ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފިއެވެ.

ދެެބޭފުޅުން ވެސް ހައްޔަރުކޮށްފައި ވަނީ މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ތެރެއިންނެވެ.

ޤާނޫނީ ވަކީލް ހިސާން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ މަރުކަޒުން ޝާހިދާއި ރިޔާޒާ ބައްދަލުވި ކަމަށެވެ. އެ ބޭފުޅުން ދޫނިދު އަށް ގެންދަން ނިންމާފައިވާ ކަން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޝާހިދާއި ރިޔާޒް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ކަމަށް ނުނިންމާ ކަމަށް ފުލުހުންނާ ހަވާލާދީ ހިސާން ވިދާޅުވިއެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފާއި އެހެން ބައެއް އާންމުން ވެސް މިއަދުގެ އެއްވުމުން ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޑަނު

    ކާޅުތަކެއްހެން ހީވަނީ. އިންސާނުންނަށްވުރެ ދަށު ދަރަޖައިގެ ބައެއް ތި މުޒާހަރާގަ ތިއުޅެނީ.

    • ގަމާރު

      އަޅެ ކަލޭދެބަލަ

  2. ޖޭމްސް

    މީހާރު ދެން ހުރީހާ ސީޔާސީ ލީޑަރުން އެތީބީ ހައްޔަރުގަ.

  3. މޫސަ

    ދެން ދޫ ނުކުރާތި.

  4. މޮހޯދު

    ކާޅު މުޒާހަރާ

  5. ާދިވެއްސެއް

    މިމާލެތެރޭ އަހަރުންނާ އަހަރުންގެ އާއިލާ މީހުނަށް ހަމަޖެހިގެން ނޫޅެވޭތާ ވަރަށް ދުވަސްވެއްޖެ ކަލޭމެންގެ އުނދަގުލާ ހެދި. ކަލޭމެންގެ އެކަނި ތަނެއްނޫން މިމާލެޔަކީ. ވަރަށް ވާހަކަ މުބުނީ. ވެރިކަމަށް ބޫތު ހިފާފަ ތިބި ޝާހިދު އަށާއި ރިޔާޒު އަށް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން

  6. ައަނާރު ކަލީ

    ގައުމަށް ގައްދާރުވާ މީހުންގެތެރެއިންވެސް އަރާތިއްބެވި ދެމީހުން ދޫނުކުރާތި

  7. ތިމަރަ

    ތިކަން ކުރަން މާ ބޮޑަށްވެސް ލަސްވެއްޖެ. ތިޔަ އަބުދުﷲ ރިޔާޒް ދޫނުކުރުމަށް ގޮވާލަން. ތިޔައީ ދެވަނަ އަންނި

  8. މޫސަ

    ވަރަށް ގޮތްކުޑަ ދެމީހިން، ހާއްސަކޮށް މިޝާހިދުމީ ވަރަށް ގޮތްކުޑަ ނުބައި ނުލަފާ ފޫހި މީހެއް. ޝާހިދޫ ކަލޭ އިހުތިޖާޖު ކުރަން ކަލޭ ބުރި ބުރިޔަށް ނަގާފަ ހުރި ގޭތެރޭ އޮވެބަލަ.

  9. މުގޯލި

    ބޮޑު ދެވަބާތީ. މިގައުމުގަ އުޅެ ހުރިހާ މޮޅެއްވެ، މިހާރު މުޅިގައުމު ސުންނާފަތި ކުރަނީ. މިނޫން ދުނިޔެއެއް އޮތްކަން ގަބޫލު ކުރާތި. އެދުވަހުން ގާސިމު ތިދޭ ލާރިޔަކުން ސަލާމަތެއް ނުވާނެ. މިހާރު އަޅާހާ ލާރިޔަކުން ބަރުވާނީ ވާތަށް.

  10. ވަކަރު

    ތި ދެ މީހުން ދޫނުކުރާތި، ހުރިހާ ނުބައެއްގެ މުގުލުގަ ހުރީ ތި ޝާހިދު

  11. އަރީފް

    މަށަށްވެސް މިއަދު ތިމުޒާހަރާ ކުރާތަން ވަރަށް ކައިރިން ފެނުނު. ވަރަށް ހުތުރު އެއްޗެހި ގޮވާ. ވަކި މީހަކަށް ދޫކުރާ މީހެއްނެތް. ބުރުގާ އަޅާފަތިބި މެދު އުމުރަށް ވުރެ މައްޗަަށް ގޮސްތިބި އަންހެނުންތަކެއްވެސް އެމީހުން ދަރިންގެ އުމުރުގެ ފުލުހުންނާ ދިމާލަށް ރޯހަޔާތް ގޮވަނީ. ކައިރީ ދިދަ ދީފަ ކުޑަކުދިންވެސް ތިބި. ހިތާމަޔަކީ މިއަދު ހިތުބާގަވެސް ރީތި ބަހުން މުހާތަބު ކުރުމަށް ނަސޭހަތްތެރިވި.

