ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބާއި މެދު އެއްވެސް ވަރަކަށް އިދިކޮޅު ފަރާތްތަކުން ވިސްނާ ވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މެދު ވިސްނޭނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވިގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހާރު ވަރަށް ހަނި ގޮތެއްގައި މިހިރީ ޖަލުގައި ތިބި ބޭފުޅުންނާއި ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުންނާއި ކުއްލި ނުރައްކަލުގެ ހާލަތައް. އޭގެން އަޅުގަނޑުމެންނަށް އަތަކަށް ދެވުނީމާ ދެން އަޅުގަނޑުމެންނަށް އެހެން ކަމެއްގެ ޚިޔާލެއް ގެންނަން އެނގޭނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކުއްލި ނުރައްކަލުގެ ހާލަތު އޮވެފައި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ސާފެއް ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީ އަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީއެއް އެމްޑީޕީ އިން ބާއްވާނެ ތާރީޚެއް ވިދާޅުނުވެ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ވެސް މިހާރު ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުން އެއީ އެންމެ މުހިންމު ކަންތައް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެއްވެސް އެއްޗެއް ސާފު ނުވާއިރު އަޅުގަނޑަކަށް އެއްވެސް ގޮތަކަށް ސާފެއް ނުވޭ އަޅުގަނޑުމެން ކެންޑިޑޭޓެއް ހޯދައިގެން އެކަމަައިގެން އުޅެން ފެށުން އެއީ އެންމެ މުހިންމު ކަންކަމުގައި ދެކުން އެއީ އެމްޑީޕީ އިން ކޮށްފާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކުރީގެ ރައީސް މުހައްމަދު ނަޝީދު "ވަގުތަށް" އިންޓަވިއުއެއް ދެއްވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިހާރު ރިޔާސީ އިންތިޚާބާއި މެދު ވިސްނާ ވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން މިހާރު އެންމެ މުހިންމީ ކޮންކަމެއްތޯ "ވަގުތު" އިން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެންމެ މުހިންމީ "ޤާނޫނުގެ ތެރެއަށް އަޅުގަނޑުމެންގެ މުޖުތަމަޢު އާއި ސަރުކާރާއި އަޅުގަނޑުމެންގެ ވެރިން ވަނުން. ސުޕްރީމް ކޯޓުގެ ޙުކުމަށް ސަރުކާރުން ކަނޑައެޅިގެން ތަބާވުން. ކުއްލި ނުރައްކަލުގެ ހާލަތުން އަޅުގަނޑުމެން އަރައިގަތުން. އަޅުގަނޑުމެންގެ އިޤުތިޞާދަށް ދިމާވެފައިވާ ދަތިތަކުން އަޅުގަނޑުމެން އަރައިގަތުން. ހާއްސަކޮށް ސިޔާސީ ވާދަވެރިންނަށް ބައިވެރި ވެވޭނެ (އިންތިޚާބަކަށް މަގުފަހިކުރުން) އެޕާޓީއެއްގެ މެންބަރުން އިހްތިޔާރު ކުރާ ކެންޑިޑޭޓަކަށް ނުނިކުމެވޭ ކަމަށް ވަންޏާ އެއިންތިޚާބަކީ އިންސާފުވެރި އިންތިޚާބެއް ކަމަކަށް ނުދެކެވެވޭނެ." ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ފަރާތްތަކުން މަޝްވަރާތައް ފެށި ކަމަށާއި ނަމަވެސް "އޭގެ އަނެއް ދުވަހު ދިވެހިރާއްޖެ ދިޔައީ އަނެއް ފުށަށް" ކަމަށެވެ.

މިހާރު ރިޔާސީ އިންތިޚާބާއި މެދު ވިސްނާ ވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނު ހުންނެވީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެވޭނެ ފަދަ ހާލަތެއްގައެއް ނޫނެވެ. 13 އަހަރުގެ ޖަލު ޙުކުމެއްގެ ސަބަބުން ރައީސް ނަޝީދު ހުންނެވީ ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަ ނުވާ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ގޮތް ދޫކުރައްވާ އެމްޑީޕީގެ ފަރާތުން އެހެން ކެނޑިޑޭޓަކު ނެރުމުގެ އެއްވެސް ވިސްނުންފުޅެއް ރައީސް ނަޝީދު ނުގެންގުޅުއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. ނަޝީދު ބޭނުންވަނީ ސަރުކާރު ވައްޓާލައިގެން ވެރިކަން ފޭރިގަންނަން. މިހެންބުނެލި ނަމަ ސަޅިވާނެ.

