ބޮޑެތިވާ ކުދިންނަކީ، މާތް ﷲ އަށް ބިރުވެތިވާ ކުދިންތަކަކަށް ވާން ޖެހޭނެކަމަށާއި، އެކުދިންނަށް ބިރު ފަހަނަ އަޅައި ދާ ބަޔަކަށް ވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ، ތ.ބުރުނީ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އެރަށުގައި ވާހަކަފުޅު ދައްކަވާފައިވަނީ، އެރަށު ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ބޮޑެތިވާ ކުދިންނަކީ، މާތް ﷲ އަށް ބިރުވެތިވާން ޖެހޭ ކުދިންތަކަކަށް ވާން ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ރަނިންގ މޭޓް، ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު، ފުވައްމުލަކު ސިޓީ އަށް ވަޑައިގެން، އެސިޓީގެ ކުއްޖަކަށް ކީރިތި ޤުރުއާން އުނގަންނަވައިދެއްވަން، ޑރ.ޝަހީމް އިންނަވާ މަންޒަރު ފެންނަ ވީޑިޔޯއަކަށް އިދިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް ވިދާޅުވެފައިވަނީ އިދިކޮޅު ބައެއް ފަރާތްތަކުން، ވީޑިޔޯގައި ފެންނަ ކުޑަކުއްޖާ އިނީ ބިރުންކަމަށް ބުނެ ވާހަކަ ދައްކަމުންދާކަމަށެވެ.

"އަޅުގަނޑުމެންނަށް މި ދޭތެރެއިން ފެނުނު އަޅުގަނޑުގެ ރަނިންގ މޭޓު ކުރެއްވި މަސައްކަތެއް ސޯޝަލް މީޑިޔާގައި، ފުވައްމުލަކަށް ކުރެއްވި ޒިޔާރަތުގައި ކުޑަކުއްޖަކަށް ވޮށު ފިލާގައި ޤުރުއާނުގެ ސޫރަތުން ބައެއް ލިއުއްވައިދެއްވަނީ. ސޯޝަލް މީޑިޔާގައި ކޯޗެއްތޯ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން ކިޔަމުން މި ގެންދިޔައީ. މި ދެންނެވީ މި ވަރު ކަންތަކަށް ފާޑު ކީމާ މައްސަލައެކޭ މިއީ. ސޯޝަލް މީޑިޔާގައި ލިޔަމުން ދިޔައީ އެކުއްޖާ އޭންދީ ބިރުންނޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުދިން ބިރު ފަހަނައަޅައި ދާން ބޭނުން ނުވާ ކަމަށެވެ.

"ތެދެއްމެ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިން ބޮޑެތި ކުރާ ކުދިންނަކީ ﷲ އަށް ބިރުވެތިވާ ޞާލިހު ކުދިންނަށް ވުމަށް. އަޅުގަނޑުމެން ބޭނުމެއް ނޫނޭ އެކުދިން ބިރު ފަހަނަ އަޅާ ދާކަށް. އެހެންވީމާ މިއިން އެބަ ބުނެދެއެއް ނޫންތޯ އެމީހުންގެ ވާހަކަ" ރައީސް އިތުރަށް ވިދާޅުވިއެވެ.

ބުރުނީގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ، އިދިކޮޅު ކޯލިޝަނުގެ މެނިފެސްޓޯގައި އިސްލާމް ދީނުގެ ވާހަކަ ނެތްކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކު ކުރައްވާފައެވެ. އަދި، އެކަމަށް އިދިކޮޅު ފަރާތްތަކުން ދިން ރައްދަށް، ރައީސްވަނީ އިތުރު ރައްދެއް ދެއްވާފައެވެ.

އެގޮތުން، ރައީސް ވިދާޅުވެފައިވަނީ، އެވާހަކަ ރައީސް ވިދާޅުވުމުން، އިދިކޮޅު ފަރާތްތަކުން، ބުނެފައިވަނީ އިސްލާމް ދީނުގެ ވާހަކަ މެނިފެސްޓޯގައި ގެންނަން ނުޖެހޭނެކަމަށް ވިދާޅުވިކަމަށެވެ. އަދި، އެއީ ޤާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައި އޮތުމުންކަމަށް، އެފަރާތްތަކުން ބުނިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަމަށް އިތުރަށް ރައްދު ދެއްވާ ރައީސް ވިދާޅުވެފައިވަނީ، ޤާނޫނު އަސާސީގައި، ރާއްޖޭގައި އޮންނަން ވާނީ ސައްތައިން ސައްތަ އިސްލާމް ދީންކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެކަންކަން މެނިފެސްޓޯގައި އޮންނަން ޖެހޭނެކަމަށެވެ. އަދި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވަން ޖެހޭނެކަމަށް ޤާނޫނު އަސާސީގައި އޮންނަކަމަށާއި އެހެންނަމަވެސް، އެކަންކަންވެސް މެނިފެސްޓޯގައި ލިޔުއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، އިދިކޮޅު ފަރާތްތަކަކީ "ޗާޓުން" ބޭރުން ކަންކަން ކުރައްވާ ފަރާތްތައްކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކަލޭ

