އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ޕާޓީ އެމްޓީޑީން، އެމަނިކުފާނަށް މަރުހަބާ ކިޔައިފިއެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކޮށްފައިވާކަން މިހާތަނަށް ލިބިފައި ހުރި ނަތީޖާތަކުން ވަނީ ކަށަވަރު ވެފައެވެ.

މިހާތަނަކަށް ކަށަވަރު ކުރެވުނު ނަތީޖާތަކަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދަށް އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތެއް ނެތެވެ.

ނަތީޖާތަކަށް ބަލާއިރު ރައީސް ސޯލިހް އުޅުއްވަނީ %11 ތަފާތަކުން ނަޝީދަށް ވުރެ ކުރީގައެވެ. މިހާރު ނަތީޖާ ސާފު ނުވަނީ 85 ފޮށީގައެވެ.

މި ކާމިޔާބާއި ގުޅިގެން ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެ، އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނީ، ރައީސް ސާލިހު ދިވެހި ރާއްޖެއަށް ގެނެސްދެއްވި ހަމަޖެހުމާއި، ސުލްހަ މަސަލަސްކަމާއި އަދި ކޮވިޑް-19ގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކޮށް ދެއްވި ހިކުމަތްތެރިކަން ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.

އެމްޓީޑީން ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވިއިރު، ސިޔާސީ އެކި ފަރާތްތަކުންވެސް އެމަނިކުފާނަށް ދަނީ މަރުހަބާ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހުޒާމް ނަޢީމް

    އެމް.ޓީ.ޑީ(މަސައްކަތުން ތިޖޫރީ ދޮވެލާ ޑީލަރުން މިކިޔަނީ ކީކޭ...ސްޓީލިންގ ޕެރެޑައިސް ހަނދުމަ ނެތުނީބާ!

    19
  2. ހަސަންބެ

    އަދިބަކީ ނަށީދުގެ ކިލާ ވާއަތް.

    12
    1
  3. ޢަޒްރާ

    މޯލްޑިވުސް ތިޖޫރީ ދޮވެލި ޕާޓީ އމްޓީޑީ

    22
  4. ރަން ރީނދޫ

    ވަގުން ވަގުންނަށް މަރުޙަބާ ކިޔައިފި.

    27
  5. މިޖީބު

    މީވެސް ކޯލިޝަންގެ ބައިވެރިއެއްބާ!
    މުސްކުޅިންބުނެއުޅޭ ހަރުބަހެއް ލަނޑަޔާވާނީ ލަނޑަޔާއޭ

    15
  6. މަހޯލި

    އެހެންވީމަ ސޯލިބޭ ހޮވުނީ އެމްޓީދީ އުވާ ނުލާމަތިން އެމްއެމް ޕީއާރުސީގެ އެއްވެސް މައްސަލައެއް ނުބަލާމަތިން

    18
    • މުލާ

      މައްސަލަ ނުބަލާނެ.މިސަރުކާރުގެ ވަގުން މައްސަލަވެސް ބަލަން ޖެހޭ އަދި.

  7. ޥަގުން

    ވަގުން ވަގުންނަށް މަރުހަބާކިޔާނެ ކަޅުދަބަހުގެ ހަނދާން ނުނެތޭ ހަނދާން،

  8. މޫސަ

    މަރުހަބާ ކިޔާމީހެއް ދޯ ތީ ސޯލިހު ބުނަށްހޭ ވާހަކައެއް،ޔާމިނު ދޫކުރޭ

  9. މުޙައްމަދު

    ޚިޔާނާތުގެ ބޮޑު މީހާ ޕާޓީ ހަދައިގެން ގައުމުތެރޭ. ކިހާ އިންސާފުވެރި. އިބޫއަށް ގައުމުނހިންގޭނެ އަދި މިވަރުން ދާނަމަ ރިޔާސީ އިންތިޚާބުވެސް ވަރަށް ފަސޭހައިން ކާމިޔާބު ވާނެ.