ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓް ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ފާހަގަ ކުރެވިފައިވަނީ ވަރަށް ތަފާތު ގޮތަކަށް ކެމްޕެއިން ހަރަކާތްތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

މިހާރު ތިނަދޫއަށް ވަޑައިގެން ކުރައްވަމުން ގެންދަވާ ކެންޕެއިން ހަރަކާތުގައިވެސް ޝަހީމް މިވަނީ ތަފާތު ނަމޫނާއެއް ދައްކަވާފައެވެ. މިއަދު ހަވީރު އޮންނަ ޑރ ޝަހީމް އަމިއްލަފުޅަށް ބައިވެރިވަޑައިގަންނަވާ ހިނގާލުމުގައި ބައިވެރިވުމަށް މީހުންނަށް ދަޢުވަތު ދީފައިވަނީ ޝަހީމް އަމިއްލަފުޅަށެވެ.

"ތިނަދޫ ހިނގާލުން" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ހިނގާލުން ފެށުމަށް ނިންމާފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. އަދި ހިނގާލުން ފެށުމަށް ނިންމާފައިވަނީ ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލުގެ ކައިރިންނެވެ.

ލޮރީއެއްގައި މެގަ ފޯން ހަރުކޮށް ލޮރީ ތެރޭ ހުންނަވާ ރައްޔިތުންނަށް ޝަހީމް ދަޢުވަތު ދެއްވިއިރު މިކަން ވެގެން ދިޔައީ ގިނަ ބަޔަކަށް ކަމުދިޔަ ކަމަކަށެވެ. ގިނަ މީހުން ބުނަމުން ދިޔައީ މިކަމުން ދޭހަކޮށްދެނީ ޑރ ޝަހީމްއަކީ އަރިހުގައި ތިއްބަވާ ބޭފުޅުންނަށް ޖަލްސާތަކާއި ހިނގާލުންތައް ރޭވުމުގެ މަސައްކަތް ހަވާލުކޮށްގެން އަރާމުކޮށްލައްވަން ހުންނަވާ ބޭފުޅެއް ނޫން ކަމަށާއި ޑރ ޝަހީމްއަކީ ކެންޕެއިންގެ މަސައްކަތްވެސް އަމިއްލަފުޅަށް ކުރައްވާ ބޭފުޅެއް ކަމަށެވެ.

މިހާރުވެސް "ހިތުން ހިތަށް" ގޭގެޔަށް ވަޑައިގެން ޝަހީމް ކެންޕެއިންގެ ޙަރަކާތްތައް ކުރައްވަމުން ގެންދަވާއިރު ޝަހީމް ފާހަގަ ވެގެން ގޮސްފައިވަނީ ހުރިހާ އެންމެންނާވެސް ގުޅޭ އެންމެންގެވެސް ލޯބި ލިބިފައިވާ ބޭފުޅެއްގެ ގޮތުގައެވެ.

ތިދަނޫގައި ހިނގާލުމެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޝަހީމަށް ތިނަދޫއިންވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މީގެ އިތުރުން ޝަހީމް މީގެ ކުރިން ފުވައްމުލަކަށް ވަޑައިގެންނެވި އިރު، އެރަށުންގައި ޝަހީމްވަނީ ސައިކަލް ބުރެއް ބާއްވާފައެވެ. މިސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެ ވެފައެވެ.

ޑރ. ޝަހީމް، މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އެރަށަކަށް ނިސްބަތްވާ ތިނަދޫ އަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާއިރު، އެރަށުގައި ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ައަފޫ

    ސާބަހޭ ޑރ. ޝަހީމް

  2. ޟޫސަން

    އަހަރެމެން ނުދަންނަ ކުޅިއެއް ނޫންތީކީ

  3. އަބްދުއްލާ

    މިފަހަރު ގެ ރަނިންމޭޓަކަށް ސަހީމް އިންތިހާބު ކުރަންބޭނުންވަނީ މުސްތަގުބަލް ގާ ގައުމަށް ގެންނަނަް ބޭނުންވާ ދީނީ ބޭފުޅަކަށް ސަހީމް ހިމަނަން ބޭނުންވާތީ

    • ގަމާރުމޯލްޑިވިއަން

      އެއީ ކިއްވެ ދީނީ ބޭފުޅަކު ހިމަނަނީ.މަ ހީކުރަނީ މި ގައުމުގަ ތިބީ ހުސް މުސްލިމުން ކަމަށް ވާ ތީ އެއީ ހުސް ދީނީ މީހުން ކަމަށް

  4. ދިވެހި ދަރި

    މި ހާރު ހިނގަމުން މިދާ ސަރުކާރުގަ ވެސް ނައިބު ރައީސް އެއް ނުފެނޭ. ޝަހީމް އައް ވޯޓް ދިނަސް ކުރަނެ މާބޮޑު ފައިދާއެއް ނެތް.. ޝަހޫމް ތި ޔާމީން ވެރިކަމުގަ ދެމިހުންނަން ގެން ކުޅޭ ހަތިޔާރެއް...

