ސިނަމާލެ ބްރިޖް އާއި ގުޅިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މާލޭ ބޮޑުތަކުރުފާނުމަގުގައި ތާރު އެޅުމުގެ އަމަލީ މަސަތްކަތް ފަށާފިއެވެ.

ބްރިޖްއާއި ގުޅިގެން ތަރައްގީ ކުރަމުން އަންނަ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅަން ފަށާފައިވަނީ ހުޅުމާލޭ ފެރީ ޓާރމިނަލް ސަރަހައްދުންނެވެ. އެ ސަރަހައްދުން ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު މެރީ ބްރައުން ސަރަހައްދުން ވެސް ބިންގަނޑު އެއްވަރުކޮށް ތާރުއެޅުމުގެ ކުރިންއަޅާ އޭބީސީ ލޭޔާއެޅުމުގެ މަސައްކަތް ދަނީ މިހާރު ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން އެމަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ. އެ މަގު ފުޅާ ކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ނިމުމުން ވެހިކަލްތަށް ދުއްވުމަށް ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެއެވެ. މާލޭ ރިންގް ރޯޑް މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރަށް މަގު ހެދިގެން އަންނައިރު އެ މަޝްރޫއުގެ ދަށުން 450 އެއްހާ ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ބްރިޖްއާ ގުޅިފައިވާ ބޭރު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނައިރު ބްރިޖްގެ މަސައްކަތުގެ ތެރެއިން މިހާރު އަންނަނީ އެންމެ ފަހުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ސީސީސީސީ ކުންފުންޔާ ހަަވާލުކޮށްގެން އަޅަމުން އަންނަ ބްރިޖް ގެމަޝްރޫއަށް ދުއިސައްތަވިހި މިލިއަން ޑޮލަރު ހަރަދުވެެއެވެ. ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.

ހައުސިން މިނިސްޓްރީއިން ހާމަކުރިގޮތުގައި ބްރިޖް ގެ މަސައްކަތް ނިމެންވާއިރަށް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ މަސައްކަތް ނިންމާލެވެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ޔާމީނު ސަރުކާރު ހާދަހާވާ އަނިޔާވެރިއެވެ. މިހާރު އަނިޔާވެރިކަމުގައި ތާރުއަޅަނީއެވެ.

    • އަލީ

      ހެހެ

    • ހހެހެ

      މިހާރު އެ އަނިޔާ ކުރަނީ ބިމައް އަދި ހިލައަށް.

  2. ބަދި

    ރާއްޖެ އެންމެ ތަފާތު ކުރުން ބޮޑު ގައުމު ގިނަ ރަށްރަށުގައި އަސާސީ ހިދުމަތް ނުލިބޭ..ރާއްޖޭގެ ބައެއް ރަށުންގެ މަގުގުގައި ތާރުއަޅާ މަގު ހަދާ ..

  3. Anonymous

    ސާބަހޭ ރައީސް ޔާމީން، ތިޔައީ ރައީސުންނަކީ، ތިޔައީ އަހަރުމެން ރައްޔިތުން އެއްމެބޭނުން އެއްތަރައްގީ، މަނިކުފާނަށް ރައީސުކަމުގެ ތިރީސް އަހަރުވެސް ދޭން ބޭނުން، ހުޅުމާލެއާ ދެމެދު ދަތުރުކުރާއިރު ހާދަދަތިތައް ކުރިމަތިވެޔޭ، ފެރީދޯނިން ޓިކެޓްގެ ދަތިކަން، ކަނޑުދަތުރުގަ ބޯއަނބުރާ ހޮޑުލުގެ ބަލިކަންފަދަ އުނދަގޫތަށް، ﷲގެ އިރާދަފުޅުން ދެން ރްއްޔިތުން ހުޅުމާލެއަށާއި/ ހުޅުލެއަށް ދަތުރުކުރާނީ ބުރިޖުމަތިން އޮމާންކަމާއެކު ވެހިކަލް ދުއްވާފައި، އެދެނީ ވީހާވެސް އަވަހަށް ތިމަގު ނިންމާލާފަ ބުރިޖު ހުޅުވާދެއްވުމަށް، ހެޔޮވިސްނޭ ރައްޔިތުން މިތިބީ އިންތިޒާރުގަ ކެތްމަދުވެފައި، ހަޖަމުނުވާ ބަޔަކު ކޮންމެ އެއްޗެކޭ ބުންޏަސް،

  4. ނައްލަބެ

    އަދުގެ ރައީސް ޔާމީން ގެންނަ ތަރަށްގީ ފެނިފަ އިދިކޮޅޭ މެން ހައިރާން ވެއްޖެ .