މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެންޕެއިން ޙަރަކާތްތަކުގައި އެޕާޓީގެ ކުލަ، މެޖެންޓާ ނުވަތަ ފިޔާތޮށި ކުލަ ބޭނުން ނުކުރުމަށް ޕީޕީއެމްއިން އަންގައިފިއެވެ.
ޕީޕިއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ޕޯސްޓަރު ތަކާއި، އެކި އެކި ޖަލްސާތަކާއި އަދި އެނޫންވެސް އިތުރު ކެންޕެއިން ޙަރަކާތްތަކުގައި ޕީޕީއެމްގެ ކުލަ ބޭނުން ކުރަމުން އަންނަކަން ފާހަގަވެފައިވާ ކަމަށާއި ޔާ ތޮށި ކުލައަކީ އެޕާޓީގެ މައްޗަށް ރެޖިސްޓްރީކޮށްފައިވާ އެ ޕާޓީއަށް ނިސްބަތްވާ ކުލައެއް ކަމަށެވެ. އަދި މިހެން ކަމުން މިކުލަ ބޭނުން ކުރެވޭނީ ހަމައެކަނި ޕީޕީއެމްއަށް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
"މެޖެންޓާ ނުވަތަ ފިޔާތޮށި ކުލަ އަކީ މިޕާޓީގެ މައްޗަށް ރަޖިސްޓްރީ ކުރެވިފައިވާ އަދި މިޕާޓީއަށް ނިސްބަތްވާ ކުލައެކެވެ. އަދި މިޕާޓީގެ މައްޗަށް މިކުލަ ރަޖިސްޓްރީ ވެފައިވުމުގެ ނަތީޖާއެއްގެ ގޮތުން، ސިޔާސީ މައިދާނުގައި މިކުލަ ބޭނުން ކުރެވޭނީ ހަމައެކަނި މިޕާޓީއަށެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕީޕީއެމްގެ ކުލަ އެހެން ޕާޓީތަކުން ކެންޕެއިން ޙަރަކާތްތަކުގައި ބޭނުން ކުރުމަކީ ޤާނޫނީ ގޮތުން ލިބިފައިވާ ޙައްޤެއް ނޫން ކަމަށާއި މިގޮތަށް ބޭނުންކޮށްފިނަމަ އެއީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި އެގޮތަށް އެޕާޓީގެ ކުލަ ބޭނުން ކުރުން ހުއްޓާލުމަށްވެސް އެބަޔާނުގައި ގޮވާލާފައިވެއެވެ.
"މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ފިޔަވައި، އެހެން ކެމްޕޭންތަކުގެ ކެމްޕެއިން ޕޯސްޓަރުތަކުގަ އާއި ޖަލްސާތަކުގައި އަދި ކެމްޕޭނުގެ އެހެނިހެން ހަރަކާތްތަކުގައި މި ޕާޓީއަށް ރަޖިސްޓްރީކޮށްދެއްވާފައިވާ ކުލަ ބޭނުން ކުރެއްވުން ހުއްޓާލެއްވުމަށް ދަންނަވަން." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްއިން މިފަދަ ގޮތަކަށް ބަޔާނެއް ނެރެފައިވާއިރު، މީގެ ކުރިން ޕީޕީއެމްގެ ލޯގޯއާއި ދިދަ ބޭނުން ކުރި ކަމަށްބުނެ، އެޕާޓީގެ ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫންގެ މައްޗަށް "ޝަޚްސް އޮޅުވާލުމު"ގެ ދަޢުވާވަނީ ކޮށްފައެވެ. އަދި ގުޅިފައިވާ އިދިކޮޅު އިއްތިޙާދުން މިހާރު ކުރަމުން ގެންދާ "މައުމޫން ރިފޯމް މޫވްމެންޓް" ގެ ނަމުގައި ޕީޕީއެމްގެ ކުލަ ދަނީ ބޭނުން ކުރަމުންނެވެ.
ލޮލް. ޕޕމ އަށް ސަޕޯޓް ނުކުރާ ސްކޫލް ކުދިންގެ ކުލަފޮށިތަކުގައި ފިޔާތޮށި ކުލަ ހުރުމަކީ ވެސް މަނާކަމެއް ކަމަށް ހަދަން ފެނޭ.
ދޯ....ލޮލް....
ތިޔަ ވިދާޅުވާ ކުލަ ތައް ބޭނުން ކޮއްގެން ކުދި ބަޔަކު ޕޯސްޓަރު ތަކެއް ހަރު ކުރުމުން އެއީ ޕާރޓީ އަކުން ކުރާ ކަމެއް ނޫން ކަމުގައި މަމެން ދެކެން.
ޢެެއްމެފަހުން ޕިންކް ބުރުގާ އެޅުންވެސް ވަކުބަޔަކަށް މަނާ ކުޜީތަ؟
ހާދަ ބްރާނތި ބައެކޭ އެއްވެސް ޕާޓީއެއްގެ ކުލަ އެޕާޓިއެއްގެ ހުއްދަ ނެތި އެހެން ޕާޓީއަކުން ބޭނުން ކުރުމަކީ މަނާކަމެއް މީގަ އެހެން މީހުންގެ ވާހަކައެއްނެތް ޕާޓީތަކުގެ ވާހަކަ އޮތީ
ތީމާފަހުން ހެދި ޕާޓީއެއް މިކުލަ ބޭނުން ކުރާތާ ވީދުވަހެއް އެބުނާޕާޓީ ގެމީހަކައްވިސްނޭގެ މޮޔަފުޅުވީތޯ
ޕީޕީއެމް ކުދިންނަށްވެސް ނޭނގޭ އެއީ ކޮންކުލައެއް ކަމެއް އަސުރުމަލުގަ ހުންނަ ކުލައެއްނޫން ދިދަ ދަމާފަ ހުންނައިރު މި ފެންނަނީ ޖަގަހަ ތަކުގަވެސް ލާން ތިބުނާ އަސްލު ކުލައެއް ނުލިބޭ. ދެން ކޮން ކޮޕީރައިޓެއް ހަދާކަށް