އެމްޑީޕީގެ ކޮންގްރެސްގައި ގޮފިތަކުގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެ މައްސަލަ މިއަދު ހޫނުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި ގަވައިދާ ހިލާފަށް ގިނަ ގޮފިތައް ހަދައިގެން ކޮންގްރެސް އަށް އައިކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. ގޮފީގެ ގަވައިދު އޮންނަ ގޮތް އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އެހެން ވިދާޅުވުމާ ގުޅިގެން ސޯޝަލް ސެންޓަރުގައި ތިބި ކޮންގްރެސްގެ ބައިވެރިވެވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ އަޑު ގަދަކޮށްފައެވެ. އަދި ނަޝީދުގެ ވާހަކަފުޅު ހުއްޓުވަން މަސައްކަތް ކުރިއެވެ. ބައެއް މެމްބަރުން ވަނީ އަތުގެ އިޝާރާތުން ތި ހަދަނީ ދޮގެއް ކަމަށް ބުނެ ނަޝީދަށް ރައްދު ދީފައެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިޔަކު އަޑު ގަދަ ކުރަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

"ހައްސާސް ނޫން ކަމެއް ކޮންގްރެސްގައި ނެތް"

ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ކޮންގްރެސްގައި އަޑުގަދަ ކުރަން ފެއްޓުމުން ރިޔާސަތުން ވަނީ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަށް އަޑު މަޑު ކުރެއްވުމަށް ހުރިހާ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ނަޝީދުގެ ވާހަކަފުޅު ކުރިއަށް ގެންދަން ފުރުސަތު ދިނުމަށް ރިޔާސަތުން އެދުނެވެ.

ރާއްޖޭގެ ރައީސް ކަން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރެއްވި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހުރިހާ މެމްބަރުންނަކީ ވެސް ޕާޓީގެ ރޫހުގައި ތިބި މެމްބަރުން ކަމަށެވެ. މި ހުރިހާ މެމްބަރުންނާ އެކީގައި މި މަސައްކަތް ހިންގޭ ގޮތް ހަދަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ހަމައެއާ އެކީގައި އަޅުގަނޑުމެންނަށް ވިސްނެން ޖެހޭނެ، ކޮންގްރެސްގައި އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުންތަކާއި ނިންމާ ނިންމުންތަކަކީ އަޅުގަނޑުމެންގެ ތެރޭގައި އެއް ހަމަ ކުރެވިގެން، އެއްގޮތް ކުރެވިގެން މިތަނުގައި ގެނެވޭ ނިންމުންތަކަށް ވުމަށް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ހައްސާސް ނޫން އެއްވެސް ކަމެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މެމްބަރުންގެ ޖަޒުބާތުތައް އަބަދުވެސް އުފުލިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގެ ގޮފިތަކުން މާލެ ވަޑައިގެންނެވި މެމްބަރުން ވަނީ އެމަނިކުފާނަށް ރައްދު ދެއްވައިފައެވެ. އަދި ގަވައިދާ ހިލާފު އެއްވެސް ގޮތްޕެއް އުފައްދައިގެން ކޮންގްރެސްގައި ބައިވެރިކޮށްފައި ނުވާނެ ކަމަށް ވެސް ނަޝީދަށް ރައްދު ދެއްވި މެމްބަރުން ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ނިންމާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ކޮންގްރެސްމަނުންގެ ގޮތުގައި ގޮފިތަކުގެ ރައީސުންނާއި ނައިބު ރައީސުންނަށް ބައިވެރިނުވެވޭ ފަދަ އިސްލާހެއް ހިމެނެއެވެ. އިސްލާހުގައިވާ ގޮތުން ދާއިރާތަކުގެ މެދުގައި ކޮންގްރެސްމަނެއް އިންތިހާބު ކުރުން ހިމެނެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ކޮންގްރެސް ސެޝަންގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު މުހައްމަދު

އެ އިސްލާހު އެގޮތަށް އޮތުމުން, އެމްޑީޕީގެ އެންމެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ގޮފިތަކުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތަކާ މެދު ކޮންގްރެސްގައި މަޝްވަރާ ކުރުމަށް އެދިވަޑައިގެންފައެވެ.

ކޮންގްރެސް ރައީސުންގެ ސައްހަ ކަމާ މެދު ޝިފާޒް ސުވާލު އުފެއްދެވި!

