ރ. އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ 51 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނީ އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ ދަށުން މަގު ބައްތި ހަރުކުރުމުގެ 89 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އަދި، ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ 40 އިންސައްތަ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އޭގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ ދުވާރު އެޅުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އަދި 2291.75 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 20.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ލ.ފޮނަދޫ މަގުތަށް މީ ކޮން އިރަކުން ނިންމަން ފެށި މަސައްކަތެއްތޯ ސާފުކޮށްލަދީބަލަ. ހެޔޮނުވާނެ.
ގދ ތިނަދޫ މަގުހަދަނީއޭ ކިޔައިގެން އުޅޭތާ 4 އަހަރު. ތާރު އަންނަނީ ތާރު އަންނަނީ.