  5. ކޮލެޖް

    އިބޫ ކަހަލަ ނާއުއްމީދީ ބޭފުޅެއްނޫނޭ ޑރ ޝަހީމްއަކީ ޝާހީމް ހިންގަވާމަގުންހިނގުމުގެ ގށބިލުކަމެއްވެސް ފައިސަލާއި އިބޫގެނެތޭ ސަބަބަކީ ތައުލީމެއްނެތްތާ ތަޖްރިބާއެއްވެސްނެތުން އަހަރެން ވޯޓް ދޭނީ ކެންޑިޑޭޓް ނަމްބަރ 1 އަށް އިންޝާﷲ.

    • ޢަހަންމާ

      އިންޝަﷲ

  6. Anonymous

    ސާބަހޭ ޢިއްޒަތްތެރި ދުއްތޫރު ޝަހީމު، ކުރިއަށް ވަޑައިގަންނަވާ، ﷲގެ ރަޙުމަތްފުޅުން މަނިކުފާނުގެ މަސައްކަތަށް ކާމިޔާބު ދެއްވާށި، އާމީން

  7. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް

  8. އަޅު

    މިމީހުންގެ ކެންޕެއިންގަ ގެންގުޅޭ ގޮތް ތަކަކީ ރައްޔިތުން އެކަމެއް ބަލާނުގަންނަ ކަންކަން، މި ތަހިޒީބީ ޒަމާނުގައި ބޭނުންވަނީ ރައްޔިތު މީހާ އަށް ބުރަވެގެން މިއުޅެނީ ކޮންކަމެއްތޯ އެކަމަށް ހައްލު ހޯދުމަށް ކުރެވެންހުރީ ކޮންކަމެއްތޯ ހޯދާ ބަލާ ދިރާސާ ކުރުމަށް ފަހު އެ ހިފާއިގެން ރައްޔިތު މީހާޔަށް އެ އެއްޗެހި ވިއްކުން. މިނޫން އެހެން އެއްޗެއް ނުހިދާނެ މިޒަމާނަކު

  9. ނުރަބޯ

    މިސަރުކާރުގެ ޙަރަކާތްތައްވެސް ޢަމަލުތައްވެސް ހުންނާނީ ރައްޔިތުން ރުހޭ ގަބޫލުކުރެވޭ ގޮތަކަށް ދެފުށްފެންނަގޮތަށެވެ. އޭގައި މަކަރާ ޙީލަތާ އޮޅުވާލުމެއް ނޯންނާނެއެވެ. އެކަން މިހާރު ރައްޔިތުންނަށް އޮންނާނީ ތަޖުރިބާ ކުރެވިފައެވެ. ކޮންމެމީހަކަށްވެސް މިވެނި ކަމެއް ކޮށްދޭނަމޭ ވަރަށްފަސޭހައިން ބުނެލެވިދާނެއެވެ. އެކަމަކު އެކަންކަން ކުރަން ވުމުން އޮންނަނީ ނުވެފައެވެ. ޕީޕީއެމުން ކޮށްދޭނަމޭ ބުނި ހުރިހާކަމެއް ކަހަލަ ގޮތަކަށް އޮތީ މާތްﷲގެ ވާގިފުޅާއެކު ރައީސް ޔާމީން ކޮށްދެއްވާފައެވެ. އަދި އިތުރަށްވެސް އޮތީ ކޮށްދެއްވާފައެވެ. އެކަމަކު ދެ ލެޕްޓޮޕުން ގައުމު ހިންގޭނެކަމަށްބުނެ ގައުމުގެ ވެރިކަމާ ހަވާލުވި ރީނދޫމީހުންނަށް ކޮށްދޭނަމޭ ބުނިކަންކަމުގެ ތެރެއިން ކޮށްދެވުނީ ހަމަ އެންމެކަމެކެވެ. އެއީ ނުލަފާކަން ދެއްކުމެވެ. އެކަން ފިސާރި ރަނގަޅަށް ކޮށްދިނެވެ.

    • ގަމާރުމޯލްޑިވިއަން

      ރީނދޫ މީހުން ކުރި ކަންތަށް ނުކުރެވޭނ.ބޮޑު ސިންގާ އިގްތިސާދީ ތަދު މަދު ކަެއްގަތެރޭގަ.؛؛

  10. އިބްރާޙިމް

    މީހުން އެއްވާނެ! އެކަމަކު ތިޔައީ ޒާތެއްގެ ރަށެއް! އުއްމީދުކުރަނީ ތިރަށުންވެސް ޔާމީން އަދި ޝަހީމް ބޮޑުކޮށް މެޖޯރިޓީ ނަންގަވަނޭކަމަށް! ރަށުތެރެ ބަލާލީމާ ތިރަށަށް އައިސްފައިވާ ކުރިއެރުން ފެނޭ!

  11. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ މަމެންނަށް ލިބުނީ ކެންޑިޑޭޓް ނަމްބަރު 1 ތަމެންނަށް ދޭއް ދޯ. މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް މަމެން އެކެއް ތަމެން ދޭއް ގެޓް ދަ ޕޮއިންޓް. ގުޑްގުޑް...

