ކާއްޓަށް ވަރަށް ބޮޑަށް ޖެހިފައި ވަނިކޮށް ބ. އޭދަފުށީގައި ރޯދަ ހަދިޔާއަށް ކޮންމެ ގެއަކަށް 30 ކާށި ދޭން ނިންމައިފި އެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު "ވަގުތު"އަށް ވިދާޅުވީ ކާށި ހަދިޔާއެއްގެ ގޮތުގައި ދޫކުރަން ނިންމީ ރޯދަ މަހު ރައްޔިތުންނަށް އެންމެ ފައިދާ ވާނެ އެއްޗެއްގެ ގޮތުގައި ވިސްނައިގެން ކަމަށެވެ.
އަދި އެއީ ކޮންމެހެން މި ދުވަސް ވަރު ރާއްޖޭގައި ކާއްޓަށް ޖެހިގެން އުޅޭތީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހަމަ ވަރަށް ގިނަ ގޭގެއަށް ކާށި ދޫކުރެވިއްޖެ" ފާތިހު ވިދާޅުވި އެވެ.
އެ ކާށިތައް ގެނެސްފައި ވަނީ ކައުންސިލްެ ބެލުމުގެ ދަށުގައި އޮންނަ ރަށެއް ކަމުގައިވާ މާއްޑޫއިން ކަމަށް ވެސް ފާތިހު ވިދާޅުވި އެވެ.
މާލޭގެ ބާޒާރުގައި ކުޑަ ކާއްޓެއް މިހާރު ވިއްކަމުން ދަނީ 12-10 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. އަދި ބޮޑު ކާޓެއްގެ އަގު ވަނީ 20-30 ރުފިޔާ އާ ދެމެދުގެ އަގަކަށް އުފުލިފައެވެ.
ބާޒޒާރުގައު ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިޔުމާ ގުޅިގެން އެސްޓީއޯ އިން މިހާރު ވަނީ ބޭރުން ކާށި ގެންނަން ވެސް ނިންމައިފައެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެސްޓީއޯ އިން ގެންނަ ކާށި ޝިޕްމެންޓް މި މަހު 27 ގައި ރާއްޖެ ވަންނާނެ ކަމަށެވެ.
ސަމާލުކަމަށް:
ކެންދޫ ކައުންސިލުން ހެސްކިޔާފަ ރަށުގައި ހުރި ރުއްގަސްތައް ކަނޑަނީ.. ރޔއްގަހުގެ ވެރިންނަށް އަންގާވެސް ނުލާ ބަދަލެއްވެސް ނުދޭ.
ތިޔަ އީ ބ. އަތޮޅު ހުރިހާ ރަ އްޔިތުންގެ ހަ އްގެ އް، އަދި ތިޔަ އީ އޭދަފުށި ކަ އުންސިލުން ކުރާ ވިޔާނުދާ ޢަމަލެ އް،
އެއީ ރަގަޅު ކަމެއް. އޭދަފުށި ކައުންސިލަކީ ނަމޫނާ ކައުންސިލެއް
ގެ އަކަށް 2 ކާށި ދިންނަމަ 3 ރަށަށް ބަހާލެވުނީސް
ޥަރަށް ބޮޑަށް އިންސާފާ ހަމަހަމަ ކަމުގެވާހަކަ ދައްކާ ދެތިން މީހަކު ތިޔަރަށުގަ އުޅޭނެ ކައުންސިލް ބެލުމުގެ ދަށުގަ އޮތުމަކީ އެރަށުން ލިބޭހާ ކާށި ގެނަސް ތިމާމެން ކާންޖެހޭކަމެއްނޫން
ޢަތޮލުގެ އެހެން ރައްރަށަށް ނުބެހީ އަމިއްލަ އަންބޮނޑި ބޮޑުކުރަންވެގެން ދެންވެސް ތިފަދަ ޖަރީމާތައް ހިންގާފަ ފޮނިވާން ނޫސްތަކުގަ ނުޖަހާތި ދެންހަޖަމް