ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރިއިރު "ކެންޑިޑޭޓް ނަންބަރު އެކެއް" ރައީސް ޔާމީނަށް ލިބިވަޑައިގެންނެވުމުން އެކަމުގެ އުފަލުގައި ޑރ.ޝަހީމް ރައީސް ޔާމީނަށް މަރުޚަބާ ދަންނަވައިފިއެވެ.

ޑރ.ޝަހީމް، ރައީސް ޔާމީނަށް މަރުޚަބާ ދަންނަވާފައިވަނީ ކެމްޕޭން ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއާއި، ގދ.ތިނަދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން އިއްޔެ މީޑިއާއާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީނަކީ ކެންޑިޑޭޓް ނަންބަރު އެކަކަށް ވެގެންދިއުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، ރައީސް ޔާމީނަކީ އެއްނަންބަރު ކެންޑިޑޭޓް ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ހަމަ މިފުރުޞަތުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ހޫނު މަރުޚަބާއެއްވެސް ދަންނަވަން. އެއީ އެމަނިކުފާނަކީ ކެންޑިޑޭޓް ނަންބަރު އެކަކަށް ވެގެންދިއުމަކީ އަޅުގަނޑުމެން އެންމެނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. އެހެންކަމުން އަޅުގަނޑުމެން ހަމަ ޔަޤީންކުރަނީ އެއީ އެއްވަނަ ކެންޑިޑޭޓް ކަމަށް." ރައީސް ޔާމީނަށް މަރުޚަބާ ދަންނަވާ ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިންތިޚާބީ ބައިވެރިޔާ، އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިތުރަށް ވިދާޅުވީ، މާތް ﷲ ގެ ވާގިފުޅާއެކު މި ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޤްލަބިއްޔަތަކުން، ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ފުވައްމުލަކާއި، ގދ.ތިނަދުއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ޝަހީމް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފުވައްމުލަކާއި، ގދ.ތިނަދޫގެ ރައްޔިތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދަންނަވާނީ އާނއެކޭ ކަމަށާއި، އެ ރައްޔިތުންނާ މެދުގައި ވަރަށް އުއްމީދު އެބައޮތް ކަމަށެވެ.

މިދަތުރުފުޅުން ފާހަގަވެގެން ދިޔައީ ރައީސް ޔާމީނަށް އޮތް ތާއީދު ބޮޑުކަން ކަމަށާއި، އެހެންކަމުން ރިޔާސީ އިންތިޚާބު ތަނަވަސް އަޤްލަބިއްޔަތަކުން ކާމިޔާބު ކުރެވޭނެކަން ޔަޤީންކުރައްވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން އެރަށްތަކަށް މި ސަރުކާރުން ގެނެސްދެއްވާފައިވާ ތަރައްޤީ އެ ރައްޔިތުން ބަލައިގަންނަ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ކެމްޕޭން ކުރެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑރ.ޝަހީމް ދަތުރު ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު ރައީސް ޔާމީނަށް ތާއިދު ކުރައްވާކަމަށް އެމަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ ޑރ.ޝަހީމް ދަނީ ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިޚާބަށް 32 ދުވަހަށް ވެފައިވާއިރު، ކެންޑިޑޭޓް ނަންބަރު އެކަކާއެކު ރައީސް ޔާމީންގެ ކެމްޕޭންގެ ދުވެލި ބާރުކޮށްލާފައިވާއިރު، އިދިކޮޅުން ވާދަ ކުރައްވަނީ ކެންޑިޑޭޓް ނަންބަރު ދެއެއް، އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާރިޔާ

    ﷲއިރާދަކުރެއްވިއްޔާއެއްލަކިންމިކަންނިމްމާދެއްވާނެ2018ރައީސްޔާމިންކާމިޔާބްކުރައްވާނެއިންޝާﷲ

  2. ބޮނަކު

    މަރުހަބާ އެއްނަމްބަރަށޭ. އަހަރެމެން މަރުހަބާ ކިޔާނީ މަނިކުފާނަށް. އިސްލާމީ ބޭކަލަކީ ތިއީ ވިއްޔަ

  3. ނަސްރު

    ﷲއިރާދަކުރެއްވިއްޔާ 2018ރައީސްޔާމިންކާމިޔާބްކުރައްވާނެ. އިންޝާﷲ

  4. މަރުޙަބާ

    "މަރުޚަބާ"