  2. ހިދުކޮޅުގެ ދުވަހެއްބާ!

  3. ޕާޓީންބޭނުމިއްޔާ ޖަލުގައި އޮންނަ މީހާއަށްވެސް ބައިވެރި ވެވެންޖެހޭނެކަމަށް އަދި ފިލައިގެން އުޅޭމީހުންނަށް ބައިވެރި ވެވެންޖެހޭނެކަމަށް ތިބުނަނީދޯ. ތިކަމެއްނުވާނެ. އަދިކޮށްގެންވެސް ނުވާނެ.

  4. ކަލެއަކަށްސާފް ވާންޖެހޭއެއްޗެއް ނޯންނާ ތީޓެރެރިސްޓެއް

  5. އިގްތިސާދޭ؟ ކޮންތާކު ކިހިނެއްވެގެން އިގްތިސާދާބެހެނީ؟ ކަލޭގެ ތިންއަހަރުގެ ތެރޭ ނުވި އެތައްކަމެއް މިދިޔަ 3 އަހަރުތެރޭ އެހެރި ކޮށް ނިމިފަ!

  6. މޮޔަ ސޮރެއް..

  7. ރާއްޖޭގެ ތަސައްވަރު ކިލަނބުކުރާތީ ޓޫރިޒަމަށް އަސަރުކުރާ ނަމަ އެކަން ކުރާ އިދިކޮޅު ފަރާތް ތަކާއި މެދު ފިޔަވަޅު ނޭޅެންވީ އެއީ ކީއްވެގެންތޭ. އެމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ވާގިވެރިވާ ރަނޑު ފަންކާ މެން ހިންގާ ޓީވީން އަބަދު އަބަދު ރާއްޖޭގެ އިމޭޖް ހަޑި ކުރަން ކުރާ މަސައްކަތް އެބަޖެހޭ ހުއްޓުވެން. އިއްޔެ ވެސް މަޖީދީމަގުގައި ކްރޭޒީ އަންހެން ވެރިން ތަކެއް ނިކުމެ ބުރުގާ އަޅައިގެން ތިބެ ފުލުހުންނާއި ދިމާލަށް އައުގުރާނަ ގޮވާ އެމެންގެ ބަޓްސް އަނބުރާ ނަށަން ނޭގޭ އިރު ވެސް ދަގަނޑު ހޮޅިއެއް ލަންބަން އުޅޭ އުސޫލުން އެމެން ނަށަން އުޅުން މީ ދެން ލަދު ހަޔާތުގެ ކަން ފުޅެއް ވެސް ނެތީއެއް ނޫންތޭ. މިކަން ކަން އެބަޖެހޭ ހުއްޓުވެން ގާނޫނު ތައް އެބަހުރި މިކަން ކަން ހުއްޓުވޭނެ. މިކަން ކަން ކުރަން ހޯމް މިނިސްޓަރަށް ނުކެރިގެން އުޅެނީ އޭ ކީއްވެ ގާނޫނު ތަންފީޒު ނުކުރެވެންވީ. ކިއެއްކުރާ މީޑިއާ ކައުންސިލެއްތޭ. މީޑއާ ކައުންސިލަށް މުސާރަ ނުދީ ހިފަހައްޓާލަބަލަ ތިން މަސް ދުވަސް ވަން ދެން އެމެން ޕާރފޯމް ނުކުރާތީވެ.

