ދިރިއުޅުމައިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރަން ރޭ ބޭއްވި ފޯރަމްގައި އިލްޔާސް ދެއްވި ތަގްރީރްގައި ވަނީ ރަމަޟާންމަހުގެ 11 ދުވަސް ވޭތުވެގެން ދިޔައިރު ތަގުވާވެރިވެ، އަދި ތައުބާވުމަށް މަސައްކަތްކުރެވުނީ ކިހާވަރަކަށްތޯ ސުވާލުކުރައްވާފައެވެ.

އައްޝައިޚް އިލްޔާސް މިފަދައިން ވިދާޅުވީ 7 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ” أَفَلَا يَتَدَبَّرُونَ الْقُرْآنَ ޤުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ.” މި މައުޟޫޢަށް ފޯރަމްގައި ތަޤްރީރުކުރެއްވީ އައްޝައިޚް އިލްޔާސް ޙުސައިން އަދި އައްޝައިޚް އަޡްމަތު ޖަމީލެވެ.

ކީރިތި ޤުރުއާނަކީ މުޅި އިންސާނިއްޔަތަށް މާތްﷲ ދެއްވި ހަދިޔާއެއްކަމަށާއި އެފޮތް ކިޔަވައި އެ ފޮތުގައިވާ ގޮތަށް އަމަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ވިސްނާ ފިކުރުކުރުމާއެކު ގުރުއާން ތިލާވަތު ކުރުމަކީ އީމާންކަން އިތުރުވެ، ހިތް ސާފުވާކަމެއްކަމަށް ވިދާޅުވިއެވެ. އަދި ވިސްނާ ފިކުރުކޮށް ގުރުއާން ތިލާވަތުކުރުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާކަމަށް ވިދާޅުވިއެވެ.

އެފޮތަކީ އީމާންކަމުގެ އަހުލުވެރިންނަށް އުފާވެރިކަން ދެއްވާ ފޮތެއްކަމަށާއި މި އުފާވެރިކަން ލިބޭނީ ވިސްނާ ފިކުރުކުރުމާއިއެކު އެ ފޮތުގައިވާ އާޔަތްތައް ކިޔައި، އެގޮތަށް އަމަލުކޮށްގެންކަމަށް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން އީމާންތެރިކަން އިތުރުވާކަން ފާހަގަކުރައްވާ މިފަދަ މާތް މައްސަރެއް ނިމިގެންދާއިރު ހިތްތައް އަލިވެ، ދޫ ފަސޭހަވާންޖެހޭކަމަށާއި މިއީ އެކަމަށް އެންމެ ރަނގަޅު ފުރުސަތުކަމަށް ވިދާޅުވިއެވެ.

ދަރިވަރުންނާއި މުޚާތަބްކުރައްވާ ޝައިޚް އިލްޔާސް ވިދާޅުވީ ކީރިތި ގުރުއާނުގައި އިންސާނާ އަމަލުކުރަންޖެހޭ ގޮތާއި އަމަލުކުރަން ނުޖެހޭ ކަންތައްތައް ބަޔާންވެގެންވާ ކަމަށެވެ. އެހެންކަމުން އެފޮތް ވިސްނައިގެން ކިޔަވަން ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.

ގުރުއާން ދިރާސާކޮށް ގުރުއާން ތިލާވަތުކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށް ވިދާޅުވެ، ދިރިއުޅުމާއިގެން ކުރިއަށް ދިޔަނަމަވެސް ފޮތުގައިވާ ގޮތަށް އަމަލު ނުކުރާނަމަ އެމީހެއްގެ ދިރިއުޅުން ދަތިވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ފޮތަށް ހަގީގީ މާނައިގައި އެނބުރި ރުޖޫއަވާން ޖެހޭކަމަށް ވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

އައްޝައިޚް އަޡްމަތު ޖަމީލު އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަނީ--ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ފޯރަމްގައި ތަގްރީރުކުރައްވަމުން އައްޝައިޚް އަޡްމަތު ޖަމީލު ވަނީ ކީރިތި ގުރުއާނުގެ މާތްކަމަށް ބައްލަވާލައްވާފައެވެ. އެގޮތުން އެ ފޮތަކީ އަބަދުވެސް ކިޔަވައި، އާޔަތްތަކަށް ވިސްނައި ފިކުރުކުރުމަށް މާތްﷲ ތާޢާލާ އަންގަވާފައިވާ ފޮތެއްކަމަށް ވިދާޅުވިއެވެ. މިއީ ބަލިތަކަށްވާ ޝިފާއެއްކަމަށާއި މާތްﷲ ހަތް އުޑުމަތިން ބާވައިލެއްވި މަތިވެރި ފޮތެއްކަމަށް ވިދާޅުވިއެވެ.

