެ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި ކަމަށް އެގްޒިޓް ޕޯލް ތަކުން ދައްކާ ކަަމަށެވެ.

"އެޒިޓް ޕޯލް ތަކުން ދައްކާގޮތުގައި ކެންޑިޑޭޓް ނަމްބަރު 1 ރައީސް މުޙައްމަދު ނަޝީދަށް %64.7 ތަނަވަސް އަޣުލަބިއްޔަތެއް ލިބިވަޑައިގަންނަވާނެއެވެ.". ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްުޔިތުން

    ލޮލް.. ދެން ދެމީހުންވެސް ރައީސް ހެދިގެން ތިބެންވީނު. ކުޅީގެ ބައެއް ވީމަ އޯކޭވާނެ އެއްގޮނޑިވެސް ދެމީހުނަށް

  2. ފިއަލަ

    ވޯޓުގެ ފޮމިޔުލާ ކާމިޔާބުކޮއްފި ދެންއަތްޖަހާ