  12. ވގ

    މިހާރު ގޭގޭ ބަދިގެއައްވެސްވަންނާނެ ވެރިކަންލިބުނީމަ އުމަރުބުނާހެން ފެންނާނި އަރަންގެންގުޅޭ ބޫޓް

  13. ޕިއާނޯޕްލޭ

    ނަމްބަރު 1 ގެ ފޯރޗިއުން ލައިން ދައްކާ ގޮތް ބަލާލަން ތަމެން އަތްތިލަ ދައްކާބަލަ ރަންރީނދޫ ޓްވިޓަރޭ އޮއޮއޯ ހާދަ ރޮނގު ގިނައޭ ދޯ ރިޔާސީ އިންތިޚާބު ބާއްވަނީ 23072018 ގައި ދޯ. އެއަދަދު އެއްކުރުމުން އަންނަނީ 23 ދޯ ދެން 3 އިން 2 ކެނޑީމަ އަންނަނީ 1 ދޯ ފޯރޗިއުން ނަމްބަރަކީ އެއީ 1 ދޯ ތަމެން 2 ޖެހޭނީ ދެން ރަށުތެރޭން އެހެން ކަމަކާއި ގެން އުޅެންނޫންތޭ ކިހިނެއް ހަދަނޫ އޮއޮއޯ މަމެން ޕިންކީން ވީއާރ ދަ ރިދަމް ދަ ރިދަމް އޮފް ޔުއަރ ހާރޓް ބޭބީ ކަމޯން ހުރިހާ ކުދިން ވެސް ޕިންކީން ނާއި އެކު ސަފު ހަދައިގެން އަންނަގަ ނަމްބަރު 1 އަށް ވޯޓް ދޭން ޖަސްޓް ބްލައިންޑް ފޯލްޑް ޔުއަރ އައި ޕްލޭ ޕިއާނޯ ޔޯގާ ޕްލޭ ޕްލޭ ޕްލޭ ޕްލޭ އެ ފެންނަނީ ނަމްބަރު 1 މޮޅުވާތަނޭ 23 ސެޕް ގައި ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އެން ހޭވް އަ މޫންވޯކް...

  14. ސަމާ

    ކިތަންމެމަސައްކަތެށް ކުރެއްވިޔަސް ވެރިކަން ލިބިވަޑައިގަންނަވާއިރަށް ބޭރުކޮށްލާނެ

  15. އައިޝަތް ނަހުލާ

    ހިތުން ހިތަށް. ވަރަށް ތަފާތު. ޑރ. ޝަހީމް މިކަމާއިގެނ ނިކުތުމުގެ ކުރިން އަހަރެން އެހާ ބޮޑަށް މި އިންތިޚާބާއި މެދު ނުވިސްނަމެވެ. އެކަމަކު ޓީޗަރެއްގެ ހައިސިއްޔަތުންވެސް ރީތި އަޚްލާގެއްގެ މަތީ އަބަދު ފެނި ލެއްވި ޑރ. ޝަހީމް އަށް ވޯޓް ދޭން އަޅުގަނޑުގެ އަމިއްލަ ޟަމީރު ވަނީ ގޮވާލާފައެވެ.

  16. ާއަލީ

    ޢާން ހިގަން ބާރުބޮޑުވެގެން ޕިކަޕުގަ ބޮޑާކަންނޫން ދެން ކޮންކަމެއް

  17. ސަޢީދު

    ހިންގުމުގެ ދާއިރާއިން ބަލައިފިނަމަ އެއްވެސް ކޮލިޓީއެއްނެތް.

  18. އާމިރު

    މިފަހަރުވެސް ކުރިމަތި ލަނީ ؟ހއ ކެލާގެ

    ގޭގެއިން ގިނައިން ފެންނަނީ ނަޝީދުގެ ފޮޓޯ.

  19. ށަޖޯ

    އެވަރު ކަމެއްވެސް ކޮށްލަދޭނެ މީހަކު ނުވެގެން ހުރިހާ ކަމެއް ކުރަންޖެހުނީ އަމިއްލްޔަށެ ލިޔުނުނަމަ ތަންކޮޅެއް ތާހިރުވީސް

  20. ޥަގު

    ވަރަށް ވެސް ތަފާތު މެގަ ފޯން އިން ގޮވަމުން ދިޔައިރު ޑްރައިވަރު ދިޔައީ ފޯން ބޭނުން ކުރަމުން ދެން މި ސުވާލު ކުރަން ޖެހޭނީ ފޯން އާއި މި ކޮމެންޓް ވަގުތަށް ހަޖަމް ވިއްޔާ ވެސް ވަރަށް ރަނގަޅު

  21. އޮޅުވާލި ބުރުވާލި

    ކޮން ދޮގެއް ހަދާކަށް؟ ހުސް ދޮގު. މުޅިން ފޮޓޯއަށް ކޮށްލި ކަމެއް. މަވެސް ހުރީ ތިނަދޫގަ. ހުސް ޕިކަޕެއް ގަ ލައުޑް ހަރުކޮށްގެން ދުއްވީ. ކަޭނޭ ތެދެއް ނުބުނާތި އޮޅިގެންވެސް.