އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަލިވެއްޖެ ކަމަށް ގަބޫލު ނުކުރާކަމަށް ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ބުނެފިއެވެ.

ނަޝީދުގެ އިންތިހާބީ އެޖެންޓް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ކުރި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ޓީމުން ދަނީ ނަތީޖާ ޝީޓްތައް ބަލަމުން ކަމަށާއި ގިނަ ފޮށިތަކުގެ ނަތީޖާގައި ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ބޮޑު ފަރަގެއް އެދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާއި ހިލާފަށް ގިނަ ވޯޓް، ފޮށީގައި ހުރީމަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ އަދި ނުދެއްވައެވެ.

ގިނަ ފޮށިތަކުގެ ނަތީޖާގައި ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށް ހަސަން ލަތީފް ވިދާޅުވި ނަމަވެސް ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުޅުއްވަނީ މާބޮޑަށް ވެސް ކުރީގައެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ.

މިއަދުގެ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރުމާއިއެކު ދެން ނަޝީދަށް ސިޔާސީ ދާއިރާގައި ލީޑަރެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނުވާނެއޭ

    އަންނިގެ ސިޔާސީ ހަޔާތް ނުނިމޭނެއޭ ވަކިން ސިޔާސީ ޕާރޓީ އެއް އުފެއްދުމުން ތިގޮތަށް އަންނިގެ ސިޔާސީ ހަޔާތް ވަރަށް ގިނަ ސިޔާސީ ވެރިން ވެސް ނިންމިއޭ ކުރެވުނު އެއް ކަމެއްވެސް ނެތޭ ނެރޭ ނެތޭ ނެތޭ....

    17
    5
  2. އިއްބެ

    ދެބޯގެރި ދުއްވުންގަނޑު ކިހިނެތް…

    21
    2
  3. ނުކުރާނަމޭ

    އިންތިޚާބުގައި ވަގުވޯޓް ލައިގެންނޭ މޮޅުވެގެން އުޅެނީ މަމެން ތިޔާ ނަތީޖާ ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ

    13
    6
  4. ހްޖަމް

    ހަމަ ނުޖެހުން އުފައްދަން އުޅޭނެ ކަމެއްނެތް. ހަޖަމް ކޮށްލާ.

    16
    2
  5. ކަމަނަ

    ބަލިވިޔަސް ބަލި ގަބޫލެއް ނުކުރާނެ ކަން ކަށަވަރު ބުނާނެ ވޯޓް އޮޅުވާލީޔޭ.

    23
    1
  6. ވޯޓްވަގޭ

    އިންތިޚާބުގައި ވަގުވޯޓް ލައިގެންނޭ ވަގުއިބޫ މޮޅުވެގެން އުޅެނީ މަމެން ތިޔާ ނަތީޖާ ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ތިޔާއީ ވޯޓް އިން ވައްކަން ކޮށްގެން ވަގު އީސީ ޝަރީފް ވޯޓްގައި މަކަރާއި ހީލަތް ހަދައިގެންނޭ މަމެން ތިޔާއިން އެންމެ ވޯޓް ފޮއްޓެއްގެ ނަތީޖާ ވެސް ގަބޫލެއް ނުކުރާނަމޭ ތިޔާއީ ވަގު ވޯޓް ލައިގެން ވަގު އިބޫ ހޮވައިގެން އުޅެނީ ބޮޑެތި ވަގުންނޭ ތިޔާއީ ވަގު ވޯޓް ވަގު ވޯޓް ވަގު ވޯޓް ވަގު ވޯޓް ވަގުއިބޫ ވޯޓްވަގު ވަގު އިބޫ ވޯޓްވަގުއިބޫ ވޯޓްވަގުއިބޫ ވޯޓްވަގުއިބޫ ވޯޓްވަގުއިބޫ

    13
    5
  7. އއ

    ނަޝީދުވީ އާސިޔާސީ ޕާޓީއެއްހަދާފަ ޑރޕ ގޮތައް ތިއެތި ރޮޒޭނާމެންނާ ހަވާލުކުރަން. އެއިރުން މަވެސް ހުންނާނީ އެސިޔާސީ ޕާޓީގަ.
    މުޅި އައްޑޫން 149 ގަނޑު ލިބުމަކީ ސާލިހު އައް ކާމިޔާބު ލިބުމެއް ނޫން.