މި ބަހުސް އެންމެ ފުރަތަމަ ފެށިފައި ވަނީ އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ޝިފާޒް ވިދާޅުވީ ގޮފިތަކުގެ ރައީސުންގެ ގޮތުގައި މިއަދާ ހަމައަށް ވެސް އެއްވެސް މަސައްކަތެއް ނުކުރާ ގޮފިތަކުގެ ރައީސުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ގޮފިތަކުގެ ރައީސުން ހަރަކާތްތެރި ނުވާ އިރު، އެންމެ ގިނަ އިން ކޮންގްރެސް ތަމްސީލް ކުރައްވަނީ އެ ގޮފިތަކުގެ ރައީސުން ކަމަށް ޝިފާޒް ވިދާޅުވިއެވެ. މިފަހަރުގެ ކޮންގްރެސްގައި ބައިވެރިވި ގިނަ މެމްބަރުންނަކީ ދާއިރާގައި ރައީސުންގެ އިންތިހާބެއް ނުބާއްވާ ވަޑައިގެން ތިއްބެވި ރައީސުން ކަމަށް ވިދާޅުވިއެވެ.

"އެކަމުގައި ސެކްރެޓޭރިއަޓަށް ވެސް ކުރެވޭނެ ކަމެއް ނޯވޭ،" ޝިފާޒް ވިދާޅުވިއެވެ.

ނަޝީދު އާ އެންމެ އަރިސް އަދި އެމަނިކުފާނުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ޝިފާޒް ވިދާޅުވީ މިކަންކަމުން އަރައިގަނެވޭނެ ގޮތެއް ކޮންގްރެސް ނިމުމުގެ ކުރިން ހަމަޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޝިފާޒްގެ ވާހަކަތަކަށް ރައްދު ދެއްވައި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވީ ގޮފިތަކުގެ ރައީސުން ކޮންގްރެސްގައި ބައިވެރި ނުކުރަން ގެންނަން އުޅޭ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށެވެ.

އަދި ގޮފިތަކުގެ ރައީސުންނަށް އިޝާރާތް ކުރައްވައި ޝިފާޒް ކުޑައީމީސް ބަސް ރައްދު ކުރައްވައި އެއީ ސައްހަ ނޫން ބައެއް ކަމަށް ވިދާޅުވުމުން އެކަމާ ދެކޮޅު ހަދައި އިހްތިޖާޖް ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފްގެ މި ވާހަކަތަކާ ގުޅިގެން ކޮންގްރެސްގެ ބައިވެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނެވެ.

އަދި މެމްބަރުން ވަނީ "ސާބަހޭ ޝަރީފް" މިހެން ބުނެ، ޝަރީފަށް ތައުރީފް ވެސް ކޮށްފައެވެ.

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ކޮންގްރެސް. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

"މި ކޮންގްރެސްގެ ސައްހަ ކަމާ މެދުގައި ސުވާލު އުފައްދާ އުފެއްދުމަކީ ޕާޓީގެ އިސްވެރިން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ރަށެއްގައި އޮންނަ އެންމެ މުހިންމު ގުނަވަނަކީ ޕާޓީގެ ގޮތްޕެވެ. އެމްޑީޕީ މިހާ ހިސާބަށް އައިސްފައި މިއޮތީ ގޮފިތަކުގެ ސަބަބުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަން ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި ޝިފާޒަށް އޮޅިވަޑައިގަތުމަކީ ކުށްވެރި ކުރައްވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ކޮންގްރެސް. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ކޮންގްރެސްގައި ބައިވެރިވާ މެމްބަރުންގެ ގާނޫނީ ހައިސިއްޔަތާ މެދުގައި ސުވާލު އުފައްދަވައިގެން ވާހަކަ ދެއްކުމަކީ ވެސް ކުށްވެރި ކުރައްވާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮންގްރެސްގައި ވާހަކަ ދެއްކެވި އެހެން ބޭފުޅަކު ވިދާޅުވީ ސިމެންތި ގަށާ މެޝިނާއި ވަޅު ފަދަ ތަކެއްޗަށް ވޯޓު އަޅައިގެން ބޭއްވި އިންތިހާބުގެ ވެސް ސުވާލު އުފެދޭ ކަމަށް ބުނެފައެވެ. އޭނާ އިޝާރާތް ކުރީ 2018 ވަނަ އަހަރު ނަޝީދަށް ރިޔާސީ ޓިކެޓު ދޭން ވެގެން އެމްޑީޕީން ބޭއްވި ޕްރައިމަރީއަށެވެ.

