ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރަޝާދު އަދާ ކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ސަރުކާރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ނިންމައިފިއެވެ.

ސަރުކާރުން ޕީސީބީ އަށް ފޮނުވާފައި ވަނީ އަމްރު އެސްޓީއޯގައި އަދާކުރައްވަމުން ގެންދަވާ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން ބޯޑު ޑިރެކްޓަރު ކަމުންނާއި ސީއީއޯ ކަމުން ވެސް ވަކިކޮށް ދިނުމަށް އެދިއެވެ.

ސަރުކާރުން އެދުނު ގޮތަށް އަމްރު މަގާމުން ވަކިކޮށް، އެމަގާމަށް އިތުރު މީހަކު އައްޔަން ކުރެވެންދެން އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމް އާއި ހަވާލު ކުރަން ޕީސީބީން ވަނީ ނިންމާފައެވެ.

އަމްރު ވަކި ކުރަން ޕީސީބީން ނިންމާފައިވާއިރު، ރޭ އޭނާ ބައިވެރިވެވަޑައިގަންނަވަން އޮތް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއް ވެސް ވަނީ ކެންސަލް ކޮށްފައެވެ. ނަޝީދުގެ ފެކްޝަން މެމްބަރުން ވިދާޅުވާ ގޮތުގައި އެ ބައްދަލުވުން ކެންސަލް ކުރީ ރައީސް އޮފީހުން އަންގައިގެންނެވެ.

އެކަމަކު، ޕީއެސްއެމް އިން އެކަން ދޮގު ކުރެއެވެ. ޕީއެސްއެމް އިން ބުނެފައި ވަނީ ޕްރޮގްރާމް ކެންސަލް ކުރީ ނޫން ކަމަށާއި އެހެން ދުވަހަކަށް ޝެޑިއުލް ކުރީ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ އާއި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އަމްރު އެސްޓީއޯ އިން ވަކި ކުރީ މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕޭނުން ފެށިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގައި އުޅުއްވަމުން ގެންދަވަނިކޮށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އަމްރު ތާއީދު ކުރެއްވީ ވެސް ނަޝީދަށެވެ. ޕްރައިމަރީން ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމީޔާބީ އަށް ފަހު ވެސް އަމްރު ހުންނެވީ ނަޝީދުގެ ފަޅީގައެވެ. އެމްޑީޕީގެ ތެރެއިން ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތަށް ވެސް އަމްރުގެ ތާއީދު ވަނީ ލިބިވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީ އާއި "ފިކުރެއްގެ ދިރުން" ގުޅިގެން މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، މަޝްވަރާއަށް ޖޭޕީގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނަޝީދު ފޮނުވި އެއް މަންދޫބަކީ ވެސް އަމްރެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ޖަވާދު

    ސަރުކާރު ވެއްޓޭކަށް މާގިނަދުވަހެތްނެތް !އެއްތަނބު ބިނދުނީ

    112
    14
    • ޙައްގުބަސް

      ވަގުން މިގެންދަނީ ވަގުން ވަކިކުރަމުން!! އަނެއްހެން ގޯހެއްނޫން!! ލައްކަ ގިނައިން ވައްކަން ކޮށް ބޭނުން ވަރަކަށް އަންބޮނޑި ބޮޑުކޮށްފަ އޮންނާނީ!! އަދި ވަގުން ކާލިވަރު ބަލާނެ ދުވަސް އަންނާނެ!! ބޮޑު ވަގުންގެ ޓީމެއް މިއޮތީ! ގާރޫނު ސޭޓްވެސް ހަތަރު އަހަރު ވަންދެން މިވަގުންގެ ޓީމާ ބައިއަތު ހިފައިގެން ހުރެ ގަދަޔަށް ކައިފަ ޅިސްޖެހުނީމަ ދުރަށް ޖެހިލާފަ މިހާރު އެގޮވާ އެއްޗެއް އެގޮވަނީ!!

