ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިބާރުވެ، ކަނޑު ގަދަވެދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 7:58 ގައި ނެރުނު ސަމާލުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހިމެނޭ ހިސާބުތަކަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

އެ ސަމާލުގައި ބުނެފައިވާގޮތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މެންދުުރު 14:00 އަށެވެ.

ރާއްޖޭގެ މޫސުން މިއަދު ހެނދުނު 10:00 އާ ހަމައަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ ދުވާލުގެ ވަގުތުތަކުގައި ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަަމަށެވެ.