ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާފުށީގައި މަސައްކަތް ކުރި ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާގެ އުދާސްތައް ބަންޑުކޮށްލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާ ފޭސްބުކް މެދުވެރިކޮށް ހިއްސާ ކުރަމުން ޖިންސީ ގޯނާ ލިބުނު ފަރާތުން ބުނެފައި ވަނީ އޭނާ އަށް ޖިންސީ ގޯނާކޮށްފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މީހަކާ ކައިވެނިކޮށްގެން އުޅޭ އިރު ދަރިން ވެސް ތިބެއެވެ.

ޖިންސީ ގޯނާ ކުރި ވާހަކަ ހިއްސާ ކުރަމުން އަންހެން މީހާ ބުނީ އެރޭ އެ ފިރިހެން މީހާ އައީ ޗާޖަރު ދޭން ކަމަށެވެ. އޭނާ ނިކުންނާނެ ކަމަށް ހީކުރި ނަމަވެސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައި ތަޅުލި ކަމަށް އަންހެން މީހާ ބުންޏެވެ. އަދި ގައިގައި ގަދަކަމުން އަތްލި ކަމަށް ވެސް އަންހެން މީހާ ބުނެފައިވެއެވެ.

"އަހަރެންގެ ސިކުނޑި ދިޔައީ މުޅިން ހުއްޓުމަކަށް. އަހަރެން އެ ހުރި ތަނަށް ހުއްޓުން އރި. އަހަރެން ނޫނެކޭ ބުނަމުން ދިޔަ ނަމަވެސް އޭނާ ހުއްޓައެއް ނުލާ. އޭނާ އަހަރެންގެ ގައިގައި ބޮސްދީ ހުރިހާ ދިމާލަކުން އަހަރެން ގައިގަ އަތްލާން ފެށި." ޖިންސީ ގޯނާ ކުރި މީހާގެ ފޮޓޯއާ އެކު، އަންހެން މީހާ ކުރި އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ އަންހެން މީހާ ބުނި ގޮތުގައި އެމީހާގެ އިތުރުން އިތުރުން އޭނާ އާއެކު މަސައްކަތްކުރި ދެމީހަކަށްވެސް އޭނާ ވަނީ ޖިންސީ ފުރައްސާރަކޮށްފައެވެ. އަންހެން މީހާ ބުނީ އެފިރިހެން މީހާގެ ސަބަބުން އެރިސޯޓުގެ ވަޒީފާވެސް ދޫކޮށްލަން ޖެހުނު ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑާއެކު މަސައްކަތްކުރާ ދެމީހަކު ވެސް އޭނާއާ މެދު ފުރައްސާރައިގެ ޝަކުވާ ކުރި. މިހާރު އަޅުގަނޑުމެން އަންހެނުންނަށް އެނގޭނެ ފިރިހެނަކު އަތްލާއިރު، އެއީ ރަނގަޅު ނިޔަތެއްގައި ނުވަތަ ނުބައި ނިޔަތެއްގައި ކަން، އެކަމަކު އެއްވެސް މީހަކަށް ނޭނގޭ އޭނާ އެފަދަ ކަމެއް ކުރާނެކަން، މި ހުރިހާ ކަމަކާ ގުޅިގެން އަޅުގަނޑު އެޗް.އީ.އަށް ޝަކުވާ ކުރީ." ޕޯސްޓުގައި ބުނެފައިވެއެވެ.

އެއަންހެން މީހާ ވަނީ އެ މައްސަލަ ރިސޯޓުގެ އެޗްއާރް އަށް ހުށަހެޅި ކަމަށާއި، އެހެން ނަމަވެސް އެކަމާއި ގުޅޭ ހެއްކެއް ނެތުމުގެ ސަބަބުން އެމައްސަލަ ނުބެލޭ ކަމަށް އަންހެން މީހާ ބުނެފައިވެއެވެ.

އަންހެން މީހާ މިހާރު ވަނީ ސޮނޭވާފުށީގައި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އިން ވަކިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދެން

    ތިކަންތައް ތިހިސާބުން ތި ނިމުނީ.
    މިހާރު އުޅޭތަ ތިކަހަލަ ކަމަކާ ކަންބޮޑުވާ ސަރުކާރުގެ އިދާރާއެއް. އަނިޔާ ލިބޭމީހަކަށް ލިބިފަ ހުންނަން ޖެހެނީ.

  2. ހުސޭނުބޭ

    ބަރާބަރު. ކުޑަމިނުން ތިވަރު އަނިޔާ ލިބެންޏާ އަނިޔާ ލިބޭކަން އެހެން މީހުންނަށް އަންގަންވެސް ޖެހޭނެ

  3. ޛދޖެި

    ތިއީ ރިސޯޓްތަކުގައި އާއްމުކަމަކށް ވަނީބާ ؟

  4. ރަން ރީނދޫ

    ނަމަނަމަ އިމްރާނަށް ނާންގާތި. ބުނާނެ އެއީ ހަމަ އާންމު ތަނެއްގައި ވެސް ކުރެވިދާނޭ ފަދަކަމެކޭ. އަނެއްހެން މާބޮޑު ކަމެއްނޫނޭ.