    ކަލޭ ވައަކަން ކުރަމުން މީހުން މަރަމުން މީހުން ވަގަށް ނަގަމުން އެމީހުނަށް އިންސާފުނުލިބި ދުވާއިރު ﷲ އަށް ބިރުވެތި ވަންތަ؟ ހުންނަ ނުލަފާކަން ބަލާބަލަ

    • ބޭބެ

      "ކަލޭ"!! ހާދަ ރުޅިއައިސްފަ ތިހުރީ!! މިއަދު ބޯލަން ރީނދޫ ޖޫސްތައްޓެއް ނުލިބުނީތަ!! ދެން ރީނދޫ ޖޫސް ބަހަނީ ޔާމީނެއްނޫން!! ކަލޭ ތި ސަޕޯޓްކުރާ މީހުން އެބަހަނީ!! މިއަދު ރީނދޫ ޖޫސް ނުބޮވުނީމަ އެހުރިހާ ރުޅިއެއް މިބާލަނީ ޔާމީނަށް!! ދޮންކަލޯ ބުނަން ވާހަކައެއް ހަމަޖެހިލައިގެން ހަމަބިމަށް ފައިބާފަ ފުންކޮށް ނޭވާއެއްލާ!! ދެން މާތް ﷲ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަށް މަތިން ހަނދާންކޮށް ޝުކުރުވެރިވާ ޙާލު ތިމާގެ ބުއްދި އިސްކޮށްގެން ހެޔޮމަގުން ވިސްނޭތޯ ބަލާ!! މީހުން ދައްކާހާ ވާހަކަތަކަކީ އަދި މުޅިން ތެދުވާހަކަ ތަކަކަށްވެސް ނުވެދާނެ!! އެހެންވީމަ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާ!! ޔަމީނާ ދިމާލަށް ވަގަށް ގޮވަމުން މީހުން މަރާ އަދި ވަގަށްނަގާ މީހެކޭ ތިބުނަނީ ކޮންކަހަލަ ސާބިތު ހިފޭކަހަލަ މަޢުލޫމާތެއް ލިބިގެންބާއޭ އެބަ ހިތައްއަރާ!! މިކަހަލަ ސާބިތުނުހިފޭ ދޮގު ވާހަކަތައް ފަތުރާ ފިތުނަ ފަސާދަ އުފެއްދުމަކީ އިސްލާމްދީން ނަހީކުރާ ކަންތައްތައްކަން ނޭގެނީބާ!! ﷲ އަށް ބިރުވެތިވުމަށް ތިބާ ގޮވާލާއިރު ތިބާއަށް ތިހުރެވެނީ ކިހާ ހިސާބެއްގައި ތިބާއަށް އެނގޭބާ!! ހުރި ލަދު ޙަޔާތްކުޑަކަން ނިކަން ދެކިބަލަ!!

  2. ބޭބެ

    ހެހެހެ!! ރަގަނޅު ރައްދެއް!! އަޅުގަނޑު މިހާރު ބަލަން ބޭނުންވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ޓީވީއެމްއިން ބާއްވަމުން ގެންދާ ބަޙުސް ޕްރުގުރާމު ބަލަން!! މިއަހަރު އެޕްރޮގުރާމް އިންތިޒާމްކޮށްދެއްވާ ރައްޔިތުންނާ ހަމަޔަށް ގެނަސް ދެއްވާ!! އޭރުން އެޕްރޮގުރާމްގެ ތެރެއިން މުޅި ގައުމުގެ ހުރިހާ ރައްޔިތުންނަށް އެނގޭނެ ރައިސްކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ވިސްނުމާއި ކަންތައްތައް ހުރިގޮތް !! އޭރުން ފެންނާނެ ރަގަނޅު ބަހުސެއް!! އިބޫ އާ ފައިސަލް އަދި ޔާމީން އާ ޑރ.ޝަހީމް!! މިބޭފުޅުންގެ ބަޙުސް އަވަސްކޮށްދެއްވާ!! ތާވަލް ރައްޔިތުންނާ ހަމަޔަށް ގެނަސްދެއްވާ!! ޕީއެސްއެމް!!

  3. ހެހހެ

    ތާޢީދު! 2018 ޔަޤީން!

  4. Anonymous

    ވެރިންފިޔަވާ

  5. މާމިގިލީ މީހާ

    ބޮޑެތި ވެފަ ތީބޭ މީހުން ﷲއަށް ބިރުވެތި ވާކަށް ނުޖެހޭތަ...