  8. ސަރުކާރުން ރާއްޖޭގެ ޓޫރިޒަމަަށް އަސަރު ކުރާތީގެ ބޭރުގައި ތިބި އެމްބެސެޑަރުންގެ ނެޓް ވޯރކް އިން ކުރަނީ ކޮން ކަމެއްތޭ. ސިންގަޕޯރގައި ހުރި އެމްބަސޭ ކިއެއްތޭ ކުރަނީ ޖަޕާނުގައި ހުރި އެމްބަސޭ ކިއެއްތޭ ކުރަނީ ޗައިނާގައި ހުރި އެމްބަސޭ ކިއެއްތޭ ކުރަނީ ތައިލެންޑް ގައި ހުރި އެމްބަސޭ ކިއެއްތޭ ކުރަނީ. ކައި ކައިގެން ނިދަނީއޭ. އެމްބަސޭ ވެސް މެން ނިދަނީ މިނިސްޓަރުން ވެސް ނިދަނީ މުޅިން ރާއްޖޭގެ އެޓްމޮސްޕިއަރ އިން މިފެންނަނީ އިދިކޮޅު ކްރިޓިކްސް އިން ހިނގާ ސިޔާސީ ކަންކަން ސަރުކާރުން ކުރާ އެއްވެސް މަކެއް ނެތޭ. ސަރުކާރު ރައްޔިތުން ހޮވީ ހަމަ އެކަނި ސިޔާސީ ކަންކަމަށް އެޑްރެސް ކުރަން ނޫނޭ އިގްތިސާދީ ކަންކަން ވެސް ކުރަން އޭ ކޮބާތޭ މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދި ފޯރމްލާފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނަމޭ ބުނެ ހައުސިންގް މިނިސްޓަރު ކެނޑި ބައިސާ. މިކަން ނޫންތޭ ސަރުކާރުން ކޮށްދޭންވީ. ކީއްވެ އެންމެންނަށް ފްލެޓްސް ލިބޭނެއޭ ބުނެ ރައީސް އޮފީހުގައި ކެބިނެޓް ބައްދަލުވުމަކުން ނުނިންމެނީ.

  9. ޙަބަރުގެ ފަހު ބަސްކޮޅު ވަރަށް ސަޅި ?

  10. ވަގުތު މީހުންވެސް ހާދަ ހޭނުޖެހެޔޭދޯ؟ ތިޔަ ނަޝީދުތީ ކާކު ރިޔާސީ އިންތިހާބާ އަދި އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓާ ބެހޭގޮތުން ސުވާލު ކުރަން؟ ކަންކަމާ ސުވާލުކުރަން ޖެހޭނީ ގާނޫނީ ގޮތުން އެކަންކަމާ ގުޅުން އޮންނަ މީހުންނާ ދޯ؟

  11. ރާއްޖޭގެ ތަސައްވަރު ކިލަނބުކުރާތީ ޓޫރިޒަމަށް އަސަރުކުރޭ އެކަމަކު އެކަމުގައި ސަރުކާރުގެ ފޮރިންގް މިނިސްޓްރީ އަށްކުރެވޭ އެއްވެސް ކަމެއް ނެތޭ އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނޭ. ދެން އަނެއް ކޮޅުން ރައީސް އޮފީހުގެ މީޑިއާ އާއި ޕްރެސް އަށް ބޮޑު ޑިޕާރޓްމެންޓެއް ހަދާފައި ހުންނަ އިރު ރައީސް އޮފީހަށް ކީއްވެގެންތޭ ރާއްޖޭގެ އެންމެ މަޝްހޫރު ތިން އޮން ލައިން މީޑިއާ އަށް ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ކަންކަމުގެ މައުލޫމާތު ނުދެވެނީ. ދެން މަޖްލީހުގެ މެމްބަރުން އަރާ އެމެން ކޮންމެ އެއްޗެކޭ ގޮވި ނަމަ ވެސް އެމެންނަކީ އެއީ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރުން ސަރުކާރުން ކުރަމުން ދާ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވާ ދިނުމަކީ އެއީ ސަަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި ބޮޑުންގެ ޒިންމާ އެކޭ މިނިސްޓަރަކު ލޮލަށް ވެސް ނުފެނެއޭ އެއީ ކީއްވެގެންތޭ އެކަން އެހެން ވާން ޖެހެނީ. އިކޮނޮމިކް މިނިސްޓަރު މާލޭގައި ވިޔަފާރި ކުރާ ފަރާތް ތަކަށް ގުޅި ފަޅުން ބިން ނުދެނީ ކީއްވެގެންތޭ.

