އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ކަންބޮޑުވެ، ހިތާމަ ކުރާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ބައެއް ވޯޓު ފޮށި ކައިރީގައި ހިނގި ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ހިއްސާ ކުރައްވައެވެ.

ވީޑިއޯތައް ހިއްސާ ކުރައްވަމުން ޝިޔާމް ވިދާޅުވީ، ޑިމޮކްރަސީ އުތުރި އަރަނީ ކަމަށާއި 17 އަހަރު އެމްޑީޕީ ކުރި ދަތުރުން ދަސްވީ މިންވަރަކީ މިއީ ކަމަށްވާނަމަ އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ.

"އެމްޑީޕީގެ މުސްތަގު ބަލާ ދޭތެރޭ ކަންބޮޑުވެ، ހިތާމަ ކުރަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މި ގައުމު ހަމަ މަގަށް ދެން ވެސް އެޅުވޭނެ ސިޔާސީ ފިކުރަނީ ޕީޕީއެމް ކަމަށާއި އެލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

މިއަދު ބޭއްވި އިންތިހާބުގައި ބައެއް ރަށްރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް އޮޅުވާލައިގެން ވޯޓުލާ ކަމަށް ބުނެ ރައީސް ނަޝީދާއި ސޯލިހަށް ތާއީދު ކުރާ ފަރާތްތަކާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައެވެ. މިހަމަ ނުޖެހުމުގެ ތެރޭގައި ބައެއް ވޯޓު ފޮށިތައް ފަޅާލައި، އޮފިޝަލުންގެ ގޮތުގައި ތިބި ބައެއް މީހުންނަށް ވަނީ ހަމަލާ ވެސް ދީފައެވެ.

މިއިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިފައިވަނީ 24،384 ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބިފައިވަނީ 15،487 ވޯޓެވެ.

ވޯޓުގެ ނަތީޖާ އައި ގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ވަނީ ވޯޓުގައި ބޮޑު އޮޅުވާލުމަށް އޮޅުވާލާފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    އެހެންމީހުންގެ ވާހަކަ ނުދައްކާ ތިމާމެންގެ ޕާޓީ ވިއްސިވިހާލިވެ ދާތީ، އެކަމާ އުޅެންވީނުން.

    މިއަދު އެއްބަޔަކު އުޅުނުގޮތުން (ޕޕމ) ހީވަނީ އެމީހުންގެ ވޯޓެއް ނަގާހެން. ވާނުވާބެލުމުގައި މުޅިދުވަސް. ލޮލް

    16
    2
  2. Anonymous

    ޕޕމ އެޖެންޓުން ފޮނުވައިގެން ކުރުވި ކަންކަން. ބޭނުންވާ ފޮޓޯ ލިބިއްޖެ. ދެން ތިޕާޓީގެ ކަންކަމާ އުޅޭނެވަގުތެއް ހޯދަބަލަ. ވަގަކު ސަލާމަތްކުރަން މުޅި 5 އަހަރު ތި ހުސްކޮށްލަނީ. ދެން އޮންނާނީ ވަގުތު ފާއިތުވެފަ

    15
    4
  3. ތައްޓޭ

    ޝިޔާމް ޑިމޮކްރެސީގައި އެމްޑީޕީން ދެއްކި އެއްވެސް ކަމެއް ކ މެންގެ ޕީޕީ އަކުން ނުފެންނާނެ ތިޔައީ ވާލްޑު ބެސްޓް ކޮރޮޕްޝަންޕާޓީ ....

    12
    4
  4. ޒުރާރު

    ކަލޭ ކޮންވާހަކައެއް ދައްކާކަށް ކަލޭ ތިޔަ ދުވަނީ ކޯޓަކުން ވައްކަން ކުރިކަމަށް ސާބިތުވެގެން ޖަލަށް ލާފައި ހުރި ގައިދީއަކު ސަލާމަތް ކުރަން އޭނާގެ ފަހަތުން ހަރާމް ހުކުމެކޭ ގޮވަމުން މިހާރު މަށަށް ސައްކުވާ ހިސާބަށް ގޮއްސި އަނެއްކާ ޖަލުގައި ތިބި އެހެން ގައިދީންނަށް އިއްވީ ހަލާލު ހުކުމެއް ކަމާއި މެދު ސުވާލު އުފެދިއްޖެ