      27
      6
  2. ހުސޭނުބޭ

    މަ އަޑުއެހިން ސޯލިބޭ ބުނާ އަޑު..... ތަފާތު ފިކުރުތަކާއެކީ މަސައްކަތްކުރެވޭނެ ހަމަ އެކަނި ޕާޓީއަކީ އެމްޑިޕީއޭ. ތަފާތު ފިކުރަކާ ޖެހޭއިރަށް ސޯލިބެ އެ އޮންނަނީ ބަނޑުކުކުރާތީ. ދެތިކި ޕީ

    101
    9
  3. ނަނަނަ

    ތަރިއެއްގެ އޮއްސުން...

    76
    12
  4. ނުއަތު ސިކުޑި

    އަމްރު ވަކިނުކޮއް ސީއީއޯ މަގާމް އަަށް އެހެން މީހަކު ލާފައި ކުންފުނީ އަމްރު ގޮޑި އެއް މޭޒެއް ނެތް ވެރިއެއް ގޮތުގައި ބެހެއްޓި ނަމަ މާ ބޮޑަށް ނަފްސާނީވެ ރަކިވެފަ ހުރީސް
    ސަރުކާރުގެ ތިޔަ ނިންމުން ވެސް ގޯހެއް ނޫން ތިޔަ އަންގާލީ ކަންކުރަން ކޭރޭކަން

    46
    54
  5. ޢަލީ

    ޅަސްވެއްޖެ ތިކަން ކުރަން

    52
    34
  6. ޜަނާ

    ލާދީނީ ބައިގަނޑު ދުވާނެ ނަޝީދުގެ ފަހަތުން ވަރަށް މަވެފަ ހުންނަ ގޮލައެއް ތިޔަ އަމްރަކީ

    54
    28
  7. Anonymous

    ކުރަން ލަސްވެފަވާ ކަމެއް. ތާއީދުނެތް މީހެއްގެ އަވާގައި ޖެހިފަވާ މީހެއް

    51
    35
  8. ރެޓޭ

    އެއްކުއްޖަކުވެސް ތިމާވަރު މީހަކު ނެތިގެން ނޫޅޭށެވެ. މިވެނި މީހަކު މިވެނި ދުވަހަކަށް ޖަލަށް ލާނަމޭ ނުބުނާށެވެ!

    56
    11
  9. އަފްސަނު

    މަގާމު އޯކޭ. މަގާމު ހަވާލު ކުރި ފަރާތް އޯކޭ އެއް ނޫން. އެހެންކަމުން އަމްރު މަގާމުގައި ހުރީ މަގާމުން ލިބޭ މުސާރަޔަށް ނޫނީ ނާޖާއިޒު ފައިދާއަކަށް ބާ؟ މިހެން މިބުނީ ކުންފުނިތަކުގެ މަތީ މަގާމުތަކަކީ ސިޔާސީ މަގާމުތަކަކަށް ވާތީ. މަގާމު ހަވާލު ކުރި ފަރާތުގެ ސިޔާސަތު ގަބޫލު ނުކުރެވޭނަމަ ސިޔާސީގޮތުން ތަސައްރަފު ފުދިފައިވާ މީހުންގެ ގޮތަކީ އިސްތިއުފާ ދިނުން

    44
    13
  10. ޟަނޓޭ

    ޅޮލް އަޅެ ކޯޅޭޝަންގެ ބައިވެރިންތައްވެސް ވަކިކޮއްބަލަ ސޯލިހަކައް ނުކެރޭނެ

    49
    6
  11. Anonymous

    الحمد لله

    32
    11
  12. ރެފްރީ

    ސޭޓުގެ ރަނިންސޭޓަކަށް ދިރުމެއްނެތްފިކުރުން އަމުރުވަނީ ހަމަޖައްސާފަޔޯ ؟؟

    29
    7
  13. ޛުހގހޔ

    ރަނގަޅު ނިންމުމެއް.
    އަމްރުވެސް ގަބޫލުކުރާނެ.

    33
    15
  14. ވިކިލީކްސް

    ތަރި އޮއްސިއްޖެ. މޮޔައީ... ބުއްދި ނެތީ... އަމްރު އަކީ ކުޑަކުއްޖެއް.... ސިޔާސީ ގޮތުން ބޮޑެއް ނުވޭ!