ފޯރަމްގެ މައުޟޫއަށް ބައްލަވަމުން "ގުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ." މިފަދައިން މާތް ﷲ ގުރުއާންގައި އަންގަވާފައިވާއިރު މި އާޔަތްތަކުން ގޮވާލަނީ ކޮންކަމަކަށްތޯ ޝައިޚް ވަނީ ސުވާލުކުރައްވާފައެވެ. ތަފާތު އާޔަތްތަކާއި ތަފާތު ޢިބާރާތްތަކުން މާތް ﷲ ކީރިތި ގުރުއާނުގައި މިފަދައިން ސުވާލު ތަކުރާރުކުރެއްވުން އެއީ އިންސާނާ ވިސްނަން ޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ގުރުއާނަކީ އެ ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމަށްފަހު ދޫކޮށްލަންޖެހޭ ފޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

ކީރިތި ގުރުއާނާމެދު ވިސްނައި ފިކުރުކުރުމަކީ މާތް ﷲ އެކަމަށް ޘަވާބާއި ދަރުމަ ދެއްވާނެކަމެއްކަމަށާއި ވިސްނާ ފިކުރުކުރާ މީހަކަށް މާތްﷲ ވޮޑިގެންވާކަމުގެ ހެކިތައް ފެންނާނެކަމަށް ވިދާޅުވިއެވެ. ޝައިޚް ވަނީ މާތް ﷲ އިންސާނާއަށް ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވާ ބައެއް އާޔަތްތަކުގެ ތަފްސީލަށް، މި ޒަމާނުގެ ސައިންސްގެ އަލީގައި ހޯދިފައިވާ ކަންތައްތަކުން މިސާލު ދައްކަވައި ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    މީ އަހަރުމެން މިހާރު ގަބޫލްކުރާ މީހެއް ނުން ތާކިހާވިެއްކި އެއް. ކަންނެލި ދޯނި.

    34
    • ޙައްގުބަސް

      މީނާ މިއޮތްހާ ދުވަހު ވީ ކޮންތާކު؟ މީނާވެސް މޫސުމަށް ތޮލަވީދޯ؟ މިއީ މިދީނީ ކާޑުކުޅޭ މީހުން!! ރައްޔޮތުންނޭ ކޮންމެ އިންތިޚާބަކާ ދިމާކޮށް މިފަދަ މީހުންގެ ދީނީ ވަޢުޠުތައް ވަރަށް ގަދަޔަށް އަޑުއިވޭނެ!! ޚާއްސަ މީނަ!! މީނާ ކުރިއަށް އޮތް ދުވަސްތަކުގައި ޖޭޕީގެ ޕޯޑިއަމަށް އަރާ ދީނީ ތަގުރީރުދީ ރޮޔެ ހަދާނެ!! ދިވެހި ރައްޔިތުންގެ ސިކުނޑިތަކާ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބާ ދިމާކޮަށް ކުޅެލާފަ!! އެކަން ކޮށްގެން ޖޭޕީން ލިބުނު ހަދިޔާއާއެކު މީނާ ވަނީ މެލޭޝިޔާގެ އެންބަސީން ވަޒީފާ ހޯދާފަ!! އެއީ މިސަރުކާރުން ދުނިޔޭގެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެންބަސީތަކަށް ތަނާ ނުބައްދަލުވަރަށް ސިޔާސީ މީހުން ލައިގެން އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކުރަން ގެންގުޅޭ ޖަރީމާގެ ތެރެއިން!! ދިވެހި ރައްޔިތުން ވަރަށް ވިސްނަންވާނެ!!

      24
  2. Anonymous

    ދެން މޫނު ބުރުގާ އެޅުން މަނާ ކުރުމާ މެދު ކީކޭތޯ ވިދާޅުވާނީ.
    އަދި ﷲގެ ފޮތަށް ޢަމަލު ނުކުރާ ބަޔަކާއި އެއްބައިވެ ވާގިވެރިވެގެން ހުރުމަކީ ކޮންކަހަލަ ކަމެއްތޯ

    38
  3. ޭއިލްމު ނެތް ހިމާރު

    ފޮތުގަ އޮތްގޮތައް އުޅެގެން ހުރީ އިމްތިހާނުތައް ކަލޭތިވަނީ ދީން ވިއްކާލާފަ އަދި އެ އޮޅުވާލާފަ ކަލެއަްްއް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ކަލޭ ހީކުރީ ދުނިޔެ ކައިން އަލިފާނުގަ ކެތް ކޮއްލެވޭނެ ކަމައްތަ

    33
  4. ކަހުރަބު

    ތި މީހާއަށްވެސް ދަތިވާނެތާ ތިހުރީ ފައިސާއަށް ބޫތުކައިގެން ދަލުބޭރުންޖެހި ފެންނަން ނެތް ސިޔާސީ ވަޒީފާއެއްގަވިއްޔަ

    36
  5. އަލީ

    ހެޔޮނުވާނެ އިލްޔާސްދެން އާއްމުގެތެރޭގައި ދީނީނަސޭހަތް ދެއްވަންނޫޅުއްވާ އެއައްވުރެން ކަލޭގެމުނާފިގުކަން މާބޮޑު.

