މި އަހަރު ޖަލުގައި ބޭނުން ކުރި 431 ނަންބަރެއް ބްލޮކްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ލިއުމުން ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބޮންޑެ އެއްސެވީ މި އަހަރު ޖަލުގައި އެންޓަނާއެއް ހަރުކުރިތޯ އާއި އަދި ޖަލުގައި ހިންގާ ސްކޭމް ކޯލް ސެންޓަރުތައް ހުއްޓުވުމަށް މި އަހަރު ކުރި މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް މިނިސްޓަރު އިމްރާން ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވައިފައެވެ.

އިމްރާން ވިދާޅުވީ ފޯން މެދުވެރިކޮށް ކުރާ ކޯލްތައް ހުއްޓުވަން ކަރެކްޝަންސްއާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ޖަލުގައި ބޭނުންކުރި 431 ނަންބަރު ބްލޮކްކޮށް 365 އައިއީއެމް ބްލެކްލިސްޓުކޮށް 10 އައިއީޕީ އަދި 12 ވެބްސައިޓެއް ބްލޮކް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޖަލު ތެރޭގައި އެފަދަ ކަންކަން ކުރާ ގައިދީން ފާހަގަކޮށް އެކަހެރިކޮށް އެފަދަ ގައިދީން ތިބޭ ގޮޅިތައް ރެއިޑްކޮށް މުވާސަލަތީ އާލާތްތައް އަތުލައިގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޭމް ކޯލުތައް ކުރުމަށް އެންމެ ގިނައިން ބޭނުން ކުރީ ބިދޭސީންގެ ނަމުގައި ހުންނަ ސިމްތަކެވެ. އެގޮތުން ރާއްޖޭގެ މިވަގުތު ނޫޅޭ 5000 ބިދޭސީންގެ ނަމުގައި ސިމްކާޑު ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންވެ އެކަކަށް އެންމެ ގިނައިން ސިމް ނެގޭނެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕިސްޕިސް

    ކިހިނެއްހޭ އެތަނަށް ފޯނު ވަންނަނީ . . ދެމިނެޓުން ދެމިނެޓުން ޗެކްކުރެވޭނެ ގައިމު . .

  2. އެނގޭނެ ހުރިހާ ކަމެއް.

    ފޯނު ވައްދަނީ އެތަނުގައި ޑިއުޓީ މަރާ އޮފިސަރުން، އެއީ ޑްރަގް ވިއްކުމަށްވުރެ ނަފާ ބޮޑު ވިޔަފާރިއެއް. އެ ވިޔަފާރީގައި އެތަނުގެ ސީނިއާ ލެވެލްއިން ފެށިގެން އެންމެ ދަށް ލެވެލްއާ ހަމަޔަށް ޝާމިލްވޭ. އެކަމުގައި އުޅޭ ގިނަ މީހުންނަށް އަވަސް އަވަހަށް ޕްރޮމޯޝަން ވެސް ލިބޭ. މިއީ ހަޤީޚގަތް އެގިގެން ދައްކާ ވާހަކަ.

  3. ކޮރަލް

    މި އަހަރު ޖަލުގައި ބޭނުން ކުރި 431 ނަންބަރެއް ބްލޮކްކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ބުނެފި އެވެ. މިވަރު ވާ އިރު ވެސް އިސްތިއުފާ ނުދެ އެވެ. ތަކުރާރު ކޮށް ފޯން ތައް ވައްދަނީ އެވެ.