މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެއެވެ.

ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ދެވަނަ ފިޔަވައްސަކީ 40.20 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ރ. ދުވާފަރުގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހާވާލުކުރި މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން 2021 ވަނަ އަހަރު ނިންމާލާފައިވާއިރ،ު މި އަހަރުގެ މާރިޗް މަހު ދުވާފަރުގެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނި ފިޔަވަހިވެސް ވަނީ ނިމިފައި ކަމަށް މިއަދު އެކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ދުވާފަރުގެ ހުރިހާ މަގެއްހެން މިހާރު މިވަނީ ރަނގަޅު ފެންވަރަށް ތަރައްޤީކޮށް ތާރުއަޅާ ނިމިފައެވެ. އެހެންކަމުން އެއްގަމު ދަތުރުފަތުރުކުރުމުގައި އާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ދުވާފަރުގެ ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިހާރު ލިބިގެންދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުނ،ް 19,797.44 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއ،ި 6,003.85 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއ،ި ސަރވިސް ލައިން އެޅުމާއ،ި މަގުބައްތި ހަރުކުރުމާއ،ި މަގުމަތީ ނިޝާން ހަރުކުރުމާއ،ި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.