ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ޔާމީން އާއި އެމަނިކުފާނުގެ ރަނިންގް މޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދަށް ތާއީދު ހޯދުމުގެ ގޮތުން ފުވައްމުލަކުގައި ސައިކަލް ބުރެއް ބާއްވަން ނިންމައިފިއެވެ.

މި ސައިކަލް ބުރު ފެށޭނީ މާދަމާ ހަވީރު 4:00 ގައި ފުވަމުލަކު ބަނދަރު ސަރަހައްދުނެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ސަޕޯޓަރުން މަގުތަކަށް ނިކުމެ ފޯރީގައި މަސައްކަތް ފަށާފައިވާއިރު އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ. ރައީސް ޔާމީން ރިޔާސީ ރޭހަށް ނިކުމެވަޑައިގެންނަވަނީ ރަނިންމޭޓްގެ ގޮތުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާ އެކުގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖެއަށް ގެންނާނެ އިންޤިލާބީ ބަދަލުތަކުގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ރައީސް ޔާމީން ވަނީ އިޢުލާން ކުރައްވާފައެވެ. އަދި ރަނިންމޭޓް ގެންދަވަނީ އަތޮޅުތަކުގެ ރަށްތަކަށް ދަތުރު ކުރައްވައި ކެމްޕޭންވެސް ކުރައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން މިވަގުތު ގެންދަވަނީ ތ.އަތޮޅަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.ޝަހީމް މިވަގުތު ހުންނެވީ ފުވައްމުލަކު ސިޓީގައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސުން

    މާޝާއަﷲ. އުފާވެރި ޙަރަކާތެއް. މިއިންތިހާބު ﷲތަޢާލާގެ އިރާދަފުޅާއި މިންވަރުފުޅުން ރައީސްޔާމީނަށް ކާމިޔާބު ވުމަށްމިންވަރު ކޮށްދެއްވާނދޭވެ. އާމީން.

  2. ޜަޙީމުބޭ

    ރަގަޅު! ވަރަށް އުފާވެއްޖެ! އިޚްލާޞްތެރިކަމާއެކު ތިއްބަވާ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރައްވާ! ދިވެހިރާއްޖެއަށް އޮތް ހަމައެކަނި ޙައްލަކީ އެއީ! އެއްކޮށް ހަލާކުކޮށްލާފައޮތް މި ރާއްޖެ އަލުން ބިނާކޮށް ފަސް އަހަރުން ގެނައި ބޮޑުކުރިއެރުމަށް ބަލާއިރު ތަރައްޤި ސިންގަޕޫރުފެންވަރަށް ދާނޭކަން ކަށަވަރު އިންޝާއަﷲ!