  12. ތަސައްވުރު ކިލަނބުވާނެ ސަރުކާރުން ސިޔާސީ ކަންކަމަށް އެޑްރެސް ކުރަން ދިމާ ކުރާނަމަ. ސަރުކާރުން އެބަޖެހޭ އިގްތިސާދީ ކަންކަން ސްޕެޝަލީ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތް ތަކަށް ގުޅި ފަޅުން ކުޑަ ކުއްޔަކަށް ކޮންމެ ކުންފުންނަކަށް 5000 އަކަފޫޓްގެ ބިމެއް ގެ މަގުން 1 ލައްކަ ބިން މިސައިޒުގެ ހިއްކަން އެމްޓީސީސީ އާއި ހަވާލު ނުކުރެވިގެން އުޅެނީ ކީއްވެގެންތޭ. ސަރުކާރުން އިގްތިސާދީ އެޖެންޑާ ކުރިއަށް ނެރޭށޭ ސަރުކާރަށް ރިޔާސީ އިންތިޚާބުގައި އެކްސްކިއުޒަކަށް ސިޔާސީ ކަންކަން ނުދެއްކޭނެއޭ ރައްޔިތުންނަށް އެއީ ވާނެ ކަމެއް ނޫނޭ ސަރުކާރުން ޖެހޭނެއޭ މިކަން ވިސްނަން. ކެބިނެޓް މިނިސްޓަރުން ކުރަނީ އެއީ ކޮން ކަމެއްތޭ.

  13. ޙުދު މުޙްތާރު ކަމުގެ ލާމަސީލު ނަމޫނާއެއް ރނ އަކީ
    އެމް ޑީޕީ މީހުނައް އޮޅުވާ ލެވޭނީ

  14. ކޮބާަ އެއްކަލަ ޑިމޮކްރަސީ؟ ޢޭތި ވީތަނެއް ދަންނަ އެއްވެސް ައެމްޑީޕީ ގެ އެކަކުވެސް ނެތް! ޚުދު އަންނިއަށްވެސް ޑިމޮކްރަސީ މިއަދު ވަނީ އޮޅިފައި! ލަދެއް ނުގަނޭ!

  15. މީނާއަކީ ބުނާބަހާ ދިމާއިދިކޮޅަށް ޢަމަލު ކުރާމީހެކެވެ.

  16. ޕާޓީގެ މީހުން ބޭނުންވާ މީހަކަށް އިންތިޚާބަށް ކުރިމަތިލާން ފުރުޞަދު ދޭންޖެހުނަސް އެމީހަކީ ގައުމުގެ ގާނޫނުގައިވާ ޝަރުޠު ހަމަނުވާމީހެއްނަމަ އެމީހަކަށް ކުރިމަތިލެވޭނެ ޗާންސެއް ނޮއޮންނާނެ. ސުޕުރިން ކޯޓަށްވުރެ މަތީކޯޓަކުން އަމުރެއް /ހުކުމެއް ނެރިޔަސް ގައުމުގެ ވަކިބަޔަކަށްޓަކާ ޢައިރުގާނޫނީ ހުކުމް/ އަމުރު ތަންފީޒުކުރަން ނުޖެހޭނެ، ރައީސަށް ފެނިއްޖެ ހާލަތެއްގާ ގައުމު ކުއްލި ހާލަތުގަ ކިތައްމެ ދުވަހަކަށްވެސް ބެހެއްޓިދާނެ، ގިނަރައްޔިތުން ބޭނުމީ ކުއްލިހާލަތުގެ މުއްދަތު ވީހާވެސް ދިގުދަންމަވާލަން

  17. ދެން ކޮންކަމަކާ ވިސްނަނީ މަގުމަތިން ވެރިކަން ހޯދި ގޮތަށް މަގުމަތިން ވެރިކަން ވައްޓާލަން

