ހދ އަތޮޅުން ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމިން އާއި މެދު ހިތްހަމަ ނުޖެހިފައިވާ މިންވަރު ކަމަށް އިދުކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅު ގައި ފަހު މަންޒިލެއްގެ ގޮތުން ހދ ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ތިބި އިއްތިހާދުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިބޫ ވިދާޅުވީ "މިއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުން ފެނުނީ ރައީސް ޔާމިން އާ ނުރުހިފަވާ މިންވަރު" ކަމަށެވެ.

ހަނިމާދޫ އިއްތިހާދު ގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިބޫ ވަބީ އެރަށުގައި އޮތް ބައިނަލް އަގްވާމީ އެއާޕޯޓް ގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށް ވިދާޅުވެފައެވެ.

"ހަނިމާދޫގައި އެބައޮތް އެއާޕޯޓެއް. އެ އެއާޕޯޓް ބައިނަލް އަގްވާމީ އެއާޕޯޓަކަށް ވެސް ބަަދަލުކޮށްފި. އެހެންނަމަވެސް އެއާޕޯޓުން ލިބެންވާ ފައިދާ އާއި ނަފާ ލިބެމުން ދާތަނެއް ނުފެނޭ. އަޅުގަނޑުމެންގެ ވެރިކަމުގައި މި ސަރަހައްދުގެ އެއާޕޯޓާއެކު ލޯކަލް ޓޫރިޒަމް ތައާރަފްކުރުމަށް ބަޔަކާ މަޝްވަރާކޮށް އުޅުނީމު. އެހެން ނަމަވެސް ވަކި ހިސާބަކުން ވެރިކަން ބަދަލު ވުމާ އެކީ އެކަންއޮތީ ހުއްޓިފައި" އިބޫ ވިދާޅުވިއެވެ

އިއްތިހާދުގެ ވެރިކަމެއް އައިސްފިނަމަ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހދ ގައި ޓޫރިޒަމް މަސައްކަތްތަކަށް ރަށްތަށް ނުހެދި ހުރިކަން ފާހަގަ ކުރައްވަމުން އިބޫވިދާޅުވީ،" ލޯކަލް ޓޫރިޒަމް ގެ އިތުރުން ޓޫރިސްޓް ރިސޯޓްތަށް ހެދުމަށްޓަކާ ދޫކުރި ރަށްތަށް އެހެރީ ނުހެދި. އެހެންކަމުން އޭގެން ލިބެންވާ ފައިދާ ރަށްރަށަށް ނުލިބޭ. އަޅުގަނޑުމެންގެ ވެރިކަމުގަ އެރަށްތަށް ހެދުމަށް އިންވެސްޓް ކުރާނެ ފަރާތްތަށް ހޯދާ ފަރާތްތަކަށް ފައިނޭސް ހޯދުމަށް ސަރުކާރުން އެހީތެރިވެދޭނެ" ކަމަށެވެ.

އަދި ހަނިމާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކޮށްދެއްވުމުގެ އިތުރުން ރަތްޔިތުން އެދޭގޮތަށް އެ މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ހދ އަތޮޅަށް އިބޫ ކުރެއްވި ދަތުރުގައި ވަނީ މީހުން ދިރި އުޅޭ ހުރިހާ ރަށަކަށް ވަޑައިގަންފައެވެ. އެގޮތުން މިއަދު ނޮޅިވަރަމާއި ފިނޭ އަދި ހަނިމާދޫއަށް ވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހޫން

    މަ ގައިމްެ ހިތްހަމަ ޖެހޭ.. ތިި އެއްކަލަ ދޮގު ބުނަނީ

  2. ސސ

    ބަލަ ރަށްރަށް ދިޔައިމާ އިބޫ ފަހަތުން އުޅޭނީ އެމްޑީޕީކުދިން. އެއީ މުޅި ރަށުގެ ރައްޔިތުން ނޫން. އިބޫއަށް ހީވަނީ އެއީ ހާހެއްކަމަށްދޯ. ރަނގަޅަށް ވިއްޔާ ބަޔަކު ނުވެގެން ތިއުޅެނީ.

