ޗާގޯސް އާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމިނިންމުމާއިއެކު ދިވެހިރާއްޖޭގެ ސަރައްހަދުވީ ކުޑަކަމަށް އެމްއެންޑީއެފްގެ ކެޕްޓަނެއްގެ މަގާމު ކުރިން ފުރުއްވި އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އިހްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ދެކުނުން އީއީޒެޑް ނިމެނީ ސ.ގަމުން ފެށިގެން 200 މޭލަށްކަން ގާނޫނަކުން ކަނޑައެޅިފައިވާކަން ދިވެހި ކިޔަން އެނގޭ ކޮންމެ މީހަކަށް އެނގެން އޮންނައިރު އަސްކަރިއްޔާގެ އެންމެ ސީނިއާ އޮފިސަރުންގެ ތެރެއިން ހަތަރު އޮފިސަރުން ލައްވާ މިކަން ތިމަންނަމެންނަށް ނޭނގޭ ކަމަށް ބުނުމަކީ ކުރީގެ ސިފައިންގެ އޮފިސަރުންގެ ހައިސިއްޔަތުން އިންތިހާއަށް ލަދުވެތިވެ ހިތާމަ ކުރާކަމެއް ކަމަށެވެ.
"އިޓްލޮސްގެ ނިންމުމާއިއެކު މިސަރަހައްދު ކުޑަވީ. ކުރިންވެސް މިހާރު ވެސް ދިފާއު ކުރަން ޖެހޭ ސަރަހައްދު ސިފައިންނަށް ސާފުވާނެ. އަސްކަރިއްޔާ އާއި އަސްކަރީ ޔުނީފޯމްގެ އަގު ވެއްޓޭ މިބާވަތުގެ ކަންކަން އެއްވެސް ސަރުކާރަކުން ދިވެހި ސިފައިންލައްވާ މަޖުބޫރުން ކުރުވައިގެން ނުވާނެ." އިހްސާން ވިދާޅުވިއެވެ.
އިހްސާން މިހެން ވިދާޅުވީ ސިފައިންގެ އިސް އޮފިސަރުންތަކެއް ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
https://twitter.com/ali_ihusaan/status/1652431970314649600
މޮރިޝަސް އަށް ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައި ނުވާނެ ކަމަށް ބުނެ ސަރުކާރުން ވަނީ ފާޑުކިޔުންތަކަށް ރައްދުދީފައެވެ.
މިފަދަ ނިންމުމެއް ނިންމުމުގެ މަޝްވަރާތެރެއަށް ރައްޔިތުންގެ މަޖިލިހުގައި ބަހުސްނުކޮށް ރައީސަކަށް ހުންނަމީހަކަށް އަމިއްލަޔަށް ނިންމިދާނެވަރުގެ ކަމެއްތޯ މިއީ.
އަދި މިކަންކުރިގޮތުން ކޮރަޕްޝަނަށް މަގުފައިވުމާއި ރާއްޖެއިން ބައެއްވިއްކާލިކަމަށް ކުރެވޭ ތުހުމަތު ބިޑުވަނީ ރައީސް މިކަމުގައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާނުކުރުމުން ކަން ސާފު.
މރ.ބޮމްބް ޑިޓެކްޓަރ ކަލޭ ޔުނިފޯރމް ބޭލުވީމަ ޙަސަދަވެރިކަން އަދިވެސް އޮތީދޯ.
މިއީވެސް ރޯނު އެދުރެއް ޔޫ.އެންގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގައި ދެޤައުމެއްގެ ދެމެދުގެ ކޮންމެ ޤައުމެއްގެ ބޭރު ތޮށިން މިންއަޅާއިރު 200 މޭލު ނުލިބޭނަމަ ފުށުއަރާ ސަރަހައްދުތަކުގައި ޢަމަލުކުރަންޖެހޭ ގޮތް ކަނޑައަޅާފައި އޮންނާނެ.. ޗާގޯސްއާ ރާއްޖޭގެ އައްޑޫ އަތޮޅާއި ދެމެދު މި ފުށުއެރުން އުޅޭ.. އެހެންވީމާ ތިބުނާ 200 މޭލެއް ނުލިބޭނެ........