  6. މަކޅޭ

    މަނިކުފާނުގެ ކިތަށް އަނގަ އޮވޭތަ އެއްފަހަރުބުނާނެ ލާރިކޮޅެއް ލިބޭއިރަށް ހިފާށޭ ހަރާމް ހަލާލެއް ބަލާނެކަމެއްނެތޭ އަނެއްފަހަރު ބުނާނެ ވައްކަން ކުރުމަކީ ތަބީއީ ކަމެކޭ ކޮރަޕްޝަނާ ނުލާ ސަރުކާރެއް ނުހިންގޭނޭ....ރައްޔިތުންނަށް އިނގޭ ތިބޭފުޅާގެ ފެންވަރު

  7. ދަލޭކަ

    ދެން މުސްކުޅިންނޯ

  8. ނިޔާޒު

    ބޮޑެތިވާ ކުދިންނާއި ބޮޑެތި ކުދިންވެސް

  9. ފިރުޓޭ

    ބަލަގަ އެހެން ބުނާ މީހާ ބިރުވެތި ވޭތަ؟

  10. ތުއްތު ބަބަ

    ވ. ރަނގަޅު ވާހަކައެއް! މިހާރު ގިނަ ކުދިން ބިރުގަންނަނީ މަނިކުފާނުދެކެ!

  11. އަޖުވަދު

    ދިވެހިންނަކީ އިސްލާމްދީން ޤަބޫލް ކުރިއްސުރެ، އިސްލާމީ ރިވެތި ޢުސޫލްތަކާއި އާދަތަށް ވަރައްރަނގަޅަށް ޤަބޫލްކޮށް އިޙްތިރާމްކުރަމުން އައިބައެއް. މާތް ﷲ އަށް ބިރުވެތި ވުމާއި ، އަޅުކަންތަށް އަދާކުރުމަށް އަހައްމިއްޔަތުކަން ދިނުމުގެ އިތުރުން ބޮޑަތި މީހުންނަށާއި ވެރިންނަށް އީޙްތިރާމް ކުރުމާއި އިސްލާމްދީނުން ނާއި މިކުޑަކުޑަ އިސްލާމީ މުޖުތަމައުން ކަނޑައަޅާފައިވާ ޤަވާއިދުތަކަށް ނުހަނު އިޙްތިރާމްކުރާބައެއް. ނަމަވެސް މިކަން ދެމިގެން ގޮސްފައިވަނީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެމް ޑީ ޕީ އޭ ކިޔާ ބައިގަނޑެއް އުފެދުނު ހިސާބާ ހަމަޔަށް. މި މީހުން ދިވެހިރާއްޖޭގެ ވެރިކަމަށް ދަހިވެތިވެގެން "ކޮންމެ އަގެއްގައި" ނަމަވެސް ވެރިކަން ހޯދުމުގެ ނިޔަތުގައި ވީދާލީ މިޤައުމު އެތައް ސަތޭކަ އަހަރެއްވަންދެން ރައްކައުތެރިކޮއްގެން އުޅުނު "އިޖްތިމާޢީ ފޭރާން". އެއާއި ހިސާބުން އެކަން ނިމުނީކީއެއްވެސް ނޫން. އަދި ހަމަ 2008 ގައި މި ބައިގަނޑު ވެރިކަމަށް އިސްވެ، ވަލީއުލް އަމުރަކަށް ހުރި މީހަކު ބޭރުގެ އެކި ޤައުމުތަކަށް ގޮސް ކީރިތި ރަސޫލާ އަށް ހަޖޫޖަހާ، އިސްލާމީ އުލޫލްތަށް މިޤައުމުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ. އަދި މިނިވަންކަމުގެ ނަމުގައި، ޓީވީ ޗެނަލްތަކުން މިފަދަ ޕްރޮގްރާމްތަކުގައި ދިވެހި ޅަދަރިންނަށް ފެންނަން އަދި އިވެން ނުވާވަރުގެ އަޙްލާޤީ ގޮތުން ދަށުދަރަޖައިގެ ވާހަކަތަކާއި. އެއްވެސް ޚިޔާލެއް ފިކުރެއްނެތި މީހުންގެ އަބުރު ކަތިލަމުން ދިއުމުގެ ނަތީޖާއަކީ ގޭތެރޭގައި އިންނަ ކުޑަކުޑަ ކުއްޖާވެސް ބިރެއް، ލަދެއް ޖެހިލުމެއްނެތި ކޮންމެ އެއްޗެއްވެސް ކޮންމެމީހަކާއި ދިމާއަށް ބުނުން ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި ވެގެން ދިއުމެވެ. މި ދެންނެވި އެމް ޑީ ޕީ އެގެނައި މިނިވަންކަމަކީ މިއީކަމަށް ވާނަމަ، އަހަރެމެން ތިޔަ ވިދާޅުވާ މިނިވަންކަމެއް ބޭނުމެއްނޫނެވެ.