އައްޑޫ ސިޓީގެ ހަތަރު ރަށަކުން ދޫކުރަން ނިންމާފައިވާ 1،000 ގޯއްޗަށް 4،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ.

އައްޑޫން ގޯތި ދޫކުރަން ނިންމާފައި ވަނީ ހިތަދޫ، ފޭދޫ އަދި ހުޅުދޫ އަދި މީދޫ އިންނެވެ.

އެ ރަށް ރަށުން ގޯތި ދޫކުރަން ނިންމައި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުއެވެ.

އޭގެ ތެރޭގައި ހުޅުދޫއިން 2،000 އަކަފޫޓުގެ 100 ގޯއްޗާއި މީދޫން 2،000 އަކަފޫޓުގެ 100 ގޯއްޗާއި ފޭދޫއިން 1،500 އަކަފޫޓުގެ 300 ގޯތި ހިމެނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 4134 ފޯމް ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެންމެ ގިނައިން ފޯމްތައް ހުށަހަޅާފައި ވަނީ ހިތަދޫން ދޫކުރާ ގޯތި ތަކަށެވެ. އެގޮތުން ހިތަދޫގެ ކެޓަގަރީ އޭ އަށް 2،198 ފޯމް އަދި ކެޓަގަރީ ބީ އަށް 300 ފޯމް ހުށަހަޅާފައި ވެއެވެ. ދެން އެންމެ ގިނައިން ފޯމް ހުށަހަޅާފައި ވަނީ ފޭދޫން ދޫކުރާ ގޯތި ތަކަށެވެ. އެގޮތުން ފެދޫގެ ކެޓަގަރީ އޭ އަށް 887 ފޯމް އަދި ކެޓަގަރީ ބީ އަށް 181 ފޯމް ހުށަހަޅާފައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ ފޯމްތައް ޕްރޮސެސްކޮށް މިނިވަން ކޮމިޓީއަކުން އިވެލުއޭޓް ކުރުމަށް ފަހު ޖޫން މަހު ގޯތިތައް ހަވާލުކުރުމަށް މަސައް،ކަތް ކުރަމުންދާ ކަމަށެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރަން ނިންމައި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށެވެ. އަދި ދަންވަރުގެ ވަގުތުގައި އެކަން އިއުލާން ކުރުމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ.

އައްޑޫގައި ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑެވެ. އަދި އެ ސިޓީން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އައްޑޫން ކޭކު ފޮތި ޖަހަނީ !

  2. ގދ.ހަވަރު ތިނަދޫ ބިގަރު ކައުންސިލްގެ އިދާރާ މާލެ ދިވެހިރާއްޖެ

    އަޅުގަނޑު މޭޔަރު ޕްރޮފެސަރު ޑޮކްޓަރު އަލް އުސްތާޒު ރޯނުއެދުރު ސައުދު އަލީ ވަރަށް ސާފުކޮން މިބުނަނީ ތިނަދޫއިން ގޯތި ދުލެއް ނުކުރާނަމޭ އަޑު އިވިއްޖެތަ. އިބޫއަށް ތާއީދު ހޯދަން ތިނަދޫއިން ގޯތިދޭށޭ ރައީސް އޮގީހުން ބުންޏަސް ތިނަދޫއިން ގޯތި ދުލެއް ނުކުރާނަން. ގޯތި ދޫކުރަން އިއުލާނު ކުރާނީ އަޅުގަނޑު މޭޔަރު ޕްރޮފެސަރު ޑޮކްޓަރު ރޯނުއެދުރު ސައުދު އަލީ 2024 ގެ މަޖުލިސް އިންތިހާބަށް ކުރިމަތިލާ ކެންޕޭން ފަށާހިސާބުންނެވެ. މަޖުލިހަށް ނުހޮވިއްޖެއްޔާ ކުރިންބުނިއެތި ކެންސަލްވީއެވެ.

    • ހާޑޭ

      ސައުދު އަލީ މޮޔަފުޅުވެއްޖެ

    • ނަސީމު

      ސައުދު އަލީ އެއީ ގޮތްދޫނުކުރާ އަމިިއްލަ އެދުމާިގެން ފުރިފަހުރި ޖާނުން ބޮޑަސް ކުޑަ ސިކުނޑިއެއް ގެންގުޅޭ ކުޑަކޮން ހަމަނުޖެހޭ ގޮލައެއް

  3. ފިކުރެއްގެ ދިރުން ގދ.ތިނަދޫ

    މިހާރު ތިއޮންނަ ގޮތުން ކެޓަގަރީ ހެދީމާ މިވާގޮތަކީ ގިނަ ދަރިން ތިބޭމީހާއަށް ގިނަ ޕޮއިންޓް މިލިބެނީ ދެން އެމީބުންނަށް ގޯތި ލިބުނީމާ ދަރިންނަށް ހަރަދުކުރަމުން ގެހަދާނެ ފައިސާއެއް އަތުގައި ނުހުރޭ އެހެނަވީމާ ދޭ ގޯތިތަށް އޮންނަނީފަޅަށް. އޭގެބަދަލުގައި ގޯތި ނެހެދޭނެ ކެޓަގަރީ ވަކިކުރަންވީއެވެ އަދި އެކެޓަގަރީއަށް ރޯހައުސް އާއި ފްލެޓްދޭންވީއެވެ. އަދި ގޯތި ދޭއިރު ގުރުނަގާހިސާބަށް ދާއިރު އެޑްވާސްގެ ގޮތުގައި ވަކި އަދަދެއް ނެގޭގޮތަށް ހެދިދާނެއެވެ. ޢެޑްވާސް ނުދެއްކޭނަމަ ޝަރުތު ހަމަނުވީކަމަށް ބަލާށެވެ. ޢަދި ގޯތި ދިނުމަށްފަހު ވަކިމުއްދަތެއްގެތެދޭގައި ގޯތީގައި ދިރިނޫޅޭނަމަ ގޯތި އަބުރާ ކައުންސިލަށް ނެގޭގޮތަށް ގަވައިދު ބަދަލުކުރާށެވެ. ޢެހެންނޫނީ ފަޅުގޯތީގެ މައްސަލަ ހައްލެއްނުވާނެއެވެ.

  4. ރަން ރީނދޫ

    ފޯމް ލާފަ، ގަސްކަނޑާ ނިޒާރަށް ގުޅާށޯ. އޭރަށް ޕާޓީއަށް ބަލާފަ،ކޮންމެވެސް ރަނގަޅު އެއްޗެއް ދެނިކޮށް ،ބިމެއް ލިބޭނެޔޯ.