އެ ޕްރައިމަރީ ބާއްވަން ފުލުހުން ވަނީ ފުރުސަތު ދީފައެއް ނުވެއެވެ. އެމްޑީޕީގެ އޮފީހާއި އެހެނިހެން ތަންތަނާއި ރަށްރަށުގައި ބެހެއްޓި ވޯޓު ފޮށިތައް ފުލުހުން އޭރު ނަގައިގަނެގެން ގެންދިޔައެވެ. އެހެންވެ، އެމްޑީޕީން ނިންމީ ސިމެންތި ގަށާ މެޝިނާއި ވަޅު، ޑަބިޔާ ފަދަ އެއްޗިއްސަށް ވޯޓު އަޅައިގެން އިންތިހާބު ކުރިއަށް ގެންދާށެވެ.

އައްޑޫ ސިޓީ ގޮތްޕަކަށް ނިސްބަތްވާ އަންހެނަކު ނަޝީދަށް ރައްދު ދީ ބުނީ ޕާޓީގެ ރައީސަށް ވެސް މަގާމަށް އާދެވެނީ ގޮފިތަކުން ވޯޓުލައި, ގޮފިތަކުން ކުރާ މަަސައްކަތްތަކުގެ ސަބަބުންނެވެ. އެހެންވެ, ގޮފިތަކުގެ މައްޗަށް ތުހުމަތުކޮށް, އެމީހުން ބާކީ ކުރަން އުޅޭ އުޅުމަށް ފުރުސަތު ނުދެވޭނެ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. Anonymous

    ނަޝީދު ބޭޏުންވާ ކަމެއް ކުރުމަކީ ޕާރޓީގެ ތެރޭގައި ވަރަށް ބޮޑަށް ކާމިޔާބު ވެފައިވާ ކަމެކެވެ. އޭނާގެ މަކަރުން ޑރ. ވަހީދު، އިބްރާ، ޑރ. މުނައްވަރު، ޑރ. ޑީ.ޑީ، އަލްހާން ފަހުމީ ވެސް

    32
  2. ސާޑޫ

    ތިއޮތް އަތައްގޮވަނީ..

    33
  3. ޖާނޭ

    އޭނާ ބޭނުން ކަމެއް ކުރުމުގައި މިހާތަނަށް ކާމިޔާބު ހޯދާފައިވާ މީހަކަށް ވާތީވެ، މިފަހަރުވެސް އެކަން ކުރަނީއެވެ. މީގެ ކުރިން ޕާރޓީގެ ރައީސުންގެ ގޮތުގައި ތިއްބެވި އިބްރާ، ޑރ.ވަޙީދު، ޑރ.މުނައްވަރު.ޑރ.ޑީ.ޑީ އަދި އަލްހާންވެސް ބޭރުކުރީ މަކަރުންނެވެ. ކޮންގްރެސް ފަނި ކުރުމުގެ ގޮތުން އީވާ އާއި އަންނި ވަނީ ދަބަހަކަށް ދިޔާ އެއްޗެތި އުފުލާ ބޮޑު ގުޅަ ގްލޯރީއާ ބައްދަލު ކޮށްފައެވެ. މިފަހަރުވެސް ކިތައްމެ ޗައްކަރެއް ޖަހާނެއވެ.

    24
  4. ނާޖާއިޒު ފައިދާ

    ގިނަ މެންބަރުން ޞައްޙައެއްވެސް ނުވާނެ. ގިނަ ކައުންސިލަރުން އައިސް ތިބީ ކައުންސިލް ދަތުރެކޭ ކިޔާފަ، 1 ނޫނީ 2 ދުވަސް ކުރިން ކައުންސިލް ޚަރަދުގަ ސީދާ ކޮންގްރެސް އަށް.

