މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ހުރީ 111 އިންސައްތައިގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެގޮތަށް ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ލިއުމުން ހުށަހެޅުއްވި ސުވާލަކަށް ލިއުމުން ދެއްވި ޖަވާބެއްގައެވެ.

ބޮންޑެ ކުރެއްވި ސުވާލުގައި ވަނީ 2021 ވަނަ އަހަރުގެ ކަރަންޓު ޖީޑީޕީ ރޭޝިއޯއާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ. އަދި 2022 ވަނަ އަހަރަށް ލަފާ ކުރެވޭ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއާއި އަދި ދައުލަތުގެ ދަރަނި އެހާ ބޮޑުއިރު ދަރަނި ކުޑަކޮށް ރީސްޓްރަކްޗާ ކުރުމަކީ މުހިންމު ކަމަކަށްވާ އިރު ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވިސްނުން ގެންގުޅޭތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް މިނިސްޓަރު އަމީރު ދެއްވި ޖަވާބު އަމީން އާންމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވައިފައެވެ.

އަމީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ޑެޓް ޓު ޖީޑީޕީ ރޭޝިއޯ ހުންނާނެ ކަމަށް ލަފާކުރެވެނީ 111 އިންސައްތައިގައި ކަމަށާއި އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނީގެ 98 އިންސައްތަ އާއި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ 13 އިންސައްތަ ކަމަށެވެ.

އަދި 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީބީ ރޭޝިއޯއަކީ 118 އިންސައްތަ ކަމަށް އޭނާ ވިދާލުވިއެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނީގެ 100 އިންސައްތައާއި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ 18 އިންސައްތަ ކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ރޭޓިން އޭޖެންސީތަކުން ސަރުކާރު ސެެލެކްޓިވް ޑީފޯލްޓް ޜޭޓިންއަށް ޑައުންގްރޭޑް ކުރުން ކަމަށާއި އޭގެ ނަތީޖާއަަކަށް ވެގެންދާާނީ ދައުލަަތަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ރައްޖެއިން ބޭރުން ފައިސާ ހޯދުން ދަތިވުން ކަމަށެވެ.

އެހެންކަމުން އެންމެ ދަރަނި މެނޭޖުކުރުމަށް އެންމެ ރަނގަޅު މަގަކީ ދައުލަތުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެމްޑީޕީގެ ސަރުކާރަކީ ދަރަނި ނަގާ ސަރުކާރަކަށް ނުވާނެ. އިބޫ ޞާލިޙް 2018 ދެތިކި ޕީ

  2. މިއަދު

    އަމީރަށް ގައުމުގެ ދަރަނިބޮޑު ރައިސްސާލިހަކަށް އަމީރުދައްކަވާހަކަ ނޭންގެ މުސާރަތަކަށް މިގެންނަ ބަދަލުތަކައެކު މާދަމާ ޓީޗަރުންނުކުންނަނެ މުސާރަ ކުޑަވެގެން