    11
    4
  5. Anonymous

    އަދި ކަލޭމެންވެސް އަދި ހިފައިގަންނާނެ.. ރިޔާސީ ޓިކެޓް ހޯދަން

    11
    3
  6. މުހޯ

    މާތާހިރު އެހެންމީހުގެ ކަންތައްތަކާ ބެހުމައްވުރެ ތިމާ ނިސްބަތްވާ ޕާޓީން ހިންގާ ވައްކަމުގެ ކަންތަކާ ދޭރޭވިސްނައި އަމިއްލަ ނަފްސުތައް އިސްލާހުވިއްޔާ

  7. ރަހަ ތަފާތު އިބުރާ

    ވައްކަމުގައި 1 ވަނަ ޕާޓީ! މި އަދު ވެސް ވަގަށް ނެގި ވީޑިއޯ ހިއްސާ ކުރުމަށް ފަހު މި މީހުންގެ ވަގު ކަލޭގެ ވާހަކަ ދައްކާއިގެން މީނާ އެހުރީ ޕްރައުޑު ވެގެން

  8. އަހުޒާމް ނަޢީމް

    ޢެމް.ޑީ.ޕީ އަށް މިވަނީ ދިއްގަރު ރިހާކުރަށް ވީކަހަލަ ގޮތެއް،އެއްޒަމާނެއްގަ އެރިހާކުރު އެއީ ސުފުރާތަކުގެ ރަސްގެފާނު އެއާއި ނުލާ ކާކެއުމެއް ކެއުމަކަށް ނުވޭ،އެކަމަކު އެއީ އޭރު،މިހާރު ދިއްގަރު ރިހާކުރޭ ބުންޏަސް ދަންނަ މީހަކުވެސް ނުހުރޭ.ހަމަމިގޮތަށް އެމް.ޑީ.ޕީ އަކީ ދިވެހިންގެ ސިޔާސީ ކުރިބޯށިކަމަށް ވިޔަސް މިހާރުއެއީ ފީކަޅާ އިމްޕޯޓެޑް އަދި މުއްދަތު ހަމަވެފައިވާ އިންގްރެޑިއެންޓް އެއްކޮށް ގަޑުބަޑު ކުރުމުގެ ސަބަބުން ޖަގްލަރީ ގަނޑަކަށް ބަދަލު ވެފައިވާ"އަލް-ފަކާ"ފޮތިކޮޅެއް........މިހެންމިކަން ހިނގާދިޔައީ ކޮންމެވެސް "ބޮލެއްގެ"ހިކްމަތްތެރި ރޭވުންފުޅެއްގެ ދަށުން،ބައެއް ސިޔާސީ ފައިލަސޫފުން ވިދާޅުވަނީ އެއީ މިނިކާ މިބަހުގެ އެކޮޅުކޮޅުން ނެގޭ ބަހުގެ މެހެފިލެއްގައި އުޅުނު ގޮޅާބޮލެއްގެ ސަބަބުންކަމަށް

    2
    2
  9. ޕިސްޕިސް

    އޭ ކަލޭމެން އަދީގަ ތިބެގެން ހިންގި ކަންތަށްތަށް ތީ . . ޕުއް

  10. އަލްޖިބްރާ

    ކަލޭ ކިތަންމެ ކަންބޮޑުވިއަސް ކަލެއަކަށް ކުރެވޭނެ ކަމެއް މިއަދަކު ނެތް ! ކަންބޮޑުވަނީ ޔާމީނު ޖަލުގައި އޮވެގެންތަ ؟ އޭނާ އޮންނާނީ ޖަލުގަ ! ޔާމީނު ޖަލަށް ފޮނުވީވެސް ކަލޭމެން އަޑިގައި ތިބެގެން !

  11. Anonymous

    ބިރު ގަތީތޯ، ފިތުނަ އުފައްދާ ބައެއް، ނަޝީދުއަށް ވުރެ ބޮޑަށް އެންޓި ކެމްޕެއިން ޖެއްސީ ޕީޕީއެމް އިން. މުޅި ދުވަހު ޖަގަހައިގައި ރައީސް ސޯލިހަށް ޖެއްސުންކޮށް ލަވަޖެހި. އުއްމީދު ކުރަން މިހާރު އެގޭނެކަމަށް، ތިހެން ޖަހާލާހާ ބެރަކަށް ދިވެހިން ނުނަށާނެކަން