    27
  5. މަބޭ

    ތިޔަކޮންގްރެސް ބައިވެރިން ރުއްސުމައްޓަކާ ކައުންސިލްތަކުންނާއި މިނިސްޓްރީތަކުން ހިންގާފަވާބޮޑެތި ކޮރަޕްސަންގެ އަމަލުތައް އެއީނުވާ ކަންކަމުގަ އެލްޖީއޭއިންނާ ޕީޖީއަދި އެންޓިކޮރަޕްސަން ކޮމިސަނުންވެސް ނިންމައިފި މިހާވަރަކައް އިންސާފުވެރިވާނީ

    24
  6. ތިރިބެ

    ތަކަންދޫ ތިބީ ގޮފިތަކާނުވެސް ބެހޭބައެއް

    21
    2
  7. އޮއް

    ކެނެރީ ޕާޓީ އެއް ނޫނޭ މިއަކީ

    19
    1
  8. ބޯ

    🤣🤣🤣🤣🤣🤣

  9. ދ.މީހާ

    ނަޝީދުގެ ވާހަކަ ރަގަޅު! ދ. ވެސް ދިޔައީ ގޮފިތަކުން އިންތިޚާބުވެފައިތިބި ރައީސުންނެއްނޫން!އަޅުގަޑު ޗެލެންޖުކޮށްފައި މިބުނަނީ! ދ. ގިނަ ރަށްރަށަކީ އެމްޑީޕީގެ އެއްވެސް ހަރަކާތެއް ނުހިންގާ ރަށްރަށް! ދެން ރައީސުން ކަށަވަރުވާނީ ސައްހަވާނީ ކިހިނެއް! ދ. ކޮންގުރެސްއަށް ގޮސްތިބި މީހުންގެ ކައިރިން މިވާހަކަ އައްސަވާ!

    18
    3
  10. ނަނާ

    އެހެންވީމާ ސޯލިބޭ ތިޔަވަނީ ކޮންގްރެސް ހައިޖެކްކޮށްފަތާ!

    13
    4
  11. ކޮރު އިބިލީސް

    މޑޕ މެމްބަރުންނޭވެ.
    ފައްޔާޒު އަދި އިބޫ ތިކަން ކުރުމުގައި ވަރަށް ހިކުމަތްތެރި އަދި މައަސަލަގޯސްނުވާނެ ހުރިހާގޮތަކަށް ވިސްނައިގެން ކުރިޔަށް އެބަގެންދޭ.
    ނަ،މަވެސް އައްނި އެބަލަނީ މަޑުމަޑުން ހޫނުކުރަމުންގޮސް އެއްމެފަހުން ޔާމިން ހެދިގޮތަށް ޕާޓީގެ ފުލްކޮންޓްރޯލް ނަގަން.
    ތިކަލޭގެ ކޮއްމެފަަކަމެއްވެސް ކޮއްފާނެ.

    8
    3
    • ޓެކްސް

      ގޮފި ހެދުމުން ވައްކަން ޗީ

  12. ބއޔ

    ތި ނަޖިސް ޕާޓީ ގަނޑު އުވާލަބަލަ. ގިރި.

    22
  13. ހުސޭނުބޭ

    އަމިއްލަ ކޮންމެވެސް އެއްޗަކަށް ފައިން އެރޭ ހިސާބަށް ގޮސްފައި ދޮގެއްތޯ؟ މިހާރު އަމިއްލަ ދުލުން އެ ބުނީ ކޮންގްރެސްގައިވެސް ތިބީ ހުސް ވަގުންކަމަށް.

  14. ތައްޔިބް

    ހާދަ ހުތުރޭ. ތިޔަ ޝަރީފުމެން ޑީއާރުޕީ ތެރެވެސް ހަލާކުކުރީ ތިހެން ހާޖަނު ހަދައިން.. އެވަރު މީހުން ބޮޑު ސޯބަށް ހަދައިން އަންނިއާ ދިމާލަށް ހަޅޭ ފަޅޭޖަހަން ލަދުގަނޭތަ އެންޑީޕީ މީހުން؟؟؟ ތިޔަ ތިބީ ކަނޑިކި ބުރިއަށް ހަނދާނެތި ތިމާމެންނަށް ތިމާމެން އޮޅި، ތިމާމެންގެ ޕާޓީއަށް އެންމެ ގުރުބާންވި މީހާ ހަނދާނެތި އަމިއްލަ އެދުމާ ރުފިޔާއާ މަގާމާ ޕްރޮޖެކުޓާ ހެދި މޮޔަވެފައި. އަދިވެސް އެހެން މީހުންނާ ދިމާލަށް ލާރިލާރި ޔެސް ސާ ގޮވަތި!!!

