ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ގަނެގެން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ހޮވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވަނީ ފިރުޝާން އެ ގަރާރު ހުށަހެޅުއްވުމުން އޭނާ އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ފިރުޝާންއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ގުލާމެއްތޯ" އާއި ހަގީގަތުގައި ވެސް ފިރުޝާންއަކީ ހުވަދޫ ބޭފުޅެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ޖާބިރުގެ ފާޑު ކިއުން ދެން އަމާޒުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އަދި ވަރަށް ހުތުރުކޮށް ނަޝީދަށް ބަހުގެ ހަމަލާ ދެއްވިއެވެ.

ޖާބިރު ވިދާޅުވީ ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ނަޝީދު ވަނީ އޭނާގެ އަތުން ފައިސާ ނަންގަވާފައި ކަމަށާއި އަދި އެމަނިކުފާނު ފެއިލްވަފައިވާތީ ގޮނޑިން ފައިބަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ރައީސްކަން ދޭން އޭނާގެ ތާއިދު އެބައޮތް ކަމަށެވެ.

ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވާނީ އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ވެސް އެއްބާޜުލުމާ އެކުގައެވެ.

"ވޯޓު ގަނެގެންވެސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވާނަމޭ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަޅުގަނޑު އަންނަން ތައްޔާރުވެއްޖައިމޭ. އަންނި ޖެހޭނީ ފައިބަންށޭ. މަޖިލިސް ނުބައިކޮށޭ ގެންދަނީ މިހާރު. އަޅުގަނޑު މިހާރު ބޭނުމެއް ނޫނޭ މަނިކުފާނު ތި ގޮނޑީގައި އިންނާކަށެއް" ޖާބިރު ވިދާޅުވިއެވެ.

ނަޝީދު އިސްތިއުފާ ދެއްވަން ޖާބިރު ގޮވާލެއްވި އިރު ރައީސް ސޯލިހު އިސްތިއުފާ ދެެއްވަން ވެސް ޖާބިރު މީގެ ކުރިން ގޮވާލައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މަވޯޓާ

    މިޔަދު އިރުއެރިލެއް އަވަސްވީ ދެއްތޯ؟ ކޮބައިތޯ ކޭބަލް ކާރާ ކާށިދޫ ފަޅުތެރޭ އަޅަންބުނި ރިސޯޓް

    24
  2. އައްމި

    ލާރި ދިނަސް މިހާރު ތިކަމެއްނުވާނެ، ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަން ކުރި އިރުވެސް ތި ޖާބިރުވެސް ތިހުރީ ބަލަހައްޓައިގެން، ރައްޔިތުން ގުބޯ ހައްދާނެ ކަމެއްނޫން، މިސަރުކާރަށް ރަގަޅު ފިހާވަޅެއް ރައްޔިތުން ދޭނެ، ރައީސް ޔާމީނުއަށް ނުހައްގުން ދޭ އަދަބުތަކަށް މަ މިހުރީ ވަރަށް ވިސްނައިގެން، މިސަރުކާރު ބަލިކުރަން،

  3. ަސްއްދއ2

    މިކަލޭގެ ފެންނަ ކޮއްމެފަހަރަކު އަހަރެން ހިތައްއަރާ ދިޔާނާ މިކަލޭގެއާއި އެކު ހިފަހައްޓާލީ ހާދަ ހިތްވަރު ހުރީމައޭ.

  4. މުހައްމަދު އަހްމަދު

    މި ޖާބިރު ފާޅުގައި ރިޝްވަތު ބަހާ ވާހަކަ ދެއްކީމާ ވެސް ޑރ އިޔާޒުމެން ހަމަ އަތްޖަހަން.

  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ އެހުރީ ކަނޑުގުރުވަ ނޫނީ ނުކާށެވެ. ނަމަވެސް ޢިބޫ އަށް މި ލިބެނީ ހައްތާވެސް ޖާބިރު ފަދަ "ބޭފުޅުންނެވެ". "ކަނޑުގުރުވަ ނޫނީ ނުކާން އިން މާކަނާ" މަރުވީ ކުނި މީދަލެއް ކައިގެންނެވެ.

  6. މުހައްމަދު އަލީ

    ޖާބިރެކޭ އިބޫއެކޭ އަންނިއެކޭ ގާސިމެކޭ މީ އެކައްޗެއް.

  7. ބެއްޔާ

    ޖާބިރު ތިހެން ނުބުނޭ! ކިތަންމެ ގިނަ ފައިސާއެއް ބެހިއަސް ﷲއެކަމެއް ނުނިންމަވަނީސް އެއްވެސްކަމެއް ނުވާނެ.

  8. ބޮޑުވަޒީރު

    މިހާ ހާމަކަން ބޮޑުކޮށް މިވާހަކަ ދައްކާއިރު ކޮރެޕްޝެން ކެމިޝެނެކީ ކިޔެއްކުރާ ބައެއްތޯ ބަލާލަދީބަލަ ކޮންމެވެސް ކުއްޖެއް.

  9. ރުކުމާ

    މީ ބޮލުރޮދި ކެނޑިފައި ތިބި ދެބޭކަލުން ކިޔޭއެއްޗެ ބުނެވޭ އެއްޗެއް ހަރާން އެކަކަށް ފަހުން އިޙްސާސް ނުވޭ އިބޫ ތަޖަލަށް ލާނެ ހުރިހާ ވަޒީރުން ސޯލިހުގެ ބޮލަށް ހުރިހާކަމެއް ކަނޑާނެ
    މިހާރު ތިޔަހުރީ މަޅީގައި ރަގަޅަށް ޖައްސާފައި ދެނެއް ސަލާމަތެއް ކަލޯޔަނުވާނެ ވެރިކަމަކީ ވަރަށް ހިތި އެއްޗެއްކަން މިއަހަރު އެގިލައްވާނެއެވެ.