  3. ފަގުޑި

    ދޮގުަހަދާބައެއް ވާދަވެރިންނަކީ

  4. ސިތޫ

    ނަޝީދު ކައިރިން ދޮގު ހަދަން ޓިއުޝަން ނަގާ ސޮރެއްތަމީ؟ މައްސަލައެއްނެތް ކިޔުނު އެއްޗެއްކިޔާ ކަލޯޔަށް އޮތީ ދޮޅު އަހަރު. މިސޮރަށް ބުނަން ކެރޭނެބާ ތިމަންނަ ނަޝީދަށް ވެރިކަން ހަވާލު ނުކޮށް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރާނަމޭ؟

  5. ޝަރފު

    ތީ ހަމަ ކާމިޔާބެއް. ނަފުރަތާ ދޮގާ މަކަރާ ހީލަތުން ކާމިޔާބެއް ލިބޭނަމަ ތިއަށް ކިޔާނީ ކާމިޔާބު. މިހާރު ދެން އިތުރަށް ކެމްޕޭނުގެ ނަމުގައި އިސްރާފު ކުރުން ހުއްޓާލާފަ ކޭކް ފަޅާނެ ގޮތެއް ހޯދަން މަސައްކތް ކުރަންވީ. މިހާރުވެސް ނައިބު ކިޔާ ތަސްބީޙަ އަކާ ރައީސްގެ ވަޢުދަކާ ދިމާނުވާ ތާގަ ކޮށްދޭނެ އިތުރު ވަކި ކަެއްވެސް ނެތް.

  6. ނުރަބޯ

    އެއްވެސް އަތޮޅަކުން ނުވަތަ ރަށަކުން ރައީސް ޔާމީނާމެދު ހިތްހަމަނުޖެހޭނަމަ އެއީ ޝައްކެއްވެސް ނެތްގޮތުގައި ޒާތީކަމެއް. އެހެނީ ރައީސް ޔާމީނަކީ، ވަކި ބަޔަކަށް ކަންކަން ކޮށްދީފައި ބާކީ ވަގުތާއި ފައިސާ ހުރިއްޔާ އަނެއްބަޔަކަށް ކަންކަން ކޮށް ދިނުމުގެ އުސޫލު ގެންގުޅޭ ފަރާތެއްނޫނެވެ. ހަމަ ހުރިހާ އަތޮޅުތަކަށާ ރަށްރަށަށްވެސް ހަމަހަމަ ކަމާއެކު އެދަނީ ކަންކަން ކޮށްދެމުން ތަރައްގީ ފޯރުކޮށްދެމުންނެވެ. މިގޮތުން މިހާތަނަށް ތަރަށްގީގެ ފިޔަވަޅެއް ނާޅާ އެއްވެސް ރަށެއް އަތޮޅެއް ނެތެވެ. އެކި އަތޮޅު ގައި އެކި ރަށުގައި އެކި ވަރަށެވެ. މިހެންކަމުން މިފަދަ އެއްވެސް ކަމެއް ރައްޔިތުން ނަށް ކޮށްނުދެވި މުޅިގައުމުގެ މާލިއްޔާ ހުސްކޮށްލާފައި ފޭލްވެގެން ދިޔަ ބަޔަކަށް މިކަންކަން ހަޖަމު ކުރުމަކީ ވަރަށް ދަތިކަމެކެވެ.

  7. ޟާމީރު

    ރަށްރަށަށް ދިޔުމުން ނުކުތް މީސްކޮޅު މަދުވީމާ ޚަބަރުތެރޭގައި އެހެން ކޮންމެވެސްރަށަކުން ނުކތް ތަންފުކެއް ގިނަޢަދަދު ހިމަނައިގެން ޚަބަރު ދެއްކީ! ހަމަ ގައިމުވެސް ނެއިކުރެންދޫން ނުކުތީ ބާގާގެ މީހުނައެކު ފަންސަވީހަކަށްމީހުން. އެކަމަކު ޚަބަރު ދެއްކިއިރު ބައިގިނަމީހުން ތިބި ރަށްރަށުން ނުކުތް މީސްކޮޅު ދައްކަމުން ގެންދިޔައީ! ހދ ގެ ކޮންމެ ރަށަކުން ޖަލްސާއަށް ނުކތްމީހުން 100 އަށްވުރެ ގިނަނޫންކަން އެނގޭ!

  8. ހުސޭނުބޭ

    ލޯންޗަށް އަރުވައިގެން ހ.ދ އަށް ގެންދިޔަ ތިން ކެނަޔާ އަރާ ރަށުން އިތުރު ކެނަޔަކާ...... ހަތަރު ކެނަ ކައިރިޔަށް ލާފައި ތިބުނަނީ ހާދަ މޮޅު ވާހަކައެކެވެ.

