ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ދައުލަތަށް 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފިއެވެ.

އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލާގައި އެ މަނިކުފާނު ލޯންޑާ ކުރި ކަން ސާބިތުވި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދޭން ކޯޓުން މިދިޔަ މަހު އަމުރެއް ނެރުނެވެ.

އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައެވެ. ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން އަދި ވެސް ބަލައިގަތުމާމެދު ގޮތެއް ނުނިންމައެވެ.

އާރަށު މައްސަލަ ކޯޓުން ބަލައިނުގަނެ، ލަސް ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެކިއެކި ދުވަސްތަކުގެ މަތިން ވަނީ ހައި ކޯޓަށް ވެސް ގޮސްފައެވެ.

ރައީސް ޔާމީންގެ ވަކީލުން މީގެ ކުރިން ވިދާޅުވެފައި ވަނީ މި މަހުގެ ތެރޭގައި ހައިކޯޓުން މައްސަލަ ނިންމައި އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު، މި މަސް ނިމެން ބާކީ ފަސް ދުވަސް އޮތް އިރު، މައްސަލައިގައި ހުކުމަކާ ހަމައަށް ވާސިލް ވެވިދާނެ ކަމަކަށް ނުބެލެވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެލާ އާރިފް

    ތިމައްސަލަ އިސްތިއުނާފު ކުރުމައްވުރެން ބޮޑައް ރަނގަޅީ ދައުލަތުންނެގި ފައިސާ ދައުލަތައް ދެއްކުމައްފަހު ތައުބާވެ ކުރެވުނުކުށައް ރައްޔިތުންގެ ކިބައިން މަޢާފައްއެދުން، މިގޮތް މަނިކުފާނައް މާހެޔޮވެފަ ރަނގަޅުވާނެ، އުހުރަވީ ހަޔާތް ބާއްޖަވެރިކޮށްލަން މިއަށްވުރެން ރަނގާޅު މޫސުމެއްނެތް، ގާތުގަތިބި އައުވާނުން މަނިކުފާނު ވާވައްދަން ކެނޑިނޭޅި މަސައްކަތްކުރަމުން އެދަނީ، އެދުވަހުން އެތަނުން އެއްވެސް މީހަކަށް މަނިކުފާނަކަށް އެހީއެއްނުވެވޭނެ، އެމީހުންގެ ވަސްވާސްތަކާ ހިޔާލުތަކަށް ބޯނުލަބައި މަނިކުފާނުގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްލަން ހިތްވަރާއެކު މަސައްކަތްކޮށްލާ

    3
    5
  2. މޮހޮދޭ

    ޝަރީއަތް އަދުލުވެރި ނޫންކަމަށް އަތްތިލައިގެ ރޮގުތަށް ފެއްނަ ފަދައިން ފެންނައިރު ވެސް އެކަމަށް ރުހެވޭނެބާ.

  3. އަންނަނީ އަންނަނީ

    ޑރ މުހައްމަދު މުއިއްޒު އަކީ އިލްމީ ގާބިލް ބޭފުޅެއް
    މިހާރު މާލޭ ސިޓީގައި ހިންގާ މަޝްރޫއު ތަކަށް ބަލައިލުމުން ވެސް މިކަން ހާމަވާނެ
    މއއޒ2023. އިންޝާ ﷲ
    އިސްވެ ދުށް ކެރުމާއި މަންޒަރު ދައުރުވާ
    މއއްޒ ހޮވުމަށް ނިންމައިފީމޭ ވޯޓު ލާން
    މި ކޮމެންޓް ޖަހައިދޭން މި ސައިޓަށް ނުކެރުނަސް މީ ހަގީގަތް