ހައްޖާޖީންނަށް ދިމާވި ދަތިތައް މިހާތަނަށް ވެސް ހައްލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށާއި ދެން ވެސް އެފަދަ ދަތިތައް ހައްލު ކޮށްދެއްވޭނީ ރައީސް ޔާމީނަށް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ މިރޭ ގދ.ތިނަދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހައްޖުގެ ކަންކަން މިހާރު އޮންނަނީ އެއްވެސް ހަމައެއް ނެތި ކަމަށް އެމްޑީޕީގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެފައި ވާތީ އޭނާ އަށް ރައްދު ދެއްވާ ޝަހީމް ވިދާޅުވީ ރާއްޖޭގައި ރަސްމީކޮށް ހައްޖުގެ ކަންކަން ރޭވިފައި އޮތީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހައްޖުގެ ކަންކަން ރޭވިފައި އޮންނަ ގޮތައް ބަލާއިރު ވެސް އެންމެ ރަނގަޅަށް އެންމެ ފުރިހަމަ އަށް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ ހައްޖުގެ ކަންކަން ރޭވިފައި އޮންނަ ގޮތް. ހައްޖާޖީންނަށް ދިމާވި ދަތިތަކާއި ހައްޖާޖީންނަށް ދިމާވި ދަތިތައް ހައްލު ކުރަން ރައީސް ޔާމީން ކުރެއްވި ކަންކަން ވެސް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ." ޝަހީމް ވިދާޅުވިއެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އުފެއްދިއިރު ފައުންޑިން މިނިސްޓަރަކަށް ހުންނެވީ އޭނާ ކަމަށާއި އެއަށް ފަހު އެކޯޕަރޭޝަނުން ކަންކަން ފަށައިގަތް އިރު ވެސް ހުންނެވި ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެކި ޖަމާޢަތްތަކުން ލާރި ނެގުމަށް ފަހު ހައްޖަށް ނުދެވި ތިބި މީހުންނަށް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކުރައްވައިގެން ހައްޖަށް ފޮނުއްވައިދެއްވީ މިސަރުކާރުން." ޝަހީމް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ އަގަކީ މިހާރު ވެސް ދުނިޔެއަށް ބަލާއިރު ވެސް ހައްޖަށް ދިއުމަށް ނަގާ އެންމެ ކުޑަ އެއް އަގު ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ހައްޖުގެ އަޅުކަން ކުރަން އެނގޭ ބަޔަކަށް ހައްޖުގެ ކަންކަން މެނޭޖް ކުރަން ވެސްް އެނގޭނީ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ މިހާރަށް ވުރެ ވެސް ފަސޭހައިން ހައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު ތަނަވަސްކޮށްދޭނަން ކަމަށެވެ.

ޝަހީމް ވިދާޅުވީ އިއްޔެ ވެސް ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިޔައީ ރައީސް ޔާމީންގެ ހާއްސަ އެދިވަޑައިގަތުމަކަށް ސައުދީ އަރަބިއްޔާ އިން ފޮނުވި ފްލައިޓެއްގައި ކަމަށެވެ.

"މިއީ ކުރަން ފަސޭހަ ކަމެއް ނޫން. އަޅުގަނޑަކީ މިކަމުގައި އުޅެފައި ހުރި މީހެއްގެ ހައިސިއްޔަތުން މިދަންނަވަނީ މިއީ ކޮންމެ ކޮންމެ ރައީސަކަށް ކުރެވޭނެ ކަމެއް ނޫން." ޝަހީމް ވިދާޅުވިއެވެ.

މީގެ ކުރިން ހައްޖަށް ދިއުމަށް ވިސާ ޖަހަން ވެސް ޕާސްޕޯޓްތައް ފޮނުވަން ޖެހެނީ ސްރީލަންކާ އަށް ކަމަށާއި ނަމަވެސް މިހާރު މާލޭގައި ހުންނަ ސައުދީ އެމްބަސީ އިން އެކަން ނިންމާލެވޭކަން ޝަހީމް ފާހަގަ ކުރެއްވެވިއެވެ.

