ވެރިކަމަށް ވަޑައިގެން ހާރިޖީ ސިޔާސަތަކަށް ހަދާނީ، ރާއްޖޭގެ ކުރީގެ ރައީސުން ކަމަށްވާ އިބްރާހީމް ނާސިރާއި އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގެންގުޅުއްވި ހާރިޖީ ސިޔާސަތުކަމަަށް ގާސިމް އިބްރާހިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކަށް ހަދާނީ ކުރީގެ ރައީސް ނާސިރާއި ރައީސް މައުމޫން ވެސް ގެންގުޅުއްވި ހާރިޖީ ސިޔާސަތު ކަމުގައެވެ.

ރާއްޖެއަށް މިނިވަންކަން ލިބި ހާރިޖީ ގުޅުންތައް ފުރަތަމަ ބަދަހި ކުރަން ފެށީ ރައީސް ނާސިރުގެ ވެރިކަމުގައެވެ. ރައީސް ނާސިރުގެ ވެރިކަމުގައި ހާރިޖީ ދާއިރާ އިން ގެންގުޅުނު ސިޔާސަތުތައް ގެންގުޅޭނެ ކަމަށް ގާސިމް ވިދާޅުވި ނަމަވެސް ރައީސް ނާސިރުގެ ވެރިކަމުގައި ނިންމި ބައެއް ހާރިޖީ ނިންމުންތަކަށް އޭރު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ހާއްސަކޮށް އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރަން ނިންމި ނިންމުމުގެ ސަބަބުން ރައީސް ނާސިރަށް ވަރަށް ބޮޑަށް ސިޔާސީ ޕްރެޝަރާއި ކުރިމަތިވިއެވެ.

ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް
ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

ނަމަވެސް ރައީސް މައުމޫން ވެރިކަމަށް ވަޑައިގެން ގެންގުޅުއްވި ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމަކާއި ވަކި ހާއްސަ ގުޅުމެއް ނުބާއްވާ، ހުރިހާ ގައުމަކާއިއެކު ވެސް ހަމަހަމަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެކެވެ. ރައީސް މައުމޫން ރާއްޖެ ޕްރޮމޯޓް ކުރެއްވީ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައެވެ.

ހާރިޖީ ގުޅުންތަކާއި ގުޅޭ ގޮތުން ދިވެހިންގެ މެދުގައި ބަހުސްތައް ކުރެވެން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި އަދި ރައީސް ޑރ.މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅެން ފެށި ހާރިޖީ ސިޔާސަތުގެ ސަބަބުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އަދި މެދުއިރުމަތީގެ ގައުމުތަކާއިއެކު ހާއްސަ ގާތް ގުޅުމެއް ބޭއްވެވިއެވެ. އޭގެ ބަދަލުގައި އިންޑިއާ އާއި ހުޅަނގުގެ ގައުމުތަކާއި އޮތް ގުޅުން ދުރުވެގެން ދިޔައެވެ.

އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެންނަނީ އިންޑިއާ އާއިއެކު ރާއްޖެ އިން ދުވަހަކު ވެސް ނުބާއްވާފަދަ ގާތް ގުޅުމެއް ބާއްވާ މަންޒަރެވެ. ރައީސް ސޯލިހް އިންޑިއާ އާއިއެކު ބާއްވާ ގުޅުމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ ސަރުކާރަށް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އެހެންތަ

    ނާސިރު ދައުރުގައި އިޒްރޭލާ އެކު ގުޅުން ބަދަހި ކުރި އަދި ނެޝަނަލިސްޓް ޗައިނާ ނުވަތަ ޓައިވާންގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވާ އެ ގައުމުގެ އެމްބެސަޑަރެއް ރާއްޖޭގައި ބެހެއްޓި. އެހެން ވީމާ ޤާސިމްގެ ސަރުކާރުން ވެސް ވަން ޗައިނާ ޕޮލިސީގެ ބަދަލުގައި ޓައިވާނާ އެކު ގުޅުން ބަދަހި ކުރާނެތާ.