    32
    18
  15. ސުލޯސޯލިކު

    ސްލޯ ގޮލެއެއްކަން މި އެނގެނީ. އެތެރޭގެ އިންތިހާބުގެ ދިމާވި ކަންކަމުގެ އަދަބު ދޭން އަދި ކިރިޔާ ތިޔަ ރިއެކްޓް ކުރަނީ. އިންޓެނެޓް އެކްސްޕްލޯރާ ދޯ ތީ

    28
    13
  16. ޖަމިއްޔާ

    އަލްޙަމްދުލިއްލާހި. ޝުކުރިއްޔާ ރައީސް. ޝުކުރިއްޔާ ދިވެހި ޤައުމު.
    މިކަހަލަ ވަގުންނާހެދި އެސްޓީއޯއިން ވަނީ އެތައް ސަތޭކަ މިލިއަން ރުފިޔާ ގެއްލިފަ.

    33
    24
  17. އަލީ

    ވެއްޓެނީ.

    38
    11
    • ޑަން

      ލޮލް! އެއީ މާތާއީދު ބޮޑު މީހެއްވިއްޔާ

      20
      6
  18. ބުއްޅަބޭ

    ޕީ.އެސް.އެމް އިން ބުނާނެ އަަމްރު ރީ ޝެޑިއުލް ކުރީއޭ...

    19
    1
  19. މުހައްމަދު

    ސަރުކާރުގެ ކުންފުންޏެއްގައި ސަރުކާރާ ދެކޯޅުމިއްހެއް އެންމެ އިސްކޮށް ބަހައްޓައިގެން ކުރިއަށް ދާން މަސައްކަތް ކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ

    25
    8
  20. ހެ

    ތިކަން ކުރަން މާބޮޑަށްލަސްވެއްޖެ

    22
    11
  21. ރަބަރޭ

    ތިޔަކުރީ ވަރަށް ބަރާބަރު ކަމެއް އަމުރު އެއީ ބޮޑުވަޒީރު އަންނިގެ އެއްއަތް

    21
    9
  22. ބިއްލޫރި ބިރިޔާނި

    ސޮހޮލުބޭ ބުނާނެ ތަފާތު ފިކުރުތަަކާއެކީ މަސައްކަތްކުރެވޭނޭ. ކިހިނެއް؟ ތިއުޅެނީ އެއް ފިކުރެއްގެ ދެ ތަފާތާއެކު މަސައްކަތް ނުކުރެވިގެން.

    29
    8
  23. އަމްރު

    ބުނާތީ އަހަމެވެ. ކަނަކު އަތްދަށުވިޔަސް ފެތެމުންދާ އޮޑިއެއްގެ ރިޔާ ދަށުނުވާށެވެ.

    22
    2
    • ައޖ

      ރަގަނޅު ގޮތަކީ ފެތޭއޮޑިއެއްގެ ބަނޑުރިޔާދަށުގައި ވިޔަސް ކަނެއްގެ އަތްދޮށުނުވާށޭ.
      މިސާކަށް ފެތޭއޮޑި ( ސަރުކާރު )
      ކަނު މީހާ ( އަންނި )

      10
      3
  24. އިބްރާހިން

    ދެން ތިޕްރޮގްރާމެއް ނުދެއްކޭނެ، އެއީ މިހާރު އެމްޑީއެއްނޫން!

    20
    3
  25. ޢައްޑޫ

    ޢެމްޑީޕީ ކަޑަ ޕާޓީއެއް

    10
    2
  26. ބޮޑު

    މައުމޫން ގެ ވެރިކަމާ ހަމަ އެއްވެސް ތަފާތެއް ނެތް!

    15
    2
  27. ސިޔާސީ މަޤާމު ތަކަކީ ވަގުތީ އެއްޗެއް

    މަގޭ ބަސް ވިކޭ މީހެއް ވިއްޔާ، ކިތަންމެ މޮޅު ފާހެއް އޮތަސް ސިޔާސީ މަޤާމަކަށް ދާކަށް ލާހިކެއް ނޫނެވެ.