  9. އަބްދުއްލާ

    ޔާމީނު ވެރިކަމަށް އައިސް ޖެހުނީ އެމްޑީޕީން ކަނޑާލި މުސާރަތައްދޭށާ އެމްޑީޕީ ސަރުކާރުން ނަގާފަ ހުރި ދަރަނި އަދާކުރަން. އެމްޑީޕީއާ މައުމޫނުގެ ދަރަނި 25000މިލިއންރުފިޔާ ޔާމީނަށް ދައްކަންޖެހުނު . މީގެ އިތުރުން އެމްޑީޕީ ގެވެރިކަން ނިމުނު އިރު ފިނޭންސްގާ ހުރި 2500 މިލިއަން ރުފިޔާގެ ބިލްތައްވެސް ޔާމީނަށް ދައްކަންޖެހުނު މިހުރިހާފައިސާގެ މައްސަލަ ހައްލުކުރަމުން ރާއްޖޭގަ އެތައްބިލިއްންރުފިޔާގެ މަސްރޫއުތައް ޔާމީނު ވަނީ ހިންގަވާފަ.އެތައް އިންވެސްޓަރުން ރާއްޖެ ގެނެސް އިންވެސްޓް ކުރުވާ އެތައްރިސޯޓެއް ހުޅުވުނު . އެމްޑީޕީ ސަރުކާރުން ބަގުރޫޓް ކޮށްލި ބޭންކް އޮފް މޯލްޑިވްސް ކޮޅަށް ޖަހަންޖެހުނު އެމްޑީޕީ ވެރިކަމުގާ ބަގުރޫޓް ކޮށްލި އެސްޓީއޯވެސް ކޮޅަށްޖަހަންޖެހުނު . އެމްޑީޕީ ވެރިކަމުގާ ބޭސް އެތެރެ ކުރަންބަޔަކަށް ދިނުމުގެ ސަބަބުން ރައްޔަތުންނަށް ބޭސް ފޯރުކޮށްދިނުން ދަތިވެފާ އޮތުނުން އެފަރާތްތަކުން ބޭސް އަތުލާ ރާއްޖޭގެ ހުރިހާރަށަކަށް ބޭސް ފޯރުިކޮށްދޭން ޔާމީނުގެ ސަރުކާރުންފެއްޓި . އެމްޑީޕީ ދުވަސްވަރު އުޅުނީ ނަރުހުން އަތަށް ލައްވާނެ އަންގިގަނޑެއްވެސް ނުލިބިގެންދޯ

  10. ފާގަ

    މީނާ 3 ދުވަސް ތެރޭ ހދ ގެ 13 ރަށަށް ދިޔަޔޯ. އެހެންވީމަ ވަރަށް ރައްޔިތުންނާ ބައްދަލުވެ އެމީހުންގެ އަޑު އެހިފަތާ ހުންނާނީ. ރަށެއްގަ ކިތައްމިނެޓް ހޭދަކުރިންތަ؟ 30 އަހަރު ހިންނަވަރު ދާއިރާ ގޮނޑި ހޫނުކޮށް ކުރަ ލީއިރު އެ ދާއިރާއަށް ކޮށް ދެވުނު ކަމެއް ބުނެބަލަ. މަކުރިން އިބޫއަށް އިޚްތިރާމްކުރިން އެކަމު މިހާރު ބުނެވޭނީ ނަޝީދުގެ ބޯއީ އެކޭ. މާރިޔާވެސް ބުނެފި އިބޫ އަކީ ޕަޕެޓެކޭ.

  11. ޝާނާ

    އިބޫ އަށް ރަށްރަށުން ކިޔަމުންދަނީ ފިނި މަރުޙަބާ އެކޭ ނުބުނަން ރައީސް ގެ ބޮލުގަ ތި ފާޑަށް އިލްޒާމް ނޭޅުވިޔަސް ހެޔޮ އަހަރުމެން މި ތިބީ ރައީސް ޔާމިން އާއި އެކު ޤަޢުމު އާ ހަރުފަތަކަށް ގެންދަން ތައްޔާރަށް އިންޝާﷲ އެ ދުވަސް ވެސް ދެން މާ ދުރަކު ނެތް!

  12. މުޙައްމަދު

    ޔަޤީން އެސޮރު އެބުނީ އޭގެ އިދިކޮޅައްކަން، އަހަރުމެންނަށް މިފެންނަ ފެނުމުގައި ތިބޫ ފަހަތުން އުޅެނީ، އޭނަޔާއެކު އަންނަ ވަފުދުމީހުނާ ރަށުތެރެއިން މަދު މީސްކޮޅެއް، 50 ވަރަކަށް މީހުން، އެހެންމަ އެފެންނަނީ ކޮންމަންޒަރެއް