  18. ކަލޭގެ ލާދީނީ ވެރިކަން ނިމުނު އިރު ގައުމުގެ އިގްތިޞާދު އޮތީ އިނދަޖެހިފަ. ގައުމު އޮތީ ދަރާވިކިފަ، މިއިންޒަމާނެއްގައި ތަކެތީގެ އަގު މައްޗަށް ނުދާވަރަށް މައްޗަށްގޮސް މުޅިގައުމުގައި އޮތީ ފަގީރުކަމާ ނިކަމެތިކަމުގެ ކަޅު ފޭރާމެއް ލެވިފައެވެ. ޑޮލަރު ދަތިވެ ޑޮލަރުގެ ކަޅުބާޒާރެއް އުފެދި ތަދުބޭހަކަށްވެސް ޑޮލަރެއް ނުލިބެއެވެ. ކުންފުނިތަކުގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން ކުންފުނިތައް ބަނގުރޫޓުވެފައެވެ. ސިއްހީނިޒާމުން ވިޔަފާރިކުރަން ދިމާ ކުރުމުން އެ ނިޒާމު މުޅިންފޭލިވެ ބޭސް ފަރުވާ ކުރެވެން ނެތިފައެވެ. ތަރައްގީގެ އެއްވެސް މަޝްރޫޢެއް އެ ބިރުވެރި ތިން އަހަރުގެ ތެރޭގައި ހިންގާފައެއް ނެތެވެ.
    މިއަދުމިގައުމުގެ އިގްތިޞޯދު މާތްﷲގެ ވާގިފުޅާއެކު މިއޮތީ ނަގަހައްޓާފައެވެ. ގައުމީރިޒާވް ރަގަޅެވެ. ގަންނަންބޭނުން ވަރަކަށް ޑޮލަރުލިބެއެވެ. ރާއްޖޭގެ ހަތަރު ބިތުގައި، ތަރައްގީގެ މަޝްރޫޢުތައް ހިނގަމުންދަނީ އެވެ. ނަޝީދު ނުއެޅޭނެޔޭ ބުނި ބްރިޖްވެސް އިންޝާﷲ އެދަނީ ނިމެމުންނެވެ.

  19. އަސްލު އެމްޑީޕީ މީހަކު ހައްޔަރު ނުކުރާނެ މުޅިން ވެސް ނިކަމެތި ވާނުވާނޭގޭ މީހުން މާރިޔާމެން އިންތިމެން އިބޫމެން އަސްލަމް މެން މިމީ ހުން ގޭގަ. މުޒާހަރާ ކުރާމީހުން ޖަލައް.ވަރަށް ސަޅި ދޯ..........

  20. ާބޫސުފުޔާން

    ޏަސީދުހެވާހަކައިން ދޭހަވަނީ ނަސީަކީގަމާރެއްކަން..

  21. ރައްޔިތެއް

    ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނަޝީދުގެފަރާތުން
    ލިބެމުންދާގެއްލުމާއި ހަލާކުން ސަލާމަތްވާނެގޮތެއް
    ހޯދަން މިހާރު މަޖުބޫރެވެ

  22. ކެނެރީގެ އައްނި، މައުމުން، ،ގާސިމް މިއިން
    މީހަކު ހަތަރުދަންފަށަށްވެސް އަޔަދީގެން ނުވާނެ
    މިމީހުންނަކީ ރާއްޖޭގެ ހަލާކު

  23. ދޮންކެޔޮ ޝޭކް

    އެހެރީ ގަޓު ރައީސުން! އަބަދު ރައީސަ ނަޝީދުގެ ކަރާމަތަށް އަރާ ނޫހަކަށް ކެރިގެން އިންޓަވިއު އެދެއްވަނީ! ޔާމީނު ކައިރީގަ ރާއްޖެޓީވީއޭ ބުނެފިނަމަ ދެފައި ތުރުތުރު އަޅާ ވާގިގޮސް ވެއްޓޭނެ! ސާބަސް މިޤައުމުގެ ބަތަލް ހިކްމަތްތެރި ރައީސް ނާޝީދު.

  24. ނަޝީދުގެ ވާހަކަތައް ހާދަ ޕޮޒިޓިވް ނަޒަރަކުން ލިޔަން ފެށީ. ކުރިއަށް އޮތްތަނުގައި މީނަގެ ލިއުންތައް ވަގުތުގައި އިތުރުވާނެކަމަށް ބެލެވޭ. ލަންކާގެ ބައްދަލުވުމުގައި ކުދިން ނަށް ވަރަށް ރީލޯޑުތައް ދިންކަމަށް ޚަބަރުލިބޭ. ބަލަންތިބެމާ ހިގާ. ކޮމެންޓު ޖަހަން ނުކެރުމަސް މިކޮމެންޓު ފެންނަ ވަގުތު ނޫސްވެރިޔާއަށް ސަލާމް.

