ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބޭރު ކޮށްލައިފިއެވެ.
ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ.
މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް އޭރު ގެންދިޔަ ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.
އެމީހުން ދޫކުރިނަމަވެސް، ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން ހުށަހަޅާފައިވާއިރު، ޕީޖީ އޮފީހުން އެ މައްސަލާގައި ދައުވާކުރީ ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާންގެ މައްޗަށް އެކަންޏެވެ. އެއީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންނެވެ.
އޭނާގެ މައްޗަށް ވަނީ ޖިންސީ ގޯނާއެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
އެމައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ. ނަމަވެސް ކޯޓުން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މަދަނީ މިންގަނޑުން ބަލާއިރު، އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މައްސަލަ ބޭރު ކޮށްލާފައެވެ.
ބޭރުކޮށްގެން ތިބޭ ބޭރުކުރިބަޔަކާއި ތިޔަހުރިހާ ރޯޔަލް މީހުންތަށް ހަށްޔަރުކޮށް މަށްސަލަބަލާނެ ދުވަސްކައިރިވެއްޖެ މިހާރު އުފާކުރޭ ފަހުން ނަގާރާޅު ބޮޑުވާނެ.
ތިއޮތީ ޖުޑިސަރީއައް އަތާފަޔާ ބޯވެސް ބާނާފަ
ރޯޔަލް ރޭޕް ވީމާއޯކޭ ވާނެ. މީގެން ފެނި ހާމަމިވީ ސޯލިހުގެ ފެންވަރު . އަދުލު އިންސާފައްއަތް ބާނާ ވަރު
މޑޕ އަކީ މިގައުމުގެ ހަލާކު.
ދެން ފަހެ ދަންނައެވެ. ސަފާރީ ރޯޔަލް ރޭޕް ކޭސް ހިނގީ ކޯޓުގެ ފަނޑިޔާރުން ކުރިމަތީގައިކަމުގައިވިޔަސް އެ ކޭހުގެ ހެކި ނެތިގެން ބޭރުކޮށްލާނެކަން ޤައިމެވެ. އެހެނީ ފަނޑިޔާރުން ޤަބޫލުކުރަނީ އެމީހުންނަށް ކާންދެނީ ހިންނަވަރު އިބްރާހީމްކަމުގައެވެ.
ރޯޔަލް ރޭޕްކޭސް ނިމޭނީ ރިހެންކަން ގިނަ ރައްޔިރުންނަށް އިނގޭ
މިހާރު މިޤައުމުގައި ނެތް އިތުބާރުކުރާނެ އެއްވެސް ތަނެއް ، މިވަރު ޤައުމެއްނެތް ، އިސްލާމީ ޤައުމެއްގެ ލަޤަބު އޮތަސް އެކަމުގެ އެއްވެސް ކަމެއް މިއަދު ނުފެނޭ
ސޯލި ތިއޮތީ ކޯޓްތައް ރޭޕް ކޮއްފަ ލޮލް އަދުލު އިންސާފޭކިޔާފަ މީތިފަހަރު ރައްޔިތުންގެ ކުރިމަތީ އަނގަފޭކުރަން ލަދު ނުގަންނަކަން