ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވާ ރޫޓް ނިންމަނީ ދިފާއީ ވަޒީރު ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގައި ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އެގޮތުން މިދިޔަ މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުކުރެއްވި މޮޓޯކޭޑް ހުއްޓުވީ ދުރާލާ ރާވައިގެންކަމަށް ބެލެވޭތޯ އާއި އަދި އާންމުކޮށް މާލާގައި މުޒާހަރާކުރާ ރޫޓުން މޮޓޯ ކޭޑުން ރޫޓް ނެންގެވީ ގަސްދުގައި ކުރިކަމެއް ކަމަށް ބެލެވޭތޯ ސައީދު ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މާރިޔާ ވިދާޅުވީ މޮޓޯކޭޑްގެ މައްސަލަ މިހާރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ބަލަމުންދާކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ ރޫޓް ކަނޑައެޅުއްވުމަކީ ދިފާއީ ވަޒީރުގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވެ ސައީދުގެ ސުވާލަށް ސީދާ ޖަވާބު ދޭން އިންކާރު ކުރެއްވި އެވެ. "އެހެންވީމާ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ތެރެއިން އެ ތަރަހައިގެ ތެރޭގައި ހިމެނޭ ސުވާލެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" މާރިޔާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ރައީސް ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އަޅާފައި ވަނީ އެ ޕާޓީގެ އޮފީސް ކައިރިންނެވެ. ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު، ރައީސް މާލެ ވަޑައިގެން، މުލިއާގެއާ ދިމާލަށް ދަތުރުފުޅު ކުރެއްވީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށެވެ. އޭރު ޕީޕީއެމް ސަޕޯޓަރުން ވެސް ދިޔައީ އޮފީސް ދޮރުމަތީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލަމުންނެވެ.
ރައީސްގެ މޮޓޯކޭޑް އަންނަ ތަން ފެނުމާ އެކު، ޕީޕީއެމް ސަޕޯޓަރުންތަކެއް ރައީސްގެ ކާރުކޮޅާ ދިމާލަށް ދުއްވައިގަތެވެ. އަދި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލިފައެވެ.
ޕީޕީއެމްގެ ސަޕޯޓަރުން ހުރަސް އެޅުމުން ރައީސްގެ ބޮޑީގާޑުންނާއި ހަތިޔާރު އެޅި ސިފައިން ވެސް ވެހިކަލްތަކުން ފޭބިއެވެ. އެކަމަކު، މުޒާހަރާގެ ބައިވެރިން މޮޓޯކޭޑް ދިއުމަށް ފުރުސަތެއް ނުދިނެވެ. އަދި އެގޮތަށް ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު އޮންނަން ޖެހުނެވެ.
ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން މޮޓޯކޭޑް އަނބުރާލާފައި ދިޔައީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ.
އެ މައްސަލައިގައި ރައީސްގެ ސެކިއުރިޓީ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އެމްއެންޑީއެފްގެ ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ މުހައްމަދު ވަނީ ސަސްޕެންޑްވެސް ކޮށްފަ އެވެ.
އެކަން ކުރަނީ ދިފާއީ ވަޒީރުގެ ބެލުމުގެދަށުން ހިނގާ ދިފާއީވުޒާރާގެ ޑިޕާޓްމަންޓަކުން. އަދި ރައީސުލް ޖުމްހޫރިއްޔާގެ ސެކިއުރިޓީއަކީ އެމްއެންޑީއެފްގެ މައްޗައްއޮންނަ ގާނޫނީ ޒިންމާއެއް.
އެހެންވިއްޔާ ދެން ފަހަރަކުން ތޮށިގަނޑު މަތިން އަރައިގެން ގޮސް ފަޅުތެރެއަށް ވެއްޓިގަނެބަލަ!
މޮޓޯކޭޑް ޕީޕީއެމްގެ މުޒާހަރާއަށް ވަންނަން އުޅުނީ އިބޫގެ އޯޑަރަށެވެ. ބޭނުމަކީ އިބޫގެ ބޮޑާކަން ދެއްކުމާއި ޕީޕީއެމްގެ ކުދިންކޮޅެއް ގާނޫނުގެ ތެރެއިން ޖަލަށްލެވޭތޯބެލުމެވެ. ދުނިޔޭގެ އެއްވެސް ރައީސަކު މުޒާހަރާކުރާތަނަށް ދާކަށެއްނޫޅެއެވެ.
މާރިޔާ ބުނެބަލަ އިވާން ނަސީމް މަރުވިހާދިޝާގައި ބަޑިޖެހީ މައުމޫނުތޯ؟ ދެން އެދުވަހު މައުމޫނަށް ހެއްދެވި ނެހެއްދެވިއަށް ގޮވީ ކޮން އުސޫލަކުން ތޯ؟ ތީ ހަމަ ފިދަނައިންގެ ފާޑު ބަލާނީ ކަންކޮށްފަ ރެކެވޭތޯ؟ ސަމަދުބެއަށް ފުރައްސާރަ ކޮށް ޕޯޑިއަމް ގައި ވާކަހަ ދެއްދީ މި ޤައުމުގެ ޑިފެންސް މިނިސްޓަރ ތޯ މާރިޔާ ޖަވާބު ދީބަލަ؟
ޑިމޮކްރަސީގައި މޮޓޯކޭޑެއް ނޯނާގެ މަގުހިގާ ދުއްވާ މީހުން އެންމެން ހަމަހަމަވާނެ، މުޒާހަރާކުރަން ތިއްބާ ރައީސު ދުއްވާ ކާރު އެތާތެރެއްޔަށް ވަނުމަކީ ޑިމޮކްރަސީއާއި ހިލާފު ބޮޑުއަމަލެއް!
ދެން ބުނޭ އަންހެނަކަށް ވީތީއެވެ..
ކަލޭ ތީ ކީއްކުރަން ހުންނަ މީހެއް.ކަމެއްވެެއްޖެއްޔާ ދެނަހުރިކަމަކަށް ބެހޭ ކަމަކަށްވެސް ނެހެދޭ.ކަލޭ ހުރުމަށްވުރެން ނެތުން މާރަނގަޅު.ތީ އެއްވެސް ބޭނުމެއް ހިފޭ މީހެއްނުން.