  25. ކަލޭ ދުވަހަކު ނުވިސް ނިޔަސް އޯކޭ

  26. ބާބޫ ނާޒް

    ކަލޯ! ތިޔަމީހާއަކައް ދުވަހަކުވެސް ސާފެއްނުވާނެ ޓެރަރިސްޓެއް ކަމަށްވެސް ސާފްވާނީ ސާފުތެޔޮބުއީމަތާ.!

  27. އަބްދުއްލާ

    ނަސީދަކަށް ތިޔަކަން މާތްﷲ ގެ ރަހުމަތް ފުޅުން ނުވާނެ . މިގައުމަށްއަތުވެއްޖެ ނަމަ ހަދާނެގޮތް މިހާރު ނިންމއިފިން. އެމްޑީޕީގެ 3 އަހަރު ގައްުމަށް ދިން ގެއްލުން ދެވެނަފަހަރަށް ދިނުމުގެ ފުރުސަތު ނުލިބޭނެ. ވަޑާންގެ އަކާ ކުންފުންޏަކާ ގައުމު ހިންގަން ނޭގުނު މީހަކަށް ދެވަނަފަހަރު ހަވާލުކުރުމަކީ ކޮށްގެންވާނެކަމެއްނޫން. ސްޕްރީމްކޯޓްން ހުކުމެއްނެރުނުތަ؟ ގައިރު ގާނޫނީ އަމުރައް ތަބާނުވުން ލާޒިމްވަނީ އެންމެނަށް އެއްވަރަކަށް ،ރައީސް ވެސް އޭޖީ ވެސް ކޯޓުން ކުރިޔަކަސް ގައިރުގާނޫނީ އަމުރަކަށް ތަބާވާކަށެއްނުޖެހޭނެ. ކޯތުންކުރާގާނޫނާ ހިލާފު އަމުރަށް ތަބާވާންޖެހޭނެ ކަމަކަށް އެއްވެސް ގާނޫނަކު ނުވަތަ ގާނޫނުއަސާސި އަކުވެސް ލިޔެފާނެތް ގާނޫނުއަސާސީގަ ވަނީ ފަނޑިޔާރުން އަމަލުކުރަންވާނީ ގާނޫނުއަސާސީއަށާ ގާނޫނުތަކަށް ކަމުގާ ވީމާ ގާނޫނާ އެއްގޮތަށް އުޅުއްވަން މަނިކުފާނު ދަސްކުރއްވަންނުވޭތޯ

  28. މަހަށްދޭބަލަ

    އެމެރިކާ އެކަކަށް ވެސް ވޯޓް ލެވުމުގެ ހައްގު ލިބިގެންވޭތޭ ނޫން ނުވޭދޯ. ދެން ކޮން ވާހަކަ އެއް ދައްކަން ތޭ. މަހަށް ދޭބަލަ އެމެރިކާގެ އެމްބަސޭ. މަހަށް މަހަށް މަހަށް ދޭބަލަ..

  29. ޤާނޫނު އަސާސީ އާއި ޚިލާފު ވާގޮތަށް ބޭއްވޭ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިނތިޚާބަކަށް ނުވާނެ ( ވައްކަމުގެ ކުށް ސާބިތުވެފަިވާ ވަގުންނަށާއި ޓެރަރިޒަމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށްނިޔާކަނޑަްަޅާފައިވާ ޓެރަރިސްޓުންނަށް ރައީސުލްޖުހޫރިއްޔާކަމަށް ކުރިމަތުލުމުގެ ޝަރުޠު ފުރިހަމައެއް ނުވާނެ

  30. ޖަލުގަ އޮންނަ މީހާގެ ވޯޓް ބޭނުން.
    ޖަލުގަ އޮންނަ މީހަކަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ؟ ޖަލުގަ ހުރެގެން ވެސް ވެރިކަން ކުރެވިދާނު .??