    12
    4
  8. ޢަމީން

    ޑިގުކުޅި ގެން މީހުން ކަރަޕްޓް ކޮއްގެން

  9. ވާނެއޭ

    ނިމޭނެއޭ ނިމޭނެއޭ ނިމޭނެއޭ ނިމޭނެއޭ ނިމޭކަށްނެތޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ ނިމިއްޖެއޭ...

    1
    1
    • ފާކެރަ

      ދެން ހަދާ ކެރަފާ ޕާރޓީ

  10. މޫސަ

    މާލޭ މީހުންނަށް ގޯތި ދީގެން ނެގި އިންތިހާބެއް.ރިޔާސީ އިންތިހާބުގަ ނުދޭނަށް ވޯޓެއް.

    10
    3
  11. ވަގުންނޭ

    މީޑިއާ އިން ބުނާ ގޮތަށް ނޫން އިންތިޚާބު ތަކުގެ ނަތީޖާ ގަބޫލު ކުރަން ޖެހޭނީ އެކަން ކުރަން ޖެހޭނީ ހިސާބު އިލްމް އިން ވޯޓްގެ ނަތީޖާ ދިމާވާއިރު ވޯޓަރސް ލިސްޓް އެއީ މައިގަނޑު ކަމަށް ބަލާ ވޯޓަރސް ލިސްޓްގައިވާ އަދަދަށް ވޯޓް ލައިގެންނޭ އެނޫންނަމަ ނަތީޖާވާނީ ބާތިލްއޭ އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ...

    3
    2
  12. އަހުޒާމް ނަޢީމް

    ހައިނާތަކެއް އެއީ މިތުރުން ކަމަށް ބަލައިގެން އުޅެންހަދައިގެން ރ.ނަޝީދުއަށް މިހާތަނަށް ދިމާވި ހުރިހާ މައްސަލައެއް ދިމާވެފަހުރީ،ރ.ނަޝީދު ދިރި ދުނިޔޭގައި ހުންނެވިހާދުވަހަކު އެބޭފުޅާގެ ސިޔާސީ ހަރަކާތް ނުނިމޭނެ،ރ.ނަޝީދަކީ ޕްރިންސިޕަލްތަކެއްގެ ސިޔާސީގޮތުން ރަނަގަޅަށް ދެފުށް ފިހެވިފަ ހުންނެވި މިޖީލުގެ ބޮޑުތަކުރުފާނު......އަރުމާޒުކޮޅުގައި ދަތުރުކުރެއްވި ހުދުގަނޑުވަރުގައި ޑަމީ ރަސްކަންކުރި "ސީދީ"ގެ ޗިލީސޯސް ޓޯޗަރ ތަކުން ދިވެހި އިލްމުވެރިން މިނިވަންކޮށްދެއްވި ދިވެހިންނަށް ހަމައިސްކޮޅަށް ތެދުވެ ހަށިފުރާ މިނިވަންކަމުގެ ނޭވާލެވޭނެ ވެއްޓެއް ހޯއްދަވަިދެއްވުމަށް ޖާނާއިމާލުން ފިދާވި ހިތްތަކުގެ ރައީސް......

