ތުރުކީއާއި ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން މިއަދު މަސްދަޅު ފޮނުވައިފިއެވެ.

މިއަދު ފޮނުވި މަސްދަޅު ތަކަކީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީއާއި ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެގައުމުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 10 ފެބްރުއަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމި ނިންމުމާއި ގުޅިގެން ފޮނުވާފައިވާ އެހީއެކެވެ.

ބިންހެލުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ސީރިއާ އަށް 500،000 މަސް ދަޅާއި ތުރުކީ އަށް 500،000 މަސް ދަޅާއެކު ޖުމްލަ އެއް މިލިއަން މަސް ދަޅު ފޮނުވަން ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ހާމަ ކުރި ގޮތުގައި މިއަދު ފޮނުވާފައިވާ މަސް ދަޅުތަކަކީ ތުރުކީއަށް ސަރުކާރުން ފޮނުވަން ނިންމި މަސްދަޅުތަކެވެ.

ސަރުކާރުގެ ފަރާތުން މިއެހީ ހަވާލުކޮށްދެއްވާފައިވަނީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތުރުކީއަށް މި އެހީ ފައްޓަވައިދެއްވާފައިވަނީ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ރިޕަބްލިކް އޮފް ތުރުކިޔޭގެ އޮނަރަރީ ކޮންސިއުލޭޓްގެ އޮފިޝަލުންނެވެ

ތުރުކީގެ ގައުމީ މަތިންދާބޯޓުން ފަސް ބެޗަކަށް ބަހާލައިގެން މި އެހީ ފޮނުވުމުގެ މަސައްކަތް ކޮށްފައިވާއިރު، ސަރުކާރުން ހާމަ ކުރާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ފޮނުވަން ޖެހޭ ހުރިހާ އެހީއެއް އެގައުމަށް ފޮނުވައި ނިންމާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ރޯދަމަހާއި ދިމާކޮށް ކޮންމެވެސް ބުހުތާން ބަހަނާއެއް ދައްކާފާ ދަޅުމަސް އަގުބޮޑު ކުރާނެ ! މީ ޔަޤީން ކަމެއް !

    1
    1
  2. މާމީ

    ވަރައްރަގަޅު ކަމެއް ތިކުރީ އެކަމަކު ރާއްޖޭގަ ނިކަމެތި ރައްޔިތުން ފެލާލާފަ އެއްޗެހީގެ އަގު ބޮޑުކޮއްފި

  3. 😡😡😡

    އަދިވެސް ނުފޮނުވާ؟ ސްލޯލިހު