ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ކުޅުދުއްފުށީގައި ފަޅުތެރޭގައި އޮތް ޑިންގީއަކަށް އަރައިފިއެވެ.

މިހާދިސާ ހިނގީ ރޭ 22:30 ހާއިރު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މަންޒަރުދުއް މީހުން ބުނީ މިއެކްސިޑެންޓް ހިނގާފައިވަނީ ރޭސް ޖެހި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ކަމަށެވެ.

ފަޅުގައި އޮތް ޑިންގީއަށް އެރި ސައިކަލު ރޭސް ޖެހިއިރު ދެމީހުން ސައިކަލްގައި ތިއްބެވެ. ސައިކަލް ކޮންޓްރޯލް ނުވެގެން މޫދަށް ވެއްޓެން ދާން ފެށުމުން ސައިކަލްގެ ފަހަތުގައި އިން މީހާ ވަނީ ފުއްމާލާފައެވެ. ސައިކަލް ދުއްވަން އިން މީހާ ވެއްޓުނީ މޫދަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް ސައިކަލް ދުއްވަން އިން ޒުވާނާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ

    ސައިކަލް ދުއްވަން އިން ސޮރު ވެސް ޖެހުނީ ޑިންގީ ތެރެއައް*********

  2. Anonymous

    އެލިޔާ އިން 1 ރުފިޔާ އަށް ދޫކުރާ ސައިކަލުތަކަކީ ރާއްޖޭގެ ކުދި ރަށްތަކާއި އެކަށީގެންވާ ސައިކަލްތަކެއް ނޫން. ބާރު ސްޕީޑްގައި ދުއްވާ ރޭސްޖަހަން ރާއްޖޭގެ މާހައުލާއި ، ބިންގަނޑާއި ރަށުގެ ބޮޑު މިނާއި މިހުރިހާ ކަމަކަށް ބަލާއިރު ސައިކަލު ވިއްކާއިރު ސްޕީޑް ކޮންޓްރޯލް ކޮއްފައި ވިއްކަން ފެނޭ..