އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ރުހުންދީފި އެވެ.

އިމްސޯގައި ރާއްޖެ ބައިވެރިވާން ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް އިމްސޯގައި ބައިވެރިވާން ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.

އިމްސޯގައި ރާއްޖެއިން ބައިވެރިވާން ރުހުންދިން އިރު ރާއްޖެއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެމްބަރު ގައުމެކެވެ. އިމްސޯގައި ބައިވެރިވުމަށް އައިއެމްއޯ މެންބަރު ސްޓޭޓް އޮޑިޓްގައި ކުރިން އޮތީ ލަފާދީފަ އެވެ.

އިމްސޯއަކީ ވަކި ގާނޫނީ ޝަހުސިއްޔަތެއް ލިބިފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ޖީއެމްޑީއެސްއަށް ބޭނުންވާ މެރިޓައިލް މޮބައިލް ސެޓަލައިޓް ކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދެނީ އައިއެމްއޯގެ ލީގަލް ފްރޭމްވޯކާ އެއްގޮތަށްކަން ކަށަވަރު ކުރުމެވެ.

އިމްސޯ އެކުލެވިގެންވަނީ އެސެމްބްލީ އަދި ޑައިރެކްޓެރޭޓުގެ މައްޗަށެވެ. އަދި އާންމު އުސޫލުން ދެ އަހަރުން އެއް އަަހަރު އިމްސޯގެ އެސެމްބްލީ ބާއްވަން ޖެހޭއިރު އިމްސޯގެ ހުރިހާ މެމްބަރުން ވެސް އެސެމްބްލީގައި އެގައުމެއް ތަމްސީލު ކުރުމަށްދާ ހަރަދުތަކަށް ޒިންވާމާނީ އެ ގައުމަކުން ނެވެ.

އިމްސޯގައި ރާއްޖެ ބައިވެރިވުމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ރާއްޖެ ދަރަނިގަ އޮތް ހާލަތުގަ އިތުރު ދަރަންނަސް މަގުފަހިކުރުމަކީ ގޯހެއް؟

  2. Anonymous

    ބޭކާރު ޖަމުއްޔާ ޖަމާއަތް ހަދައިގެން ބަޔަކު މީހުން ފައިދާ ނަގަން އުޅެނީ ތިޔައީ ބޭކާރު ޖަމުއްޔާ އެއް، އިންސާނުނަށް ފައިދާއެއް ނުވާ ކަންކަން ކުރަން އުޅެނީ !