ބާޖަކާއެކު ހއ. ދިއްދޫގެ ފަރަށް އެރި ޓަގު ބޯޓު ފުންކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި އެ ހާދިސާގައި ފަރަށް އެރީ ދިއްދޫގެ ބަނދަރުގެ މަސައްކަތް ކުރަން ހިލަ ހިފައިގެން އައި ބާޖަކާއެކު ޓަގު ބޯޓެވެ.

އެއީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެމްއެސް އެކްސްޕޯޓްސްގެ އުޅަނދެކެވެ.

އެ ބާޖު ފުން ކުރި ނަމަވެސް ތިން ދުވަސްވީ އިރުވެސް ޓަގު ފަރުމަތީގައި އޮތެވެ.

އެކަމަކު ރޭ އެހެން ބާޖެއް ގެނެސްގެން އެ ޓަގު ބޯޓު ވަނީ ފުންކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވަހީދު "ވަގުތު" އަށް މީގެ ކުރިން ވިދާޅުވީ ފަރަށް އެރި މައްސަލަ އެންވަޔަރެމެންޓް ޕްޓޮކްޝަން އެޖެންސީ (އީޕީއޭ) އާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އީޕީއޭއާ އެ މައުލޫމާތު ހިއްސާ ކުރުމުން ފޮޓޯ ފޮނުވަން އެދުމުން، ފޮޓޯވެސް ފޮނުވާފައިވާ ކަމަށެވެ.

އީޕީއޭ ޓީމުން ދިއްދޫ ފަރަށް ލިބިފައިވާ ގެއްލުން ބެލުމަށް އަދި އެރަށަށް ގޮސްފައެއް ނުވެއެވެ.

ދިއްދޫގެ ފަރަށް އެރުމުން އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

ބޯޓުތައް ފަރަށް އެރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ރާއްޖޭގައި ދިމާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ސަރުކާރުގެ މެގަ ޕްރޮޖެކްޓެއް ތި ނިންމާލެވުނީ. މިރޭ ވާނެ ހަވާ އަރުވަން.

  2. ނަނާ

    އިންޑިއާ ބަޔަކު ޓަގުފަރަށްއަރުވާލީމަ މަށްސަލައެއްނެތް ޖޫރިމަނާއެއްވެސްނެތް އެއީސޯލިހުގެ ސަލާމަތަށް ނުރަށްކާވެދާނެތީ އެހެންބަޔަކު ޓަގުފަރަށް އަރުވާލައިފިނަމަ އީޕީއޭ ނުނިދާވެސް ފީނައިގެން ފޮޓޯނަގާ ޖޫރިމަނާކޮށް ބިލިޔަން ޑޮލަރުހޯދާނެ މިއީ މިއަދު އީޕީއޭ ކަންތަށްކުރާގޮތް މިއީ ޖަރީމާ ހިންގާބައެއް މިމީހުންނާ ދެކޮޅަށް ދެންއަންނަ ސަރުކާރަކުން މަށްސަލަބަލާ ކުއްވެރިވާފަރާތްތަށް ޝަރީއަތަށްހުށަހަޅަން ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ކައުންސިލަށްފޮޓޯފޮނުވަން އަންގަންޖެހޭ ސަބަބެއްނެތް އެއޮތީ ފަރަށްއަރާފަ 3 ދުވަސްވީ.