ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އޮފީހަށް ވަޑައިނުގަންނަވާތާ އެތައް ދުވަހެއްވެއްޖެ ކަން އެނގިއްޖެއެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އޮތް އިރު، ޝިފާޒަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވެސް ޝިފާޒް ތާއީދު ކުރެއްވީ ނަޝީދަށެވެ. އެނގިފައިވާ ގޮތުގައި ނަޝީދުގެ ކެމްޕެއިން ފެއްޓެވީއްސުރެ، އޭނާ އޮފީހަށް ވަޑައިނުގަންނަވައެވެ.
އޭގެ ފަހުން މިހާރު، މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޝިފާޒް އޮފީހަށް ނުނިކުންނަވާތާ ދެ މަސްވެފައިވާ ކަމުގެ އަޑު ފެތުރިފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައެވެ.
"އަޅުގަނޑު ޖެހޭނީ ޝިފާޒާ ބެހޭ ގޮތުން ކުރެއްވި ސުވާލުގައި ބަލާލަން ޖެހޭނީ" މިއުވާން ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން މިއުވާން އިތުރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އިންތިހާބުން ރައީސް ނަޝީދު ބަލިވެވަޑައިގެންނެވި އިރު ރައީސް ނަޝީދު މިހާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުން ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅުއްވައިފައެވެ.
މިއީ މައުމޫނުގެ ވެރިކަމުގައި ބޭކާރުހަރަދުބޮޑޭ ތީމުގޭގައޭ މައުމޫނު އުޅެނީ 3 ބާރު މައުމޫނުގެ އަތުގަޔޭ ބޭސްސިޓިއަށް ސަލާންޖަހަނީޔޭ، ވޯޓުގަންނަނީޔޭ ބުނެ ޑިމޮކްރަޓިކްގެ ނަންބޭނުންކޮށް އުޅުނު ބައިގަނޑުގެހާލެވެ.
ވެބްކެމް މާސްޓަރު ލޮލް
މުސާރަ ޙަލާލުތޯ
އެއްފަހަރަކު މައުމޫނު ވެސް ވިދާޅުވި، ޑިމޮކްރަޓިކް ރިޕަބްލިކް ކިޔަކަސް އަދި ޑިމޮކްރަޓިކަށްވާކަށް ނުޖެހޭނެއޭ!
ނަމަނަމަ މުސާރައިން އެންމެ ލޯލާރިފޮއްޗެއް ވަރުވެސް މަދުނުކުރާތި، މިދުވަސްވަރު އުޅުއްވާނީ މީހުންނަށް ދަރިންބަލާދެން ތޯއްޗެއް.
ވެބްކެމްކީ ކަހާނީ 2 ކުޅޭތީ ނެތް ވަޒީފާއަށް ނުކުމެވޭކަށް.
ޝިފާޒު މިވަގުތު ގޭގައި އިންނަވަނީ ވެބްކެމް ފިލްމުގެ ހަރަކާތެއްގައި
ސަރުކާރުގެ ތެރޭއިން އަލަންގިރި ކުޅިވަރާއި ދެންގޮސް 24 ގަޑިއިރު ހަމައިގައި ތިބެން ނުޖެހޭ އުސޫލު ގަބޫލުކޮއް އެޔަށް އަމަލުކުރާ އެންމެން ސަރުކާރުން ބޭރު ކުރަންވީ. ހަމަހޭގައި 24 ގަޑި އިރު ތިބުމުގެއިތުރަށް އިސްލާމްދީނަށް ލޯބިކުރާ އެދީންމަތީ ތިބޭ އަދި ތައުލީމީފެންވަރާއި އަދަބު އަޚްލާގު ރަނގަޅު ޒުވާނުންނަށް ފުރުސަތުދީ ވިޔާނުދާ އަމަލާއި ބަހުގެ ތެރެއަށް ޢަރަގުވެފަ ތިބި ހަރާމް ހަލާލު ގަބޫލު ނުކުރާ ބޮލުރޮދިންގެ ކިބައިން ސަރުކާރުގެ އިދާރާތަކާއި ރައީސްއޮފީސް ސަލާމަތްކޮއް ތާހިރު ކުރާނެ ވެރިޔަކު މިގައުމަށް މިއަދު ނުހަނު މުހިންމެވެ.
މިއީ ރައްޔިތުންގެ ހަޒާނާ ލޫޓުވުން ބަރާބަރަށް މުސާރަ ނަގާ ، މިއީ ސޯލިހު ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުން ، މީނަ އޮފީހަށް ނުގޮސް މުސާރަ ނަގައިގެން އަނބި ދަރިންނަށް މިކާންދެނީ އަލިފާނެއްނޫންތަ ؟
ބަރާބަރަށް މުސާރަ ނަގާ
މި މީހުންނަކީ މުސާރަ ހަލާލުތޯ ނަހަލާލުތޯ ބަލާނެ ބައެއް ނޫން. އެއަށްވުރެ ހަރާމްޖާދާ ވާނެ. އޯކޭއެއްނު ރައްޔިތުންގެ ޓެކުހުން ނަހަލާލު މުސާރަނަގައިގެން ވެބްކެމް އަޅުވައިގެން ގޭގައި އޮތީމަ ނިމުނީނު.
ވެބް ކެމް . މުހޮއް ބަތު .އަންނަނީ. އޮލިމްޕަހަށް ، އޮލމްޕަސް އަލަށް ހުޅުވީމާ ފިލްމު އަޅުވަން ވެގެން ނުދަނީ އޮފީހަށް، ޓިކެޓް 2/-