    6
    3
    • މަގޭ ވޯޓް

      ހުސްފޭކް.
      އައްނި އެހެރީ އިންޑިއާނޫންގޮތެއް ނެތްކަމަށް ނިންމައިގެން. ތިއީ މައުމޫންގެ ސަޕޯޓަރުންގެ ވޯޓް ހޯދަން ދައްކާވާހަކަ. ވެރިކަމަށް ހޮވޭއިރަށް ބޮޑުވަޒީރު އަރައި ގާސިމް ސައިޒްކުރާނެ.
      މިފަހަރު މުޅިން އައުބޭފުޅަކަށް ފުރުސަތު ދޭންޖެހެނީ.

      5
      3
      • ވާނުވާ

        ވާނުވާނޭނގޭ އިރުވެސް ކޮމެންޓުކުރާތި

        1
        1
  2. Anonymous

    އިސްލާމީ ޤައުމުގެ ހާރިޖީ ސިޔާސަތު ކަންޑައަޅާނީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުއްނަތުގެ އަލީގައި އިސްލާމް ދީނުގައި އެކަން އޮންނަގޮތަކަށް، އެއީ މީހަކަށް ފެންނަ ހިޔާލީ އެއްޗަކަށް ނިންމާ ނިންމުންތަކެއްނޫން ، ހާރިޖީ ގުޅުން ތަކަކީވެސް ޝަރުޢީ ހުކުމްފުޅުތަކެއް !

    15
    1
  3. ނަމަ

    ގާސިމް އަޅުގަނޑުގެ ވެރިކަމެއްގައޭ އެއީ އަނެއްކާ ކޮންކަހަލަ ވެރިކަމެއްބާ؟

    8
    1
  4. މުންޑު އުއްޗު

    ގާސިމްގެ ހާރިޖީ ސިޔާސަތުވާން އެކުލަވާންލަންޖެހޭނީ 21 ޥަނަ ގަރުނުގެ ރައްުޔިތުން ބަލައިގަންނަ، ދިވެހި ރައްޔިތުން ދައްކާ ޓެކުހުން ބޭރު ޤައުމުތަކަށް ޖިޒީދައްކަން ނުޖެހޭނެ ސިޔާސަތަކަށް.
    މުޅި ހާރިޖީޓީމް ބަދަލުކޮށްލާ ނަތީޖާ ނެރޭނެ އާވިސްނުމުގެ ޒުވާނުންނަށް ފުރުސަތު ލިބޭނެ އިންތިޒާމް ހަމަޖެއްސޭނެ ގޮތަށް.
    ސިޔާސީބާރުވެެރިކަން ހޯދުމަށް އެމްބަސީތަކުގައި މަޖްލީސް މެންބަރުންގެ އާއިލީ ބޭފުޅުން ނުބައިތިއްބާނެ އުސޫލަށް

    8
    2
  5. މުށިމަސް

    ގޯހެއް ނުވަނެ

    5
    6
  6. އަލްޖިބްރާ

    ކަލެއަށް މިޤައުމުގެ ވެރިކަމަށް އާދެވިދާނެ ކިޔައިގެން ބަޔަކު ކަލޭގެ އަތުން ފައިދާތަކެއް ނަގަމުން ދާއިރުވެސް މިރާއްޖޭގެ ވެރިކަން ކަލެއަށް ދޭން މިޤައުމެގެ ރައްޔިތުން އެއްބަސް ނުވާނެކަން ކަލެއަށް ހަމަ ރަގަޅަށް އެގޭނެ ! ތިކަމަށް ކިޔަނީ ހިޔަންޏަށް މުޑިނެގުން ! ވޯޓު ނުލިބުނީމާ ކަލޭވެސް ކިޔާނީ ފިޔާތޮށި ގްރޫޕް ކިޔާ ލަވަ ! " ވޯޓް އޮޅުވާލީ "

    14
    5
    • ފ

      ފިޔާތޮށި ގުރޫޕް އެހެން ކިޔަން ދަސްކުރީ ތިބޭފުޅުން ކައިރިން

  7. ޕާންޑޭ

    ކަލޯގެޔާ މީހަކުވާ ވެރިކަމަށް ބޫތުކައިފި..ތިހިރި ހޮވިފަ..