  15. އީނު

    ހެހެ އެއްކަލަ ޑީއާރުޕީ ހަލާކުކުރި މަވޯޓާމެން އެމްޑީޕީވެސް ހަލާކުކުރަނީ ތިއޮތް.. ފަހަތުގައި އޭނައަށް ހިތްވަރުދޭން ތިބީ އެންޑީޕީ މީހުން މަ ހުވައި

    13
    • މަވޯޓާ ގޯ ހޯމް

      އަސްލުވެސް ލަދުންވެސް ހަލާކު.. މަވޯޓާގެ ދަރިއަކީވެސް އެމްބަސީއެއްގައި މިލިއަނުން ލިބޭ ގޮއްޔެ ކޯލަ.. މިވާނުވާ އެބަ އިގޭނު އެހެންވީމަ

  16. މަނީމަނީ ޔެސް ސޯ

    މައުމޫނުގެ ރިޔާސީ ނިޒާމާ ދެކޮޅުވި މީހުން ވަޒީފާ އާ ޕްރޮޖެކްޓާ ދެންވެސް ހުރި އަމިއްލަ މަންފާއަށް ބަރުލަމާނީ ކެންސަލްއޯ ރިޔާސީ އޯކޭ ޔޯލަ މިހާރު ކެކެކެ އެހެންވެ ޖައްސާހާ ވައްވައް ޑީއާރުޕީ ފުޑާލި މަވޯޓާ މެނާ ގުޅިގެން ހޮޑުލަވާ!!

  17. Anonymous

    ލައިވް ބޮލެގް ޕްލީސް

  18. ހާރިޖީ ކޮރަޕްޝަން

    މަވޯޓާ ޝަރީފުގެ ދަރިފުޅަށް މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން 2.4 މިލިއަން ރުފިޔާދޭ.. އެހެންވީމަ ލައްކަ ފެލޭނެނު ދަރިންނޭ

  19. ހަވާލޭ ޓިކެޓު

    އައި ތިންކް ތީ ހަމައިބޫ އަށް 2023 ނުދޭންވެގެން ހެން!!އޯ ނޯ އެހެރަ ފަޅައިގެން ދަނީ!!! އިބޫ އަށް ދޭކަށް ބޭނުމެއް ނުވޭ!! ޕީޕީއެމް އަށް ދޭން އަމްދުން ބޭނުން ނުވޭ!! އައި ފީލް ޔޫ އަންނީ!!! އެކަމް ސޮރީ ޔޫ އާރ ސްމްބަޑީ ދެޓް އައި ޔޫސްޑް ޓު ނޯ!!!

    2
    1
  20. އަހުމަދު

    މޯލްޑިވްސް ގިރި ޕާޓީ....
    އެއޮތީ ގިރިޔަށް އަރާ ހިކިފަ

  21. ޙަަަހަ

    މިހިރީ ޕާޓީތަކުން ކުރާހާ ބޮޑެތި ޚަރަދުތައް ، ކީއްތަވާނީ މިޚަރަދުތައް ނުކޮށް ، ޕާޓީތަކުގައިވެސް އެބަތިބި ހަލުގައި ޖެހިފައިތިބި އާންމު މެމްބަރުން އެމީހުންނަށް އެހީތެރިކަމެއް ދިނިއްޔާ ، ބޭކާރު ޚަރަދު

  22. ހީހީ ހަލާކު

    މަނީ މަނީ ޔެސް ސޯ.. މަގާމް މަގާމް ޔެސް ސޯ.. ޕްރޮޖެކުޓް ޕުރޮޖެކްޓު ޔެސް ސޯ.. ހެހެހެ

  23. ޑޮލަރު

    މެނަބަރުންނަށް ގިނައިން ރުފިޔާ ފެންނަން ފެށީމަ އެންޑީޕީއެއް ޕީޕީއެމެއް ނެތް ތަފާތެއް

  24. ޑީއާރުޕީން ލެއްގި ކުނިބުނި

    މަވޯޓާ މެން ދާކޮންމެ ތަނެއް ހަލާކު

  25. އައްޑޫ ލެއި

    ނަށީދު ބުންޏަސް ހަޤީގަތް ވާނީ ހަޤީގަތަށް. ހިތަދޫ މެދުދާއިރާއިން ކޮންގްރެސް އަށް ދިޔަ ގިނަމީހުންނަކީ ގަވާއިދާއި ހިލާފަށް ދިޔަ މީހުން.