މާބޮޑަށް އިނގެނީ ކަލެޔަށް
ވިއްކީއޭ، ވަގެކޭ ވެރިއަކަށް ހުރީ އޭނާގެ އައުވާނުންނަކީވެސް ވަގުން ހާއިނުން މުޅި ކޯލިޝަންގައިވެސް ތިބީ ވަގުން. ސިފައިންނެއް ނެތް މި ރާއްޖެއަކު ޕަވަން ދީޕާއި އެކު ސެލްފީ ނަގަން ދުވާ އެސްއެފް ކޮމާންޑަރެއް ދިވެހިންނަކަށް ބޭނުމެއް ނުވޭ. ޝަމާލުމެން އަޅެ މިއަދު މާ ހައްގު ޕެޓިޝަން ހަދައިގެން ސޮއި ކުރަމުން ދުވަން.. މިހާރު ތިބީ ފިނދަނަ ސިފައިންނެއް ނޫން ހިކަނޑި ސިފައިން. ކަލޯ އިހުސާނޫ މި ވެރިކަން ބަދަލުކޮށް އެތަނާ ހަވާލުވެގަ
މި ބުރާންޗަށް ނޭންގޭ މިސާލަކަށް މީނަގެ ބަފާގެ މުދާ ދެދަރިންގެ މެދުގަ ބަހައިފިނަމަ ހުރިހާ މުދަލެއް އެއްކޮށް ތިބޭފުޅާއަށް ނުލިބޭނެކަމެއް. މުދާ ނުބަހާއިރު ހުރިހާމުދަލެއްވެސް ހީވާނެ އެއީ ތިމާގެ އަމިއްލަ މުދާކަމަށް. ކުރިން އިންވަކިނުކޮށް އޮތް ތަނެއް އިންވަކިކުރީމަ ތި ހޭބަލިވަނީ. އަނެއްބައި ޗާގޮސްއަށް ދިޔަޔަސް މޮރިޝަސްއަށް ދިޔަޔަސް އިނގިރޭސިންނަށް ދިޔަޔަސް ދިވެހިރާއްޖެއަކަށް ނުލިބޭނެ. މި ބީތާއަށް އެވަރުނޭންގޭތީ ޔުނީފޯމޭ ބޫޓޭ ތިލަފަޅިއޭ ނުކިޔަ ތިއަނގަގަނޑު މައިތިރިވެގެން ބޭއްވޭތޯބަލާބަލަ
އެއްޗެއް ނޭގެންޏާ އަނގަމަޑުންލައިގެން ހުރެވޭތޯބަލާ. ތީޚާއިނުން
ކުރިން އިހުސާން އާއިއެކު އަސްކަރިއްޔާގައި މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން ބުނެލަން. އިހުސާނުއަކީ ކުރިން ހުރިހާ ސިފައިން ރެސްޕެކްޓް ކުރި މީހެއް، ވަރަށްގިނަ ބައެއްގެ ރޯލްމޮޑެލްއެއް. އެކަމު މިހާރު އެކަން ބަދަލުވެއްޖެ. ގާނޫނު އަސާސީގަވެސް ގާނޫނުގަވެސް ތިބުނާގޮތަކަށް އެވާހަކައެއްނެތް. ސިޔާސީފިކުރެއްގެ ސަބަބުބް ޕާޕާމެން ލެވެލަށް ނުވެއްޓެނީސް ވިސްނާ.
ތީހަމަ ޚާއިނުން. މައިތިރިވެގެން ތިބެވޭތޯބަލާ. އަހަރުމެން މި ޤައުމު މިނިވަންކުރާނަން
އިހްސާން ތިޔަ ބުނަނީ ބަޤާވާތް ކުރާށޭ ދޯ
ވާނުވާ ނޭނގޭ މީހުން އެއްމެ މަތިން ފެށިގެން އެއްމެ ފުލަށްވެސް ތިބީ.
ތައުލީމީ ގާބިލްމީހުން ގެއްލިއްޖެ. އެއްބައިމީހުން ޖަލުގައި އަނެއްބަޔަކު ގައުމުން ބޭރުކޮށްފައި.
މިއީކީރިތި ރަސޫލާގެ ހަދީސް ބަސްފުޅުގައިވާ ޒަމާން. ތަނެއްދޮރެއް ނޭންގޭ މީހުން ވެރިންގެ ގޮތުގާ ތިބެކަންކަން ތަންފީޒްކުރުމުގަ ބަސްބުނެހުކުންކޮށް އިޚްލާސްތެރި އަމާނާތްތެރިން ކަމުގާވެ ތެދުދޮގައް ބަދަލުކޮށް ރާބޮއެ ފާހިޝް ޒިނޭކުުރާމީހުންއެއީ އިއްޒަތްތެރިންކަމުގަ ހަދާނެއެވެ. ވﷲއައުލަމް.
މީ ކޮންތާކުން ނުކުމެގެން މާކަންތަށް އެގޭ ކަމަށް ހެދިގެން އުޅޭ މީހެއް