    34
  6. އަލީ

    ފޮތުގައިވާ ގޮތަށް ތުބުޅި ޑިޒައިން ކޮށްފާ ތިހުރީ.

    33
  7. ހަސަން

    ދަބަޅޭ މިހާރު ތިޔަކިޔަނީ ކީއްކޭ ކާކު ދަބަޅޭ ދައްކާ ވާހަކަ އަހަނީ...

    28
  8. އހ

    ތީ މިހާރު ސިޔާސީ ވެގެން އަގުވެއްޓިފައިވާ ބައެއް. އަސްލު ދީނީ އިލްމުވެރިން ސިޔާސީ މީހުންނާ ބައިއަތު ނުހިފާނެ

    16
  9. ސުދޭސް

    ކަލޭދަށްކާވާހަކަ ގަބޫލުކުރާނީ ކަލޭ ދުއާދެއްވި ވެރެމީހާ މޮޔަފުޅުވީތޯ ބޭފުޅާ.

    17
  10. احمد

    ތިމާމެން ކިޔެވި އެއްޗަކާއި އެއްގޮތަށް ތިމާމެންގެ ނަފްސު ތަކުން ޢަމަލުކުރުން ދޫކޮއްލާ އެހެން މީހުން އިސްލާޙު ކުރަން އުޅުމުގެ ނަތީޖާއެއްގެ ގޮތުން ކަލޭމެންނަށް މިއަދު ތި ލިބެނީ މީސްތަކުން ލަޢުނަތް ނަުން ދެންކޯއްޗެއް ތޯއެވެ.

    17
  11. Anonymous

    ޝޭޚް ބުނީ ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ ލޭ އޮހޮރަމުންދާ އަދި މުސްލިމުންގެ މުދަލާއި މިސްކިތްތަކުގައި ހުޅުޖަހާ އަނިޔާވެރި އިންޑިއާގެ ހަރުކަށި ހިންދޫންނާ ގުޅުން ބާއްވާ ބަޔަކާއެކު އެއްގަލަކަށް ނާރާނެ ކަމަށް. މިހާރު މިއިން އެއްވެސް ކަމެއް ޝެއިޚަށް ފެންނަ ކަމަކަށް ވެސް ނުވޭ. އިވޭ ކަމަކަށް ވެސް ނުވޭ. އަދި ޝޭޚު ބުނި ޔަހޫދީންނާއި މުޝްރިކުންނަކީ މުސްލިމުންގެ މައްޗަށްވާ އެންމެ ބޮޑެތި ޢަދާވާތްތެރި ކަމުގައި ވެސް ޝޭޚު ބުނި. މެލޭޝިއާއަށް ދިޔަފަހުން ޝޭޚް ޑަބަލް ރޯލް މިފެންނަނީ، އަސްލު ޝޭޚް ވީނުވީއެއް ނޭނގި ގެއްލިއްޖެ. ފޮތުގައިވާ ގޮތަށް އަމަލު ކުރާ ޝޭޚު މެލޭޝިއާ އިން ގެއްލުވާލާފަ އޭނަގެ ކްލޯން އެއް މިފެންނަނީ. އެހެން ޔަހޫދީންނާއި މުޝްރިކުންގެ އަނިޔާވެތިކަނުގައި ޤަތުލުވެ ހަލާކުވެދަނީ ފޮތުގައިވާ ގޮތަށް ޢަމަލު ނުކުރާ އަޚުންނާއި އުޚްތުންނޭ ކިޔައިގެން މި ކްލޯން ޝޭޚް މޮޔަގޮވަން ފަށައިފި.

    11
    1
  12. ބަލާމީހާ

    މީނަގެ މޫސުމީ ވައިރޯޅި އިރުމަތިން އެބުރެން ފަށާފިއެވެ. ޑުވާކުރުމާއި ނަދުރު ބުނުމާއި ރުއިމުގެ އަޑު މި މޫސުމުގައި ފެންނާނެއެވެ. މީނަގެ އައުލާ ކިތައްމީހުންނަށް ބޮޑަތިބަލިތަކަށް ފަރުވާދިނުމަށް ބޮޑު ސޭޓްގެ މުއްސަނދިކަން ހޭދަ ކުރިތޯއެވެ. މުސާރައެއް ނެތް ޑިޕޮލޮމެޓިކް ޕާސްޕޯޓް ގެ ބާރު ބޮޑު ސޭޓާއި ޖެހުނީމަ އެގުންވާނެއެވެ. ލަދެއް ހަޔާތެއް މިމީހުންގެ ނެތެވެ.