  10. ޒިންދަގީ

    އިސްކޮޅު ކުރުމީހަކަ ލައިގެން ތިޔައުޅެނީ ވަރަށް ބޮޑު ލަޑެއްދޭނެ އަލީޕީ އިބޫގެ ދުވަސް ދުއްވާލާނެ އެސޮރު ވަރަށް ރަގަޅަށް އެހެރީ ދޮންވެ ފައްކާވެފައި ސަލީގޮތަށް ސޯލިހު ދުއްވާލާނެ

  11. ހަސަނު

    ރޯދަ މަހު ރޯދަހިއްޕަވަން ހާރު ކާގަޑީގަވެސް ބަނގުރާ ބޭނުން ކުރީމަ ވަ ގޮތް މީ!

  12. ފިރުޝާނުގޮފި ތިނަދޫ ދާއިރާ

    ކަލޯ ލޮލީ ޖާންޓޭއެވެ. ކާށިދޫ ދާއިރާގެ މީހުންނަށް ލާރިކޮޅެއްދީގެން ތިކަހަލަ ބޯހަމަނުޖެހޭ މީހަކު މަޖުލިހަށް ހޮވާދިނަސް މަޑަވެލީ ދާއިރާ ލާރިއަށް ނިކަން ގަނެލަބަލާށެވެ. މަޑަވެލިން 67 މީހުން މިފަހަރު ވަޒީފާއަށް ނެގީމާވެސް ޕްރައިމަރީގާ އޮތީ ދަށުގައޭ ހޯޑެއްދޫއިން 55 ވަޒީފާ ދިނީމާ އޮތީ އަދި މާދަށުގައޭ. ތިނަދޫއިން 120 ވަޒީފާ ދިނީމާ 49ގަޑުގެ ތަފާތަކުންނޭ ކަލޯމެން މޮޅުވީމާ އެއީ ލައްކަ މޮޅުތަކެކޭ ހީވިޔަސް އެއީ މޮޅުވުމެއް ނޫނޭ. ޕްރައިމަރީގާ ބޮލަކަށް 10000 ދީފާވެސް ތިނަދޫއިން މީހުންލައްވާ ވޯޓުއަޅުވަން ކަލޭމެން އުޅެނޭ އެކަމަކު ކަލޭމެން އަތުން ލާރިނަގާފާވެސް އަހަރުމެން ބޭނުންވާގޮތަށޭ ގަނޑު އަޅުވާފަ އޮންނާނީ. ކަލޯ ތިއީ ހުވަދޫ މީހަކަސް ތިނަދޫއާއި މަޑަވެލީ ދާއިރާއަށް ކަލޯ އަދި އާވާނެ. މަޖުލިސް ތެރޭގަ ނަޝީދުއާދިމަލަށް ފުއްޕިޔަސް ތިނަދޫ މަޑަވެލި ދާއިރާއަށް އަރާ ތިހެން ފުއްޕަނިކޮން ކަލޭ އޮންނާނީ ބޮއެއްހެން ފުފި ފުފި މޫދުގައިކަން ހަދާން ކުރާށެވެ. އަހަރުމެންނާ ވާހަކަ ދައްކާއިރު މީހާހުރީ ބޮއެގެންތޯ ނުބޮއެތޯ ނުބަލާނަން ފުއްޕީ އެއްލާލީ މޫދަށް ސާފުވެއްޖެތަ

  13. ޒާރޭ

    މަވެސް ރުފިޔާ ދެންޏާ ވޯޓް ދޭނަން އަންނާތި އަހަން ގޯއްޗަށް ރުފިޔާ ހިފައިގެން..

  14. ހިނު

    އަންނަން އޮތް ޖީލުތަކަށް ރިވެތި މިސާލެއް ދެއްތޯ، ބޭފުޅާ؟

  15. ދޮންބެ

    ތި ޖާބިރުއަކީ ހަމާގަ ހުންނަމީހެއްނުން އަބަދުވެސް ހުންނާނީ ކެޑިފަ ދެލޯ ރަތްވެފަ ހިތައްއަންނަ ކޮންމެ ވާހަކަ އެއްވެސް ދައްކަފާނެ ..

  16. ާަމަރީ

    ކީއްކުރަން ވޯޓް ގަންނަނީ... އިންތިޙާބު ގަނެލަބަލަ..

    3
    1
  17. މުޖުތާޒު

    ޢިރެއްގަ ޖަބިރު ތިހެންވާހަކަދެއްކީމަ އެކަންގަބޫލުކުރެވެއެވެ. ޏަމަވެސް މިހާރު އަތުގަ ގޯއްޗެއްނެތް އަދި ވިއްކާނެ ރިސޯޓެއްނެތްމީހަކު ވާހަކަ ދެއްކިޔަސް ގަބޫލެއްނުކުރެވޭނެ

  18. ދިދަ ދަނޑި

    ވޯޓުން ވައްކަން ކޮށްގެން ނޫން ގޮތަކަށް ތިކަމެއް ނުވާނެ…

  19. މޮޔަމީހާ

    މަޖިލިސް މެމްބަރު ވޯޓު ގަންނަވާހަކަ ދެއްކަނީ ބޮޑު ޖޯކެއް،