ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުން އޮންނާނީ ރަސްމީ ބަންދު ނޫން ދުސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:00 އަށް އެ މިނިސްޓްރީގެ އިސްލާމީ މަރުކަޒުގެ ލޮބީގައި ކަމަށެވެ. އަދި ކަދުރު ބަލާ ދާއިރުގައި އައިޑީ ކާޑު ގެންދިއުމަށް މިނިސްޓްރީން އެދެއެވެ.

ކަދުރު ބެހުން ކުރިއަށް ދާނީ މިއަދުން ފެށިގެން 06 އޭޕްރިލް ވާ ބުރާސްފަތި ދުވަހާ ހަމައަށެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ބަހާއިރު، ސައުދީން މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރުއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އެގޮތުން ރާއްޖެއަށް މިއަހަރު ސައުދީ ސަރުކާރުން ހަދިޔާ ކޮށްފައި ވަނީ 50 ޓަނުގެ ކަދުރެވެ.

.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    މި އަހަރު އެބަ އޮތް އިންތިޚާބު. މީގެ ކުރީ ހަތަރު 4 އަހަރު ދިން ކަދުރުކޮޅު ދިރުވާލާފައި ދެން ވަކި މި އަހަރު ތިޔެއް ތި ބެހުމުގެ މަކަރެއްވެސް އޮންނަންޖެހޭނެ.

  2. ނަޖީ

    މިވަގުސަރުކާރުއައިފަހުން ބަހާކަދުރަކީ ވަކިބައެއްގެ ތަރިކަޔަކަންހަދާފި ގާތްރަހުމައްތެރިންގެ ރިޒޯޓުތަކުގެ ސްޓާފުންނަށް ވެސް ދެނީ ނުވިތާކަށް ވިއްކަންވެސް ވިއްކަނީ ކޮބާތޯއަހަރުމެންގެހައްގު

  3. އިބޫ ސިޔާސީ ކޮށްލި ޞަދަޤާތް

    4 އަހަރުވީ އިރު ނުލިބުނު ކަދުރު މިފަހަރު ކެމްޕެއިނަށް ބަހާލަނީ ކޮންމެ އައިޑީ ކާޑަކަށް. އިބޫ މި ޞަދަޤާތް ވެސް ސިޔާސީ ކޮށްލީ..

    • ޑެނީ

      ކަދުރު ނުބެހިއަސް ރޯދަ ވީއްލާނެ އިރުއޮއްސޭ ބަންގި ގޮވާ އިރަށް

      3
      1
  4. Anonymous

    ކޮބާތަ ފާތުމަ؟ ނުދޭތަ ކަދުރުގައި ބަގުޑި ބައްދަން.