    9
    4
  8. ހޯރަފުށީ ކުޑަމިހާ

    މަނިކުފާނު ވެރިކަންކުރުމުގެ ގާބިލްކަމެއްނެތް.ރަނގަޅީ ތައުލީމީ ތަޖުރިބާ ހުރި މީހަކަށް ވެރިކަން ކުރަށް ފުރުސަތު ދިނިއްޔާ.ސޮރީ ގަސިން

    11
    1
  9. ފާތުން

    ކަލޭ ވެރިކަަމަށް ގެންނާކައްބޭނުމެއްނޫން. ވައި މީހެއްތީ😡

    11
    1
  10. ފާތުމަ

    ޥެރިކަމުގެ ވަޒީފާއަށް ނިކުންނާނީ ރިޔާސީބަޔާން އިއްވާދުވަހު އެކަނި އެހެން ދުވަސް ތަކުގަ ސަލާމުގަ ދޯ މިހާރުވެސް ދަމަކުން ބަޑިއެއް ނޫންތޯ މުސާރަވެސް ހަލާލެއް ނުވާނެ

  11. Anonymous

    ތިބޭޅާއަށް ވެރިކަމެއް ދޭން އުޅެނީ ކާކުތޯ؟

  12. މެސީ1

    އަޅުގަނޑުވެރިކަމެއްގަ އަލުގަނޑުގެ އެއްވެސް މުއައްޒަފަކަށް މުސާރައެއް ނުދޭނަން، އަދި ޓެކްސްވެސް ނުދައްކާނަން، މޮޔަވޭދެން

  13. ޖާބިރު

    އަޅުގަނޑަށް ފެންނަ ހުވަފެނެއްގަ.. އަޅެފަހެ މިއުޅެނީ ދޮޅުރޯނާ ވެގެންތަ؟ އެހެންނޫނީ މިހާރު މީނައަށްވެސް ހިނދުކޮޅު އަންނަނީތަ؟

  14. ވިސްނާލުމަށް އެދެމޭ

    ނާސިރުގެ ވެރިކަމުގަ އެއްވެސް ބިދޭސީއަކަށް ދިވެހިރާއްޖޭގަ ބާރާނުފޫޒު ފޯރުވައިގެން ކުޅިނުކުޅެވޭ...މަނިކުފާނަށް މިގައުމުން އިންޑިޔާ ސިފައިންގެ މީހަކުނުފެންނަކަމަށް ބުނެފަ ވެރިކަން ލިބުމުން އިންޑިޔާ ސިފައިން ބޭރެނުކުރެވޭނެ..ތިއީ ހިތްބަލި ވިޔަފާރިވެރިއެއް..ނާސިރަކީ ގަޓްހުރި ވެރިއެއް..ނާސިރުގެ ސިޔާސަތު ދެމެހެއްޓީ ރޔާމީން..ދެންވެސް އެކަންވާނީ ރޔާމީނަށް..

    5
    1
    • Anonymous

      ޔާމީނަކީވެސް ޕަޕެޓެއް. އުރީދޫގެ ބޮޑުހިއްސާ ރާއްޖޭގައި އޮތް އިރުވެސް ސައުދީ ބުނެގެން ޤަޠަރާ ގުޅުން ނުކަނޑާތޯ. ބަދަލުގައި ޤަޠަރުން ހަދިޔާކުރި އިންޓަރނޭޝަނަލް ފުޓްބޯޅަ ދަނޑުވެސް ގެއްލުނީ.

  15. ގާދިރު

    ކަލެއަށް ވެރިކަމާއި ހަމައަށް ފައިފޯރާގެން ދޯ ކަމެއް ކުރެވޭނީ

  16. ހަލީމް

    ނާސިރުވެސް އަދި މައުމޫނު ހާއްސަކޮށް ހުރީ ރަގަޅަށް ކިޔަވައިގެން ހާޖިރީ ސިޔާސަތޭ ބުނާއިރި އޭގެ ތައުލީމީ މިންގަޑާއި ގެންގުޅެން ޖެހޭ އުސޫލްތަށް ރަގަޅަށް އެގޭނެ އަދި ގާސިމް ތިމައްނަ ގެންގުޅޭނީ މައުމޫން ސިޔާސަތޭ ބުންޔަސް އެކަމެއް ގާސިމަކަށް އެގޮތަށް ކުރާކަށް ނޭގޭނެ. އެގޭނީ މާލެ' ބާޒަރުމަތީގައި ވިޔަފާރިކުރާ އުސޫލްތަށް، މަކާރާއި ހީލަތް!

