ހދ. ނޮޅިވަރަމްގައި ފުޓްބޯޅަ ދަނޑު އެޅުމަށް ގެނެސްފައި ހުރި ޓާފްތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފިއެވެ.

އެ ޓާފްތަކުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެސް ބަޔަކު ވަނީ ރޯކޮށްލައިފައެވެ. އެކަމަކު، އަލިފާން ގަނޑު ފެތުރުމުގެ ކުރިން އަލިފާން ގަނޑު ނިއްވާލާފައިވާ ކަމަށްވެއެވެ. ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އޭގެ ފަހުން، މިއަދު ޓާފްގައި ރޯކޮށްލުމާ ގުޅިގެން އޭގެ ބޮޑު ބައެއް އަނދާފައިވާ ކަމަށެވެ.

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށަކީ ނޮޅިވަރަމެވެ. ދެހާސް އަށްސަތޭކަ މީހުންގެ އާބާދީއެއް ނޮޅިވަރަމުގައި އޮތަސް، އެ ރަށު ރައްޔިތުން ކުޅެލާނެ ފުޓްބޯޅަ ދަނޑެއް ނެތުމުން ޒުވާނުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އެ ރަށު މީހުން ބުނާ ގޮތުން ނަމަ، ރަށުގައި ފުޓްބޯޅަ ދަނޑުގައި ނުކުޅެވޭތާ ވެސް މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. ފުޓްބޯޅަ ދަނޑު ހެދުމަށް ބޭނުންވާ ކާޕެޓްތައް ގެނައި ގޮތަށް ހުރީ "އުކާލާފަ"އެވެ. އެ ކާޕެޓްތައް ހުރީ ވީރާނާ ވާން ދޫކޮށްލާފައި ކަމަށް އެ ރަށު މީހުން ބުނެފައިވެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، މީގެކުރިން ވިދާޅުވެފައި ވަނީ ޓާފްތަކުގައި ރޯކޮށްލާފައި ވަނީ ޓާފް އެޅުމަށް ތިން ދުވަހަށް ވީ ތަނާ ކަމަށެވެ. އަދި އެ އަމަލު އޭނާ ވަނީ ކުށްވެރި ކުރައްވައިފައެވެ.

ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލު ކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯ ސިޓީއެވެ. ސަބް ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާ ގުޅުން އޮންނަ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދާއޫދް އިބްރާހިމް

    މަހޭ ކޮބާ ތަ ؟ ކޮންމެވެސް ކޮހެއް ގޮވާލަން ވާނު.. މިފަހަރު ޓާފް އަޅަ އަޅަ ހުއްޓަ ވިޔަ އެ ރޯކޮއްލީ..

    5
    3
  2. ހާލުފޮޅި

    ތިވަރުން ދަނޑު އަޅައިދޭނެ ކަމެއް ނެތް..

    9
    1
  3. ކަލޯ

    ހިތުން ވ މޮޅު ކަމެއް ތި ކުރާ ބަޔަކު ތި ކުރަނީ

    4
    1
  4. ޕަކާސް

    ހާދަ ގަމާރު ނާތަހުޒީބު ބަޔަކު އުލޭ ރަށެކޭ

    5
    1
  5. ހުސޭނުބޭ

    އަހަރެންނަށް ޔަޤީންކުރެވެނީ ދަންޑުހެދުމަށް ގެނައި ޓާފްތަކެއްކަމުގައި ވާނަމަ މިހާރު ދަނޑު ހަދާފީސް. ތިއީ ކޮންމެވެސް އެހެން ބޭނުމަކަށް ގެނެސްފައި ހުރި އެއްޗެހިތަކެއްކަމަށް ވެދާނެ.