ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތް ކަނޑަން ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ގޮވާލި މައްސަލަ ސީރީއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ޝިފާއު ފޮނުވި މެސެޖެއްގައި ބުނީ ރައީސް ޔާމީންގެ އަތް ކެނޑުމަށްފަހު އިތުރު 100 އަހަރަށް ޖަލަށްލާން ޖެހޭ ކަމަށެވެ.
މިކަމާއި ގުޅިގެން އިދިކޮޅުން ބުނީ، މިގޮތަށް ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލަކަށްވާއިރު، މިމައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް ގޮވާލާ ކަަމަށެވެ.
އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ޝިފާއުއަކީ މިސަރުކާރު ދިފާއުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި މިސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތްކުރާކަން ފާހަގަވަމުންދާ ކަމަށެވެ.
އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ކުރެއްވި ޒާތީ ޓްވީޓެއްގައިވެސް އެމަނިކުފާނަށް އަނިޔާވެރިވާނޭކަމަށް ވިދާޅުވެފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.
އަދި ކުރިއަށް އޮތްތާ ރައީސް ޔާމީނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އެބަ އޮތްކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން ޔާމީން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ވަނީ ގޮވާލައިފައެވެ.
އިސްލާމް ދީނުގައި އޮތީ ވައްކަން ކުރިމީހާ އެވައްކަން ކުރަން ބޭނުންކުރި ގުނަވަން ބުރިކުރަން !
ދީނަށްޓަކާ ގައުމަށްޓަކާ އުޅޭ ބަޔަކު ވައްކަން ކުރީމަ އޮންނަ އަދަބު ތަންފީޒު ކުރަން ގޮވީމަ ހާދަ މޭކަރަނީ. ވައްކަން ކުރިކަން ކޯޓުން ސާބިތުވެފަ އޮތީމަ މިހެން މިބުނީ
އާނ. ދީނުގައި އޮންނަނީ ފާސިގުންގެ ހެކިބަސް ބޭނުން ކުރަން ދޯ. މިމީހުން ބޭނުންވީމަ ހާދަހާ ވާ ދީންވެރި އޭދޯ
އިސްލާމް ދީނުގަި ހައްދު ކަޑައެލިފައިވާ ހުކުމެއްގެ ވާހަކަ ދައްކައިގެން ކޮންތާކުން މައްސަލަ ބަލަންޖެހެނީ. ވައްކަން ކުރިކަން ސާބިތުވެއްޖެނަމަ ދީނުގައި އޮތް ހައްދު، ޒިނޭ ކޮށްފިކަން ސާބިތުވެއްޖެނަމަ އޮތް ހައްދު މިގޮތަށް ވާހަކަ ދައްކައިގެން މައްސަލަ ބެލެ ގޮތަކަށް ނުން ގާނޫނުއަސާސީވެސް އޮން ނަނީ. ޕޕ ކުިދިންނަށް އެވަރު ނެއެގެނީކަންނެއެގޭ.
މިތާގަ ނުކިޔަވާ ތިބެ ކޮމެންޓްކުރާ ކުރަފި ސިކުނޑިތަކާއެވެ. ވައްކަމޭ ކިޔާ ވާހަކަ ދައްކާ އިރު، ވައްކަމުގެ އުއްސުރު އެނގޭ ހެއްޔެވެ؟ ދަޢުލަތުގެ މުދަލާ ހަވާލުކުރިމީހާ، އެ މުދަލުން ވައްކަންކުރާނެ ގޮތެއް ބުނެބަލާށެވެ؟ ޒާތީވެގެން ގޮސް ބީތާވެއްޖެކަން ޔަޤީނެވެ.
އުއްސުރަކީ ކޮން އެއްޗެއްތަ؟ އުންސުރާއި ޢުންޞުރުން ވެސް ވައްކަންކުރީތަ؟
ތިޒާތީ ވަނީ، އަތް ކަޑަންޏާ މިސަރުކާރެ ހުރިހާ ބޮޑުންގެ ވެސް އަތް ކަނޑަން ޖެހޭނެ، ހުސް ވައްކަން ކުރާ މީހުން،
ޝިފާއު އެބުނީ ހައްގު ބަސް. ވައްކަން ކުރާމީހާގެ ހުކުމަކީ އަތް ކެނޑުން
މީނައަށް އެގޭބާ އިސްލާމްދީނުގައި އަތްކަޑަށް އޮންނަނީ ކޮންހާލަތެއްގައިކަން!މަރަށްމަރު ހިފަނީ ކޮންހާލަތެއްގައިކަން! މިވަރުގެ ޖާހިލުން އިހަވަންދޫގެ ރައްޔިތުން ތަމްސީލުކުރާގޮތައް ރައްޔިތުންގެ ވޯޓުން ހޮވައި ރައްޔިތުންގެ މަޖިހިހަށް ފޮނުވުމަކީ ހިތާމަހުރިކަމެއް! އިހަވަންދޫ ރައްޔިތުންގެ އަގުވައްޓަލައި ރައްޔިތުން ފަޟީޙަތްކޮށްފި!
ބޮޑަތި ވަގުން ވައްކައް ކޮއްގެން ތިބީ މަތިފަޑިމަތީގަ އެވެސް ހައިސިއްޔަތެއް ނެތި ރައްޔިތުންގެ ލާރިކައިގެން ކެރޭނެތަ އަތްކަނޑަންގޮވަން………
މަރުގެ ހުކުމް ތަންފީޒުކުރަން ގޮވާމީހުން ވައްކަންކުރާ މީހުންގެ އަތްކެޑުމާއި ދެކޮޅު؟
މޮޔަމީހަކު މީހެއްގެ އަތްކަޑަން ބުނާއިރަކައް އެކަމެއްނުވާނެ އަތްކަޑަންޖެހޭ ހުކުމްތަކެއްވެސް އޮވޭ އިސްލާމްދީނުގަ ރާބޮއެގެން މޮޔަވެވަ ތިބޭމީހުން ދައްކާނީ ދެކޮޅުމުޖެހޭ ވާހަކަ އިންސާނުންނަކީ އަބަފާ ައަބަދު ކުއްކުރާމީހުން.
ދީނުގެ ހުކުމް ތަކަށް ޖޯކު ޖަހަން މީނަމީ ކާކު