    2
    2
  13. ޖުހާ

    ބަލިގަބޫލު ކުރާނެ ހާ ހިއްވަރެއް ނުހުއްނާނެ

  14. ކިނބޫ

    ކެރަފާ ނަޝީދުގެ ސިޔާސީ ހަޔާތް ނިމި ރޮނުން ގެޔައްް.................ވަރަށް އުފާވެރި ދުވަހެއް...އޭނާ ދެން ރާއްޖޭގެ ސިޔާސީ ދާއިރާއަށް އަޔަނުދެއްވާނދޭވެ.!!!

  15. އިންތިޒާރު

    މާދަމާ އިރުއަރައި އަލިވަންދެން އިންތިޒާރުކުރަން އެބަޖެހޭ. ކުރިން އިސްތިއުފާ ދީފައި ގެޔަށް ގޮސްފައި އަނެއް ދުވަހު މުޅި ރާއްޖެއަށް އައި ބިރުވެރި ކަންތައްގަނޑުގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ހިތެއް އޮތް އިންސާނެއް ވިއްޔާ ދެރަވެ ރޮއި ހަދާނެ.

  16. Anonymous

    ހުސް ގޭމް މީހުން ވާނުވާގައި ބައިތިއްބަން ކުރާމަސައްކަތް.! އަބަދަކު އެއްމެނެއް އޮޅުވައިނުލެވޭނެ. ކަލޭމެން އެންމެްންވެގެން ޖައްސާގޭމް.

  17. ވިސްނާ

    ބަލިގަބޫލްނުކުރުން އެއީ ވަރަށްގިނައިންދިމާވާކަމެއް ފުޓްބޯޅަމެޗެއްގައި ބަލިވެއްޖެނަމަ ރެފްރީ
    ގޯސްވާނެ، މަސްނުބޭވިއްޖެނަމަ ކަނޑުގޯސްވުން މިއީ ޢާމުކޮށްކުރާކަމެއް ނަމަވެސް މޮޅުވާނީ ކޮންވެސް އެއްފަރާތެއް ދެފަރާތެއްމޮޅެއްނުވާނެ މީގެރަގަޅުގޮތަކީ ބަލިވީމައި ބަލިގަބޫލްކުރުން
    ބަލިގަބޫލްނުކޮށް ހަމަނުޖެހުންއުފައްދާ ހަމަޖެހުން ނަގާލައިފިނަމަ ކަމާނުބެހޭފަރާތްތަކަށްވެސް
    ދެރަ ބަލިގަބޫލްނުކުރެވޭ އެހެންސަބަބެއްވެސް އޮވެދާނެއެއީ ކަންކުރަންއޮންނަގޮތްނޫންގޮތަށް
    ސިއްރުކަމެއްހިގުން ( ވޯޓްއޮޅުވާލުން ) ބެލެވެނީ މިކަމަށްޝައްކުކުރެވޭނީ ކުރިންމިފަދަކަމެއް
    ތަޖުރިބާކޮށްފައިވާ ފަރާތަކަށޭ ވީމާ، ކުރިންހިންގިކަންތަށް ގޯސްނުވެ ފަހުންހިނގާ އެއްބާވަތުގެ
    ކަމެއްގޯސްވާނެތޯ ގޯސްކަމެއް ކުރިންކުރިއަސް، ފަހުންކުރިއަސްގޯސްވާނެ

  18. ބަލާތި

    ވަގުވޯޓް އިންނޭ ރައީސް އިބޫ ހޮވުނު ކަމަށް ސަރުކާރުގައި ބޮޑަށް ތިބި ވަގުން އެކަން ކޮށްގެން އުޅެނީ މަމެން ގަބޫލު ނުކުރާނަމޭ ވޯޓް އިން ވައްކަން ކޮށްގެން ހުރި މީހެއްގެ ފަހަތަށް އަރަން އަންނި ވަކިން ޕާރޓީއެއް ހަދަން ފަށަންވީ ވަގުތު ފާއިތު ނުވަނީސް އެއިރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާރޓީ އަށް ވާނީ އަންނި ޕާރޓީ ކަން މަމެންނަށް ޔަގީނޭ