  13. މޕ

    މިތާކުނެތް އިސްލާދީނާ އެއްގޮތައް އުޅޭ ފާޓީއެއް އެހެންވީމާ ބައިއަތު ހިފައިގެން އުޅޭނީވެސް އެކަހަލަ މީހުން.
    ގިނައީ ލިބޭ މަންފާއައް އުޅޭ މީހުން

  14. ޖާނޭ

    މުނާފިގުންގެ އަލާމާތްތައް ތިނެއްކަމުގައި ރަސޫލާ ހަދީސްކުރެއްބި ވާހަކަ އިލްމްވެރިންގެ ފުށުން އަހަން. އޭގެ ތެރެއިން ކިތައް އަލާމާތް މީނަގެ ހުރިތޯ ބަލައިދީބަލަ.

  15. ފާތާނިކެ

    އިލިޔާސަށް ހެޔޮއެދޭ ނަސޭހަތް. ވަގު ވަގަށް ތިޔަ ގެންގުޅޭ ހިލޭ އަންހެނުންތައް ދޫކޮށްލާ. ކާވެނި ކުރަންޏާ ކުރޭ ނޫނީ ދޮގުހަދައިގެން ނުގެންގުޅޭ. ތާއަބަދު ހާކައިގެން ހުރިހާ ކަމެއް ނިންމޭވަރަށްވުރެ ތިކަން އެނގޭ މީހުން ގިނަ ވެއްޖެ. ހުއްޓާލާ.

    • ފަހަރިބޭ

      ޛަރިޔާއިން ގެންގުޅެވެޔޯ. ޒަވާޖު މުތިއާ ފިކުރުގެ މީހެއް މީ

  16. އަހްމަދު އަލީ

    އިލޮޔާހަކީ ފޮތުގައި އޮތްގޮތައް ބުހުތާނު ދޮގު ހެދި މީހެއް. ނުބައި ނުލަފާ ފައިސާގެ އަޅެއް. ސީދާ ސިޔާސީ މަންފާއަށް ހައްގުބަސް ބުނަން ނުކެރުނު މީހެއް ލަދެއް ނެތި ސިޔާސީ މަގާމެއް ދޮގުހަދައިގެން ހޯދި މީހެއް އެކަމް މީނާ މިސްކިތުގައި ކުރިން ބުނީ މުރޫވަތު ކިޔާ އެއްޗެއް ނެތް މީހުންނަކީ ފާސިގުންނޯ މީދެން ކޮން އެއްޗެއް މިވެސް ހަމަ އެ. ތީތި ކަޑައޭ އިނގޭ

  17. ފަހަރިބޭ

    ބަލަ ކޮން ފޮތެއްގެ ވާހަކަ ކަލޭ ތި ދައްކަނީ؟ ދިވެހިންނަށް ކީރިތި ގުރްއާނާ އިސްލާމްދީން ރަގަޅަށް އެގޭ އަބަދުވެސް. ކަންނެލި ދޯންޏާ ރަތްޕާސްޕޯޓު ނެތަސް ދިވެހިންނަކީ އެމީހުންގެ ދީން ރަގަޅަށް ދަންނަ ބައެއް. އެމީހުން މަގުފުރައްދާ ދުއާ ދެއްވަން ކަލޭ އަންނާނެ ކަމެއް ނެތް. ޜައީސް މައުމޫނާ ސަލަފުގެ ޑރ އަލީ ޒާހިރު ފަދަ ދީނީ އިލްމަށް ފުންނާބު އުސް ބޭފުޅުން މި ގައުމުގައި އެބަތިއްބެވި.

  18. ޖާމުނަގަރް

    ފޮތުގައި އޮންނަ ގޮތުންބާ ދޯންޏެއް ހޯދީ // ބޮޑު މުސާރަ ތިހޯދަނީވެސް ފުތުގަ އޮންނަ ގޮތަށްބާ // ކަލޭ ތިދަށްކާ ވާހަކަތަށް ގަބޫލު ނުކުރެވޭ //

  19. އެޑިޓް

    ހަމަ ރިޔާސިީ އިންތިހާބު ކައިރި ވާ އިރަށް ހަރުން ނުކުމެ ކުޑަ ގޮހޮރޭ ކަންނެލި ދޯންޏޭ ކިޔަން ފަށާނެ..