އިދިކޮޅު ޕީޕީއެމް/ޕީއެންސީ ފިޔަވައި ސިޔާސީ ހުރިހާ ޕާޓީތަކުން ޖަމިއްޔަތުން ސަލަފް އުވާލަން މަސައްކަތް ކުރި ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއި މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރާއި އެޕާޓީގެ އިސް ބޭފުޅުން ސަލަފް ޖަމްއިއްޔާ އާއި ބައްދަލު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޖުމްހޫރީ ޕާޓީން ވަކިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމި ނަމަވެސް، އެ ޕާޓީ އަކީ މިހާރު އޮތް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

ޝުޖާއު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މިސަރުކާރުން މަސައްކަތް ކުރީ ސަލަފް އުވާލަން ކަމަށާއި މަޖިލިސް ކޮމިޓީގައި ޕީޕީއެމް/ޕީއެންސީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން މި ސަރުކާރަށް އެކަމާއި ތާއިދު ކުރި ކަމަށެވެ.

"ޕީޕީއެމް/ޕީއެންސީ އެކަނި މިކަމާ ދެކޮޅު ހެދީ. ސަބަބޚި ސަލަފަކީ ދިވެހި މުޖުތަމައު ބަލައިގަންނަ ޖަމިއްޔާއަކަށް ވާތީއާއި ސިޔާސީ ނުވެ ދީނީ އިލްމާއި ދީނީ ދަރުސްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ޖަމާއަތަކީ ސަލަފް އަށް ވުމުން" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަކީ އަބަދު ވެސް ދީނީ އިލްމުވެރިންގެ ހެޔޮބަސް އަހައި އެބޭފުޅުންގެ ލަފާ ކަންކަމުގައި ހޯދާ ޕާޓީއެއް ކަމަށާއި އެގޮތުން އެޕާޓީން ދެމިތިބޭނެ ކަމަށެވެ

އިސްލާމްދީނަށް ދައުވަތުދޭ، އިސްލާމް ދީން މަތިވެރިކޮށް ވާހަކަ ދައްކާ އިސްލާމް ދީނަށް ދިވެހިން ހޭލުންތެރިކޮށް ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔަތުލް ސަލަފް އުވާލަން މަޖިލީސް ކޮމިޓީގައި ގިނަ ސިޔާސީ ޕާޓީތަކުން މީގެ ކުރިން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛ

    އޭގެ ތެރޭގައި ރަނގަޅު މީހުން ތިއްބަސް ގިނައީ ހައްދުފަހަނަޅާގޮސް ތިބިމީހުން ތިމާބޭނުން މީހާކޮންމެގޮތަކަށް އުޅުނަސް އޯކޭ ޔާމިން ދައުރުގައި މިގައުމުގައި ހިނގިދީނާ ހިލާފުކަންތަ ވުރުވެ ބޮޑުކަންތައްތަކެއް މިގައުމުގައި ނުހިކާ އޭރުވެސް ތިސަލަފުއޮތް ނިދާފަ ދީނީ މީހުންނަކީ ކޮންމެމީހަކު ހުއްޓަސް ދީނާ ހިލާފު ކަންތައްކުރާނަަމަ ބަސްބުނަންޖެހޭބައެއް ތީހަމަ ސިޔާސީ ޖަމާއަތެއް

    3
    4
  2. ަސދްސދ

    ޔާމީނަކީ ދީނާއި ގައުމަށް ހެޔޮ އެދޭ ބޭފުޅޭއް.

    އިންޑިއާ މިލިޓަރީ ބޭރުކޮށްލަން ކުރި މަސައްކަތް ބަލައި ގަންނަން، އަދި އަރަބި އިސްލާމީ ގައުމުތަކާއި ބޭއްވި އެކުވެރި ގުޅުންވެސް ބަލައިގަންނަން.

    ނަމަވެސް މމޕރސ ކަންތައްގަނޑު އެއީ މައްސަލައެއް.

    4
    3