  31. ޫެއަހުމަދު ޒާހިރު

    އަންނި ކަލޭ މޮޔަވީތަ

  32. ބަލަ ނަޝީދޫ މައުމޫނު ހެއްދެވީ ޑިކްޓޭޓަރ އަކަށް! މަގޭ ސްކޫލް ޙަޔާތް ނިމުުނު އިރު ޑިމޮކްރަސީ ޣެ އަޑުއިއްވަން ހުޅަނގުން މިޤައުމަށް ޑެލިވަރޑް ކުރި ލައުޑްސްޕީކަރ އަކީ ކަލޭ! ވެރިަކަން ވެސް އަހަރެންވެސް މަނިކްފާނަށް ދިނީމު! ވެރިކަަމަށް އެރުއްވިޢްސުރެ މުޒ|ާހަރާކުރުން މާލެތެރެ ހެލުވުން އަހަރެމެން ޒުވާނުންގެ ހިތުގައި ހަލަބޮލިކަމާއި ބިރުވެރިކަމާއި މިނިވަންކަމޭކިޔ|ާގެން މަގުމަތިކުރުވާ ލަދުޙަޔާތްކެނޑުވީ! ލައުޑްސްޕީކަރ ގެ އަޑު ފައްގަނޑު ހުރީ ހުޅަނގަށް ގޮސް އޮއްސިފައި! މަނިކްފާނުވެސް އެއޮއްސުންގޮތަށް ތި އޮތީ އޮއްސިފައި! އިންޝާﷲ ދެންވެސް އޮއްސޭނީ! ދެން ރައީސްވަޙީދު ހެއްދެވީ ކާޅަކަށް! ބަބުރަކަށް! އެބޭފުޅާގެ ވިސްނުން ފުޅުން އެއަރޕޯރޓް ސަލާމަތްކޮށްދެއްވި! ނޫޅޭ ތިއުޅުއްވާ ހެނެއް! ދެން ރައީސްޔާމީން ތިޔަ ހެއްދެވީ ވަގަކަށް! މައުމޫންގެ އެއްވެސް ކުށެއް ސާބިތެއްނުކުރެވުނު! ވަޙީދުގެވެސް! ރައީސްޔާމީން ގެ މައްޗަށް ވެސް ސާބިތު ކުށެއްދައްކަވާބަަލަ! ބުހުތާން ދޮގުނުހައްދަވާ! މިޤައުމުގައި މަނިކްފާނު އުޅުއްވާ އެއްވެސް ކަމެއްނެތް ރަނގަލުވެފައެއް! އަދި ތިބޭފުޅާ ގެ ޢާއިލާގެ މީހަކުވެސް ! ވރ ސަލާމް. ވރ ވާހަކަ މިބުނީ!

  33. ރީތި މޫސަ

    ނަޝީދުބޭނުންވަނީ އޭނަޔަށް ޙިމާޔަތްދީގެންއުޅޭ މީހުންނަށް މިޤައުމުވިއްކާލަން

  34. ކޮބާ ބެކްބޯން ރަނގަޅު ދެއްތޯ؟

  35. ރައީސް ނަޝީދު ހަމަ ތަސައްރަފުގައި ހުރެގެން ޤާނޫނީ އިމުގެ ތެރޭގައި ހުރެ ޤާނޫނީ ވާހަކަ ދެއްކުން. ރާއްޖެ އައިސް ޖަލުގައި ހުރެ ވާހަކަ ދެއްކުން.

  36. ލާދީނީ އަންނި އަށް ނުފެތޭނެ. މި އޮޑި މި އޮތީ ފެންމަތީގަ

  37. ތިހުރިހާ ގަނޑެއް ކަލޭ ތިގަންނަނީ، ކަލެއަށް އައިސްފަވާ ހުކުމް ބާޠިލްކޮށް ކަލެއަށް އިންތިޙާބު ގައި ބައިވެރިވެވޭނެ މަގު ފަހިކުރުމަށް، ވިސްނަންޖެހޭ ކަމަކީ ކަލެއަކީ ޓެރަރިޒަމްގެ ކުށް ޘާބިތުވެ ޖަލު ހުކުމެއް އައިސްފަ ހުރި މީހެއްކަމާއި ކުއްވެރިންނަށް އެއްވެސް އިންތިޙާބެއްގައި ބައިވެރި ނުވެވޭނެކަން، ޤައުމު ފުނޑާލާފަވެސް ކަލޭމެން ތިއުޅެނީ ވެރިކަން ފޭރެވޭތޯ

  38. ދެންކޮންކަމަކާ ވިސްނަނީ މިގައުމު ކުރިސްޓިއަންކޮށް ޔަހޫދީގޮތްގަނޑު އާއްމު ކުރަންތަ ބަލާބޮޑޭ