  17. އުއްޗު ބިން ކޮތަރު

    ކޮތަރު ކާސިމު ވެރިކަމަށް ބޫތު ކައިގެން ބީތާ ވަނީ

  18. ހަލީމު

    މީނާގެ އަމިއްލަ ޚާރިޖީ ސިޔާސަތެއް ވެސް ނެތް ދޯ. މިވަރު މީހަކު ވެރިކަމަށް ކަމަކުނުދާނެ ދޯ. ނާސިރާއި މައުމޫނުގެ ޒަމާން ފާއިތުވެއްޖެ ދޯ. ދުނިޔެ މިހާރު މިވަނީ މުޅިން ބަދަލުވެފަ ދޯ. އަދިވެސް މީނާ މިއުޅެނީ އަހަރެމެން ގޮވައިގެން މާޒީގެ ތެރެއަށް ދާން ދޯ. މީނާ ކަމަކުނުދޭ ދޯ.

  19. Anonymous

    ގާސިމަކީ މިގައުމުގެ ވެރިއަކަށް ކަމުދާ މީހެއް ނޫނެވެ. އެހެނީ ގާސިމަކީ މި ގައުމުގެ ވަކި ބަޔަކަށް ފައިދާކުރާނެހެން ބަހަމުންދާ މީހެކެވެ. ގާސިމަކީ ހުރިހާ ރައްޔިތުންގެ މީހެއް ނޫނެވެ. ގާސިމަކީ ގާސިމުގެ ވަށައިގެން އެނބުރޭ މީހުންގެ މީހެކެވެ. ގާސިމު ތިއުޅޭ ގޮތަށް އުޅެގެން މިގައުމުގެ ވެރިކަމެއް ގާސިމަކަށެއް ނުލިބޭނެއެވެ.

  20. ބަރުގޮނު

    ނާޞިރާ މައުމޫނުގެ ސިޔާސަތު ޤާސިމަށް ޔޯލަކޮށްލާކަށްވެސް ނޭގޭނެ. މިޒާޖާ އަޚްލާޤާ ތަޢުލީމަށް ބެލިޔަސް ޤާސިމަށް ލިބޭނީ ބޮޑު ސުމެއް.
    ނާޞިރު: ބަސްފުޅު މަދު ވަރަށް ވިސްނުންތެރިކަމާއެކު ކަންކަން ނިންމަވާ ބޭފުޅެއް.
    ޤާސިމް: ކަންކަމުގައި ރޭސްއަރާ ، ރޭސް އަރާފިއްޔާ އަވަގުރާނަ ގޮވާ މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަން ނުދަންނަ ދިވެއްސެއް.
    މައުމޫން: ވަރަށް ޢިލްމުވެރި ބޭރު ބަސްބަހުންނާ ދިވެހިބަހުން އޮމާންކަމާ ފަށުވި ރީތި ޢިބާރާތުން ވާހަކަފުޅުދައްކަވާ އެހާ އަޚްލާޤް ރަގަޅު މަޑުމައިތިރި ބޭފުޅެއް.
    ޤާސިމް: ބޭރުބަހެއް ނޭގޭ ތަނުގައި އަމިއްލަ ބަހުންވެސް ރީތިކޮށް މުޚާތަބުކުރަން ނުދަންނަ ވާހަކަދައްކާ އިރު ހަޅޭއްލާ ރާގު ހުންނަ ގަޅަހެއްދޭ މީހެއް. ތަޢުލީމީ ފެންވަރު 2 ނަމްބަރު ކާތިބު ފެންވަރުގެ މީހެއް.