    14
  28. އުޒް މުޙައްމަދު އަޒުމީ

    ކިހިނެތްވީ އަނެއްކާ

  29. ރާކަނި ސައްތާރު

    ކޮބާ.އެމް.އޭސީއެލް ގެ ނާގާބިލް ރުންކުރު އެމްޑީ ޔައުޖޫޖު މައުޖޫޖު....އެސޮރު ސަލާމަތުންތަ ހުރީ..

  30. ރައްގުޑާ

    ސޯލިހުއަށް އާކުކުޅަކަށް ގާބިހެއް އެޅިފާ މިއޮތީ ! ރޯދަމަސް ނިމެންވާއިރަށް ބިސްތަށް ފީވަމުން ދާތަން މިފެންނަނީ

    13
  31. ހެހެހ

    ވަރަށް ލަދު ސަރުކާރެއް ، ދިވެހި ރައްޔިތަކަށްވިޔަސް ނުވާނެ ، ވަކި ޕާޓީއަކަށް ނިސްބަތް ވަންޏާއެކަނި މިތާ އުޅެންވީ ، އެހެން މީހުންނަކީ ކާފަރުން ، ކޮބާ ވަޒީފާގެ ބިރުނޫންކަމެއް ، ކޮބާ އަމިއްލަ ހިޔާލުގެ މިނިވަންކަން

    13
    3
  32. ދފދފދފދފދޒ

    އަލްހަމްދު ލިﷲ

  33. ދފދފދފދފދޒހ

    الحمد لله

    3
    2
  34. ާޑޭޢޜޭޭޜޭޜޭޓޭޓޓ

    ވަރަށް ރަގަލު ނިންމުމެއް!!! ސާބަސް އެއޮޢް ރިއެކްޓުކުރީނުން!!!

    8
    4
  35. އަމުރު

    ދައްކާ ވާހަކަ އަކާއި ކުރާކަމަކާ ދިމާނުވާކަން ތިއެގެނީ. އަމިއްލަ ޕާޓީ މެމްބަރަކު ޚިޔާލުތަފާތު ވީމާ ކޮއްލިވަރު. ދެން އިދިކޮޅު ފިކުރުގެ މީހުނަށް ކިހާވަރެއްކޮށްލާނެ. މީނަގެ ތަރިކަ މުދާ ގަޑެއްތަ މިއީ.

  36. ގެމަނަފު

    ސޯލިހު މިހިރަ ހުރެގެން އަޑިއަށްދަނީ މިކަލޭގެ މިހިރަގެނބެނީ ސަލާމަތްކުރާނީ ކާކުބާ ހަމަހިލާ މިކަލޭގެ ސަލާމަތްނުވާނެކަން މަޔަގީންކަން އަރުވަން.

  37. ޟޫސު

    ކޮވިޑްގަ އަތޮޅުގެ ބައެއް ރައްތަކަށް ކާޑުބެހިވާހަކަ ގެމަނަފުސި ކުއްޖެއް ފޭސްބުކުގަ ލިޔުނު. ޜަގަޅު އެކަމު އެހެން އަތޮޅުތަކައް ވެހިބާ. މުޅިގައުމުގެ އެސްޓިއޯ. ޕޮރޮވިންސް ގޮޑި ނެގިގޮތް މިހިރަ ފާޅައަރަނީ. ބަލައްޖެހޭ މައްސަލަތައް މިހުރީ.

  38. އިބްރަޙިމްބެ

    ސާބަސް އިބްރާހީމާ ސާބަސް. އެހެންވީމަ ޓީވީއެމްއަށް އަމްރުގެ އިންޓަވިއު ނުދައްކަން ވެސް ހަމަ އެންގީތާ.

  39. އަންނަނީ އަންނަނީ

    މުއިއްޒު 2023

  40. ސާބިތު

    ކިނބޫ ސޯލިހު އައް ނޭގުނީ ކޮންމެ އިންސާނަކަށް ވެސް ރިޒުޤު ދެއްވަނީ ﷲކަން.ދެރަ ކަންކަން