  12. ވިންޓަރ

    މިދިޔަ ފެބްރުވަރީ މަހުގެ މެދުތެރޭގައި އަޑުއެހިން، ނަޝީދުއަށް ކުރިމަތި ނުލެވޭނަމަ އިބޫ އާއި ޢަބްދުﷲ ޝާހިދު އެމްޑީޕީ. އިން ވާދަކުރާއިރު ނަޝީދު، އިބޫއަށް ތާޢީދުކުރާތީ އެކަމާއި ޢަބްދުﷲ ޝާހިދު ކަޑަވެގެން އުޅޭކަމަށް. އަދި ޤާސިމްއަށް ކުރިމަތި ނުލެވޭތީ ޖޭ.ޕީ.އިން ޑރ.ޖަމީލު ކެންޑިޑޭޓަކަށް ނެރެފައި އުމަރަށް ރަނިންގމެޓްކަން ދޭތީ ޢަބްދުﷲ ރިޔާޟް އެކަމާއި ހިތްހަމަ ނުޖެހިގެން އުޅުނުކަމަށް. އަދި މިދެމީހުންގެ ސަބަބުން ޕާޓީގެ އެތެރޭގައި ވަރަށް ގަދަޔަށް ބައިބައިވުން އުފެދި ގަޑުބަޑުވެ މުޒާހަރާކުރަން ނުކުންނަ މީހުންވެސް މަދުވަމުންދާކަމަށް. މިހެންވެ މިހާރު ނަޝީދު އާއި ޤާސިމްގެ އެދުމުގެ މަތިން މިދެމީހުން ހައްދައިގެން މުޒާހަރާގެ ކުރީސަފަށްނެރެ އެންމެ ފަހުން ހައްޔަރުވެސްކުރީ. އަދި ނަޝީދު އާއި ޤާސިމްގެ ބޭނުމަކީ މިދެމީހުނަށް ކުރިމަތި ނުލެވޭފަދަ ޙުކުމެއްޖެހުން. ބޭނުމަކީ މިދެމީހުން ބޭނުންވާ ބަޔަކު ޕާޓީއިން ކުރިމަތިލައްވައި، ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދުނަނުދީ އަދި ޕާޓީގެ ލީޑަރާއި އިނދިކޮޅު ޚިޔާލުގެ މީހުން ބޭރުކުރުން. ޢަބްދުﷲ ޝާހިދުއާއި ޢަބްދުﷲ ރިޔާޟް އާއި ދެމީހުން މާމުއިގެ ފޮނިކަމާއި މީރުކަމުގެ ތެރޭގައި ކަނޑިދަށުގައި އޮވެގެން އަވަދިވާއިރު ކަނޑި ވެއްޓޭނެ ގަޑި ނޭނގި އޮއްވާ ކަނޑި ބޯމައްޗަށް ވެއްޓެނީ.

  13. ޙަފްޞާ / މާލެ

    އަންނި ހޭނެ! ބޭރުފުށުން އެހެން ކުަލަޔެއް ދައްކަފާނެ! ތިޔަ ރިޔާޟަކީ އެމީހުންގެ ބަހުންނަމަ މަޝްހޫރު "ބާޣީ ރިޔާޟު"

  14. ޙަފްޞާ / މާލެ

    ސިޔާސީލީޑަރުންނެއް އެހެންލީޑަރުންނެއް ނޯންނާނެ! ކުށަށް އަރައިގަތީމަ ބަންދުވާނެ! މިހާރު ވެރިކަމުގަ ހުންނެވީ ކުޅޭކުޅޭ ބޭފުޅެއްނޫ! ބޮލެއް ކަނދުރާއެއް ނުބައްލަވާ ޤާނޫނު ހިންގަވާނެ! "ޖޭމްސް" ތިޔަހުންނެވީ އަދި މާ ފަހަތުގައި!

  15. ނީހާ

    ޤަވްމަށް އަރާތިބި ދެ ދައްޖާލުންނާ ޝައިޠާނެއް!

  16. ރަޝީދާ / ދިއްދޫ

    ރީތި އަޚްލާޤަކާ އާދަޔާޚިލާފް މަޑުމައިތިރިކަމެއް މީގެކުރިން ފެނުނު ލަޠީފްބެ ހަލާކުވެ އިބްލީހުގެ ދަރަޖައަށް ވެއްޓުނީތީ ހިތާމަކޮށް މާޔޫސްވެއްޖައިން!

  17. ާބޫސުފުޔާން

    ޢަބަދަކުތޮހެންނެއްނޫލެވޭނެ ނުނެރޭތި

  18. ސަަާފޯ

    މީގަ ކޮމަންޓް ކޮއްފަ ތިބި ހުރިހާއެންމެންނަށް ބުނެލަން އޮތީ ކިތަންމެ ނަފްރަތެއް ކުރިއަސް ހަޤީގަތާ އެއްގޮތަށް ހަޤީގަތް ހޯދައިގެން ކޮމަންޓް ކުރުމަށް، ފައިސާގެ ދަހިވެތި ކަމުގަ ލިޔެވިދާނެ އެކަމަކު މި ނޫން ދުނިޔެއެއް ވާކަން ހަނދާން ކޮއްދެން،

  19. އިބްރާހިމު

    ތިކަން ކުރަން މާ ބޮޑަށްވެސް ލަސްވެއްޖެ. ތިޔަ އަބުދުﷲ ރިޔާޒާ، ޝާހިދު ދޫނުކުރުމަށް ގޮވާލަން. ބަޣާވާތް ކުރާމީހުންނަށް މިދީނުގައި އޮންނަކަމަށްވަނީ މަރު.

  20. މުހައްމަދު ވައިހޭ

    ތިޔަމީހުން ހީކުރާކަހަލަ ތިމީހުންގެ އެކަނި ޤައުމެއްހެން. ތިޔަބަލާވެރިކަމުން މިޤައުމުސަލާމަތް ކުރައްވާންދެވެ.

  21. ކާފަ

    ދޫނުކުރާތި ތީ ބޮޑު މުސީބާތެއް ޖެހިފައި ހުރި މިގައުމަށް

  22. ކިޔުން

    ސާހިދުމެން ހީވޭދޯ ލައްކައޭ.ވެރިކަމާ ހިފާއިރު ލަދެއްނުގަނެ.