"އަޅުގަނޑު ރައީސް ޔާމީން އަރިހުގައި އިންދާ ރައީސް ޔާމީން ސައުދީ ރަސްގެފާން އަރިހުގައި ވިދާޅުވި ދިވެހިން ވިސާ ޖަހަން އެހެން ގައުމަކަށް ދާން ޖެހޭތީ އާއި ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ޑައިރެކްޓް ފްލައިޓް ނޯންނާތީ ވަރަށް ދަތިވެއޭ. އެކަން ހައްލު ކޮށްދެއްވުމަށް އެދިވަޑައިގަންނަވަމޭ. ސައުދީ ރަސްގެފާން ވިދާޅުވީ މަނިކުފާނު ބޭނުންފުޅުވާ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވާނަމޭ." ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގެންނެވި ފަހުން ސައުދީ އަރަބިއްޔާ އާއި އެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަބްދުއްލާ

    ޑެންމާކަށް ގޮސް ކުރުސި ނޫން އެއްޗެއް ހޯދާ ވާހަކަ ދައްކާ މީހުންގެ ޕާޓީއާ ގުޅިގެން އުޅޭ ބަޔަކަށް އެއްވެސް އެއްޗެއް ނުވިސްނޭނެ . އަބަދުވެސް ވިސްނޭނީ ނަސީދު މިނިވަންކުރަން ހަދާނެގޮތަކަށް އެކަނި . އެހެން އެއްވެސްކަމެއް މިގައުމަށް ކޮށްދޭކަށް ނުވިސްނޭނެ

  2. އަސްލަމް

    ވަރައްރަގަޅުވާހަކައެއް

  3. މާރިޔާ

    ﷲރަހުމައްފުޅުންއެއްލަކިން2018ޔާމިންއައްއިންޝާﷲ

  4. ވެދުން

    ސިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމަށް ނެރުމަކީ ކޮންކަހަލ ކަމެއްކަން ބުނެދީބަލަ...

  5. ބޯބުރާންތި

    މަ ހައިރާންވަނީ މިހާ މޮޅެތި ބޭފުޅުން މިއޮތްހާ ދުވަހު ބޭނުން ނުހިފާ ތިބީމައޭ

    • ޢަހުމަދު

      ބަލަ ޝަހީމަކީ މިސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ. ފަހުން އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ.. ފުރުޞަތު ނުދެވޭތަ... ނޫނީ ތިބާއަށް އެމަނިކުފާނު ނޭގެނީތަ؟
      ތިހެނެ ރީނދޫ ހުނަޖެހި ބުއްދި ޚަރާބުވެފައި ތިބޜ މީހުންނަކަށް ނޭނގޭނެ....

      • އަދުރޭ

        ދެން ކީއްވެ ނައިބު ރައީސްކަން ނުދީ ހުރީ؟

  6. ގފޗ

    ވަގުތު މީހުނަށް އިދިކޮޅު ކޮމެންތުތައް ކީއްވެތަ ޖަހާލަން ނިކެރިގެން މިއުޅެނީ. މުޅިންވެސް ސަނާ ކިޔާނޮމެނޮޓުތަް މިޖަހަނީ މިހާ ހަޖަމު ކުރުމުގެ ގާބިލުކަމެއްނެތް ބައިގަނޑެއް މިތާ މިއުޅެނީ. ހުވާމިބުނީ އޮޅގެންވެސް މިގައުމުގެ ވެރިކަން އަހުމެން ކާމޔާބު ކިރާދުވަސް އެއޭ ވަގުތު ނޫސް ޗާތުން ފުހރލާނެ ދުވަސް ވ ވާހަކަ މިބުނީ. ވ ސަލާމް

  7. އެނގޭތަ

    ހައްޖާޖީންނަށް އެންމެ ގިނައިން މައްސަލަތައް ދިމާވީ ޚުދު ރައީސް ޔާމީނުގެ ވެރިކަމުގައެވެ. އެހެންކަމުން، އެހެން ބަޔަކު އެ މައްސަލަތައް ހައްލުކޮށްދޭކަށް ނުޖެހޭނެ އެވެ. އެހެން ބައެއްގެ ވެރިކަމުގައި ހައްޖާޖީންނަށް އެއްވެސް މައްސަލައެއް ދިމައެއް ނުވާނެ އެވެ. މާ ސަޅި ނޫންތޯއެވެ.

  8. އެނގޭތަ

    އެ މަނިކުފާނު ތިވާހަކަ ވިދާޅުނުވަނީ ކީއްވެތޯ؟ ނައިބް ރައީސެއްގެ ބާރު އެއީ ދިވެހި ރައްޔިތުންނަށް އޮޅިފައިވާ އެއްޗެއް ނޫނެވެ. ވީއިރު، ކަންކަން ކުރައްވަން ހުންނަވާ ރައީސްގެ ބަސްފުޅެއް އެއްވެސް ކަމެއްގައި އަޑު ނީވެނީ ކީއްވެގެންތޯ؟ ޖަވާބު: އެއްވެސް ކަމެއް ނުކޮށްދެއްވާނެތީ. ލޮލް

  9. ނާަޒިމާ

    1000 ކޯޓާ ލިބުނީމަ ކީއްވެ 400 މިީހުން ފޮނުވީ